މޭޔަރެއްގެ ފަރާތުން ބޭނުންވަނީ ކޮންކަމެއް؟

އެތައް މޭޔަރުންނެއް އައިސް ގޮސްފިއެވެ. ހާލަތު ރަނގަޅު ނުވިތާގައި އެއްވަރެއްގައި ނުވެސް ހިފެހެއްޓުނެވެ. އަހަރަކަށްވުރެ އަހަރެއް ރަށު ތެރޭގެ ހާލަތު ދިޔައީ ދަށަށެވެ. އަދު މިއީ ހިނގާބިނގާވެ އުޅެވޭވަރު ތަނެއް ނޫނެވެ. ދަރިން ގޮވައިގެން ނުކުމެލަން ރައްކާތެރި ތަނެއް ނޫނެވެ. އަބަދު ބަލިމަޑުކަން ފެތުރޭ، ސާފުތާހިރުކަން ކުޑަ ތަނެކެވެ. ބުޅަލުގެ ނަޖިހާއި މީދަލެވެ. ޖެހުނުތާކަށް އުކާލާފައި ހުންނަ ކުންޏެވެ. އުޅަނދުތައް ތޮއްޖެހި، ހަމައެއް ލަމައެއް އޮތް ތަނެއް ނޫނެވެ. ޤާނޫނު ތަކާއި ޤަވާއިދުތައް ތަންފީޒު ނުވާ ޖަންގައްޔެކެވެ. މިއީ އެއް ދުވަހުން ވީ ކަމެއް ނޫނެވެ. އެތައް އަހަރެއްގެ އިހުމާލެވެ. ހަމަ އެކަނި ސަރުކާރުތަކުގެ އެއް ނޫނެވެ. ކައުންސިލްތަކުގެވެސް މެއެވެ.

ފާހަގަ ކުރާ ބޮޑެތި ކާމިޔާބީ އަކީ ތަނެއްގައި ޕާކެއް އަޅާލުމެވެ. މިއީ މުޅި ރާއްޖޭގެ އެންމެ ތަނަވަސް ކައުންސިލްގެ ހާލަތެވެ. އެއްބަޔަކު ބްރިޖާއި ދިމާލުގައި ޕާކެކެވެ. އެނެއް ބަޔަކު ސަހަރާތައް ކޮނެގެން ޕާކެކެވެ. މަސް މާރުކޭޓުގެ އާބާތުރަ ފިލުވާލަން ހިފާތާ ދެ ދައުރު ގޮސްފިއެވެ. އާސަހަރާ މިސްކިތް ބޮޑުކޮށްލެވުނީ އެ ވާހަކަ ދައްކާތާ ތިން ދައުރު ފަހުންނެވެ. ދެން އޮންނަނީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތެވެ. ރިޝްވަތާއި ކޮރަޕްޝަނެވެ. ކޮންމެ ޕާޓީއަކުން ވެސް ބުނަނީ ކުރިން ދިޔަ މީހުން ދިޔައީ ވައްކަން ކޮށްފައި ކަމުގައެވެ. ވައްކަމުގެ މައްސަލަ ބެލޭ ދުވަހެއް ނާދެއެވެ. ފިޔަވަޅެއް އެޅޭ ތަނެއް ނުފެނެވެ. އެތެރޭގެ ހިންގުން ހަރުދަނާ ވާތަނެއް ނުފެއެވެ. ވިއްސިވިހާލިވެ އެކި ތަންތަން ކޮޅުގައި އޮފީހާއި ޑިޕާޓްމެންޓްތައް ހަދައިގެން އުޅޭ މާލެ ސިޓީ ކައުންސިލަށް އޮފީސް އިމާރާތެއް އަޅާ އެއް ފުރާޅެއްގެ ދަށަށް ޙިދުމަތްތައް ގެނެވޭ ކަމަކަށްވެސް ނުވިއެވެ.

ކުރިއަށް މިއޮތް ދުވަސްތަކުގައި އިންތިހާބުގެ ފޯރިގަދަވާނެއެވެ. ބައެއް ރިޔާސީ ކެންޑިޑޭޓުންވެސް މޭޔަރުކަމަށް ކެންޑިޑޭޓުން ނެރެގެން އުޅޭފަދައެވެ. އެމް.އެމް.ޕީ.އާރް.ސީ ވައްކަމާއި އަދި އެމް.ޑީ.ޕީ ވެރިކަމުގައި ހިނގި ވައްކަންތަކަށް ކެތްނުވެގެން ކަަމަށް ބުނެ އެމް.ޑީ.ޕީ ދޫކޮށް ދިޔަ ކުރީގެ ރައީސް ނަޝީދު، އެނބުރި އެމް.ޑީ.ޕީ އަށް ވަޑައިގެން މޭޔަރުކަމަށް ދެއްކެވީ އަދީބުގެ ދިޔާތަކެތި ޑެލިވަރީ ބޯއިއެވެ. ޕްރައިމަރީގައި ކުރި ހޯދީ އަނެއް އާޒިމެވެ. އާދަމް އާޒިމާއި އާރް.ސީ.ސީގެ ވާހަކަ ދެއްކީވެސް ހަަމަ އެ ޕާޓީއިންނެވެ. އާދަމް އާޒިމަކީ ރައީސް ސޯލިހުގެ ކެންޑިޑޭޓެއް ކަމެއް، ރައީސް މުއިއްޒުގެ ކެންޑިޑޭޓެއް ކަމެއް، ނުވަތަ އަމިއްލަފުޅަށް ރައީސްކަމަށް ވާދަކުރައްވަން ގަސްދުކުރައްވާ ކެންޑިޑޭޓެެއްކަމެއް ސާފުނުވާ ވަރަށް އެކި ފަރާތްތަކުން އެކި އަޑު ފަތުރައިފިއެވެ. ނަމަވެސް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އެކި މަޝްރޫއުތައް ނިންމާ ގިނަ ބައެއްގެ ތާއީދު ހޯދިކަމީ ދެބަސްވެވެން ނެތް ހަޤީޤަތެކެވެ.

ދެން ހުންނެވީ ޒަރިޔަންދުއެވެ. އިހު ގޯސްވި ރައީސް ޔާމީން އަދު ކަމުގޮސްފިއެވެ. ކުރިން ހެދި އޮޓިޑްތައް ކެންސަލް ވެއްޖެއެވެ. މިއަދު ފެންނަ ކިތައް ކަންތައް މާދަން ހަނދާން ނެތޭނެތޯ ސުވާލު އުފެދެއެވެ. ޒަރިޔަންދު ބުނަނީ އެއީ މިނިވަން ކެންޑިޑޭޓެއް ކަމުގައެވެ. ރައީސް ޔާމީންގެ ޕާޓީއިން ބުނަނީ އެއީ އެ ޕާޓީ ކެންޑިޑޭޓު ކަމުގައެވެ. ހަމަ ގައިމުވެސް ޒަރިޔަންދު ހޮވިގެން އެމް.ޑީ.ޕީގެ ޑީ ފެކްޝަނުން ވެސް ދެރައެއް ނުވާނެއެވެ. ފަހަރުގައި ރައީސް ޔާމީން “އެންޑޯޒް” ކުރި ކެންޑިޑޭޓަކަށް ވޯޓު ދީގެން ދެވަނަ ފަހަރުވެސް ލަނޑެއް ލިބިދާނެއޭ ހީވާކަހަލައެވެ. ޒަރިޔަންދު އާއި މެދު ކުރެވޭ އުންމީދަކީ ކޮރަޕްޝަނާއި ދެކޮޅު މަސައްކަތްތަކެއް ކުރުމެވެ. ތަން ފޮޅާ ސާފުކުރާނެ ކަމުގެ އުއްމީދެވެ.

ދެން ހުންނެވީ ޒުވާނެކެވެ. ވެރިކަމަށް ފައި ނަގައިގެން ހުރި ކެންޑިޑޭޓެއް ނޫނެވެ. އެޖެންޑާގައި އޮތީ ރައްޔިތުންނަށް ހިދުމަތްކުރުމެވެ. މޭޔަރު ކަމަށް ކުރިމަތިލި ހިސާބުންވެސް ދެކަމެއް ހާސިލްކޮށްފިއެވެ. ފުރަތަމަ ކަމަކީ ޒަމާނުއްސުރެ މޭޔަރު ކަމަކީ ހަރު މީހުން ކުރިމަތިލާން އޮތް މަޤާމެއް ކަމުގައި ދެކެވޭ ދެކެވުން ބަދަލުކޮށްލުމެވެ. އަނެއް ކަމަކީ އޭނާ ނިސްބަތްވާ ޕާޓީގެ މުޅިން އައު ސަފްހާއެއް ފެށުމެވެ. އެމް.ޑީ.އޭ ގެ ކުލަ ދާދި ފަހަކާއި ޖެހެންދެންވެސް ޖެހިފައި އޮތީ ވަކި އަތޮޅެއްގައެވެ. އެ ސަރަހައްދުގައި ވަރަށް ކާމިޔާބެވެ. ބެލެވެނީ މަހްޒޫމުގެ މަސައްކަތުން އެ ފެޅީ އައު ކުރިއެއް ކަމުގައެވެ. ވެރި ރަށާއި ހަމައަށް ޕާޓީގެ ކުރިތައް ރޯކުރުވާލައިފިއެވެ.

ދެން ހުރީ ސަރުކާރުގެ ކެންޑިޑޭޓެވެ. ރިޓަޔާޓް ސިފައިންގެ ބޭފުޅެކެވެ. މާލޭ މީހުންގެ މެދުގައި ތާއީދު އޮތް މިންވަރާއި މެދު ސުވާލު އުފެދޭ ބޭފުޅެކެވެ. އައްޔަނު ކުރެވުނު އެކި ސިޔާސީ މަޤާމުތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ނަމަވެސް ވޯޓުން ހޮވޭ މަޤާމަކަށް އައު ކަން ފެނެއެވެ. މިއީވެސް އަސްލު ރައީސް މުއިއްޒު ތާއީދު ކުރައްވާ އެހެން ބޭފުޅަކު ހުރީބާވައޭ ހިތަށްއަރާ ސަބަބެކެވެ. ނޫނީވިއްޔާ ހަމަ މުޅި ޕާޓީއަށްވެސް ކައުންސިލް އެހާ މުހިންމު ނޫނީ ކަންނޭގެއެވެ. ހޮވިފައި ތިބި ކައުންސިލަރުންވެސް ޖަލްސާތަކަށް ހާޒިރެއް ނުވޭތާއެވެ. އަޒީމާ ނެރެގެން ނެރެވުނު ނަތީޖާ ތަކުރާރު ވެދާނެ ކަމަށް ޤަބޫލުކުރާ މީހުން މަދެއްނޫނެވެ. މިއިން ކޮންމެ ބޭފުޅަކު ހޮވުނަސް، ރައްޔިތުންނަށް މުހިންމީ ނަތީޖާއެވެ. ސުވާލަކީ މޭޔަރެއްގެ ފަރާތުން ރައްޔިތުން ބޭނުންވަނީ ކޮން ކަމެއްތޯއެވެ؟

Leave a Comment

Your email address will not be published. Required fields are marked *

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް

ވަސީލަތާއި ހިދުމަތުގެ ގޮތުން މާލެއާއި ވާދަކޮށްލެވޭ ވަރަށް ރާއްޖޭގެ އެހެން ރަށެއް ތަރައްޤީ ކުރާނަމަ، ކުރަންވީ ކޮން ރަށެއް؟

މިހިސާބުން އުފެދޭ ސުވާލަކީ ކުރިންވެސް އުފެދުނު ސުވާލެވެ. ވަސީލަތާއި ޙިދުމަތުގެ ގޮތުން މާލެއާއި ވާދަކޮށްލެވޭ ވަރުގެ އެހެން ރަށެއް ތަރަައްޤީ ކުރާނަމަ ކުރަންވީ ކޮން ރަށެއް ނުވަތަ ރަށްތަކެއް ތޯއެވެ. އުތުރުން ރަށަކާއި ދެކުނުން ރަށެކޭ ވަރަށް ގިނަ މީހުން ކިޔާނެއެވެ. ނަމަވެސް އުތުރުން ކޮން ރަށަކާއި ދެކުނުން ކޮން ރަށެއް ތޯއެވެ؟ އަދި އެ ތަރައްގީ އެ ރަށަށް އަމާޒުކުރަންވީ ކޮން ސަބަބުތަކެއް ހުރީމައިތޯއެވެ؟

<- އިތުރަށް ކިޔާލުމަށް

ރޯދަމަސް އައި ކަމުގެ އިހްސާސް ކުރެވޭތޯ؟

ކުރިއާއި ޙިލާފަށް މި ރޯދަމަހު ރޯދަމަހެއް އައިކަމުގެ އިހްސާސެއް ނުކުރެވެއެވެ. އާންމުކޮށް ހޯމަ ބުރާސްފަތީގައި ސުްނަނަތް ރޯދަ ނުހިފާ މީހަކަށްވެސް ރޯދަމަހު ރޯދައަށް ހުންނަ އިރު، އެހެން މަސްމަހާއި ތަފާތުކަން އިހްސާސް ކުރެވޭނެއެވެ. ވައިގެ ތެރޭގައި އަދު މާހައުލުގައިވެސް ތަފާތު އިހްސާސެއް ހުރެއެވެ. މީސްމީޑިއާ އިންވެސް މި ޝުއޫރު ކޮންމެވެސް ވަރަކަށް ފެނިއްޖެއެވެ. މި ރޯދަމަހު ރޯދަމަހެއްގެ އިހުސާސެއް ނުކުރެވެއެވެ.

<- އިތުރަށް ކިޔާލުމަށް

މީޑިއާތައް ހިންގަން ރައްޔިތުންގެ ޓެކްސް ފައިސާ ދޭން ޖެހޭތޯ؟

ކުރިއަތް އޮތް ތާނގައިވެސް “ހިޔާލު” އިން މަސައްކަތް ކުރާނީ މިމަގުގައެވެ. ތިކުރާ ކަމަކުން ކުރާނެ ފައިދާއެއް، ނުކުންނާނެ ނަތީޖާއެއް ނޯޢްނާނޭ ގޮވާ އެތައް ރައްޔިތުންނަކާއި ދިމާވެއެވެ. ނަމަވެސް ފަރުވާލެއް ނެތެވެ. ނަޝޭހަތަކީ އެކަނި ހުންނަން ޖެހުނަސް ރިޝްވަތާއި ދެކޮޅަށް ހުންނަ މީހަކަށް ވާށެވެ. އުފާވެރި އައު އަހަރަކަށް އެދެމެވެ

<- އިތުރަށް ކިޔާލުމަށް

ޕާޓީތައް ދެކެ ފޫހިވެއްޖެއޭ ގޮވަމުން ގޮނޑިތައް ޕާޓީތަކަށް

ރައްޔިތުން ބުނަނީ ޕާޓީތައް ދެކެ ފޫހިވެއްޖެކަމުގައެވެ. ޕާޓީތަކުން ބުނަނީ ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރަން ބޭނުންކަމުގައެވެ. ފެންނަނީ ބަހާއި އަމަލާއި ދިމާވާ މީހުން މަދު ޤައުމެއްގައި ކަންވާނެ ގޮތެވެ

<- އިތުރަށް ކިޔާލުމަށް