ރޯދަމަސް އައި ކަމުގެ އިހްސާސް ކުރެވޭތޯ؟

ދީނީ ގޮތުން ހާއްސަ ވުމާއި އެކު ރޯދަ މަހަކީ ދިވެހިންގެ އާދަކާދަ އާއިވެސް ގުޅިފައިވާ މަހެކެވެ. އާއިލާ އާއި ރަހްމަތްތެރިންނާއި ބައްދަލުވެލާ މާހެފުންތަކެވެ. ގޭތެރެއަށް ސާފުކޮށްލާ އާބާތުރަ ފިލުވައިލުމެވެ. އައު ރަހަތައް އަޖުމަ ބަލާލަން ތަފާތު ކާތަކެތި ތައްޔާރުކޮށްލުމެވެ. ތަރާވީސްތަކާއި ރޯދަވީއްލުންތަކެވެ. އަދި އެންމެ މުހިންމު ކަމަކަށް އާންމު ދިރިއުޅުމަށްވުރެ އަޅުކަންތަކާއި ގާތްވެލުމެވެ.

ނަމަވެސް ރަނގަޅު ނިޔަތެއްގައި ފެށުނު މިކަންކަން، އަހަރަކަށް ފަހު އަހަރެއް ދިޔައީ ބައެއްގެ ތެރޭގައި ހައްދުފަހަނަ އަޅަމުންނެވެ. އަދު ޢީދަކާއި ޢީދެކެވެ. މުޅި ރޯދަމަހާއި އޭގެކުރިވެސް ވަނީ ބަޔަކު ބޮޑު މަޖާގަނޑަކަށް ހަދާފައެވެ. ރޯދައަށްފަހު ދީނީ ގޮތުން އަންނަ ޢީދު ފާހަގަކުރުމުގައި ދިވެހިން ހައްދުފަހަނަ އެޅިތާ އެތައް އަހަރެކެވެ. އިސްލާމް ދީނާއި ނުގުޅޭ، އަދި ހިންދޫއިންގެ އަޅުކަމެއްގައި ހިމެނޭ ކުލަޖެހުން ވަނީ އާންމު ކަމަކަށް ވެފައެވެ. ދެޖިންސު މަސްހުނިވެ ގައިގޯޅިވާ ޢީދަކަށް ވަނީ ހަދައިފައެވެ. ލަވަޖަހާ ޕާޓީ ކުރުމާއި ނުލައި ފުރިހަމަ ނުވާ ޢީދަކަށް ހަދައިފައެވެ. ބައެއް މީހުން ޢީދަށް ހާއްސަކޮށް ޕާޓީކުރަން މަސްތުވުމުގައިވެސް ޝާމިލުވެއެވެ.

ރޯދައަށް ތައްޔާރުވުމުގެ ނަމުގައި ކުރާ ކަންކަންވެސް މިހާރު ދަނީ ހައްދުފަހަނަ އަޅަމުންނެވެ. މާހެފުންތައް ގޮތްބޮޑު ކުރަމުން ގޮސް އަދު ވެފައިވަނީ ބޭކާރު ހަރަދާއި ކަންދެއްކުމުގެ ހަފްލާތަކަކަށެވެ. މަގުތައް ބަންދުކޮށްގެންނާއި އަޑުގަދަކުރާއިން ލަވަޖެހުމެވެ. ގޭތެރޭގެ އާބާތުރަ ފިލުވައިލުން ހައްދުފަހަނަ އަޅާގޮސް އަދު އެކަންވެސް ވެފައި މިވަނީ އިޝްރާފު ބޮޑު ކަމަކަށެވެ. ކުނިތައްވެސް އުކާލަނީ މަގުމައްޗަށެވެ.

ރޯދަމަހުގައި ވެސް އުޅުން ހުރީ މިހެނެވެ. ކެއުން މަދުކޮށް އަޅުކަމުގައި މަޝްއޫލުވާންވީ މަހަކީ، ކެއުމަށް އެންމެ ހަރަދު ގިނައިން ކުރާ މަހަށް ވެއްޖެއެވެ. ކެއުމުގައި އެންމެ އިޝްރާފު ބޮޑު މަހަށް ވެއްޖެއެވެ. ބާޒާރުގައި އޮންނަ ޑިމާންޑާއި އެކު ކާބޯތަކެތީގެ އަގު އެންމެ އުފުލޭ މަހަށް ވެއްޖެއެވެ. ދުވާލުގެ ބޮޑުބައެއް ބަންދުކޮށްފައި ހުއްޓަސް، ކާބޯތަކެތީގެ ޙިދުމަތްދޭ ތަންތަނަށް ވިޔަފާރީގެ ޢީދެއް އަންނަ މަހަކަށް ވެއްޖެއެވެ. އަޅުކަމަށް ތާވަލެއް ހެދުމަށްވުރެ، ދުވާލު ނިދުމާއި ރޭނގަޑު އެކި ކުޅިވަރަށް ތާވަލު ހަދާ މަހަކަށް ވެއްޖެއެވެ. އިސާހިތަކު ރޯދަ މަހުގެ އަސަރު ގެއްލި، ރޯދަނުހިފާ އުޅޭ މީހުން މުޖުތަމައުގައި ގިނަވެއްޖެއެވެ. ރޯދައަށްހުރެ ނަމާދު އަޅާ މީހުން ގިނަ ވެއްޖެއެވެ. މިފަހުން މިވަނީ މި މާތް މައްސަރަށް ސިޔާސީ ތަޤައްޔަރުކަންވެސް ވަދެފައެވެ. މިދިޔަ ރޯދަމަހުގެ ފަހު ދިހައެއް ދިމާވީ މަޖިލިސް އިންތިހާބުގެ ފޯރިއާއެވެ. އެތައް ބަޔަކު ދުވީ ކެންޑިޑޭޓުން ފަހަތުން ރިޝްވަތު ނަގާށެވެ. މިފަހަރުގެ ރޯދަމަހުގެ ފަހު ދިހައެއް ދިމާވާނީ ކައުންސިލް އިންތިހާބުގެ ފޯރިއާއެވެ. މިހާރުވެސް ރިޝްވަތުގެ ކުޅިވަރު ދަނީ ކުރިއަށެވެ.

ކުރިއާއި ޙިލާފަށް މި ރޯދަމަހު ރޯދަމަހެއް އައިކަމުގެ އިހްސާސެއް ނުކުރެވެއެވެ. އާންމުކޮށް ހޯމަ ބުރާސްފަތީގައި ސުްނަނަތް ރޯދަ ނުހިފާ މީހަކަށްވެސް ރޯދަމަހު ރޯދައަށް ހުންނަ އިރު، އެހެން މަސްމަހާއި ތަފާތުކަން އިހްސާސް ކުރެވޭނެއެވެ. ވައިގެ ތެރޭގައި އަދު މާހައުލުގައިވެސް ތަފާތު އިހްސާސެއް ހުރެއެވެ. މީސްމީޑިއާ އިންވެސް މި ޝުއޫރު ކޮންމެވެސް ވަރަކަށް ފެނިއްޖެއެވެ. މި ރޯދަމަހު ރޯދަމަހެއްގެ އިހުސާސެއް ނުކުރެވެއެވެ.

ޤައުމަށް ވަންނަހާ ޑޮލަރަކަށް މިވަނީ ކިހިނެތް؟

ރަނގަޅެވެ. ބޭރުގެ ލޯނުތައް ދައްކަން ޑޮލަރު ބޭނުންވާނެ ކަން ދަންނަމުއެވެ. ނަމަވެސް އެކަން އިނގިތިބެ، ޑޮލަރުން ގަތް ޑްރޯނުތައް ކޮބައިތޯއެވެ. ރަސްމާލެ ހިއްކަން އެންދިހާ ތެލެއް ކޮބައިތޯއެވެ. މިއީ ހުސް އިސްރާފެވެ. އޭގެ ބަދަލުގައި ފަހަށް ރައްކާކުރިނަމަ، ލޯނުތައް ދައްކައިފައިވެސް ރައްޔިތުންގެ ލިމިޓާއި ނުކުޅެ ފަރުޖެހުނީހެވެ

<- އިތުރަށް ކިޔާލުމަށް

ހިޔާލު ފާޅުކުރުން. ހައްދެއްނެތި ލިބެންޖެހޭ މިނިވަންކަމެއްތަ

އަދު ރާއްޖޭއަށް ދިމާވެފައިވާ މައްސަލަ އަކީ ހައްޤުތައް ނެތުމުގެ މައްސަލައެއް ނޫނެވެ. ހައްޤުތައް ލިބިދިނުމާއި ހައްޤުތައް ހިފެހެއްޓުމުގެ އިން ކަނޑައެޅުމުގެ މައްސަލައެވެ. މިަކަމަށް ހައްލު ހޯދޭނީ މެދުމިނުމުގެ ވިސްނުމެއް އިޙްތިޔާރުކޮށް މަޝްވަރާގެ މޭޒު ދޮށުންނެވެ

<- އިތުރަށް ކިޔާލުމަށް

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް