މީޑިއާތައް ހިންގަން ރައްޔިތުންގެ ޓެކްސް ފައިސާ ދޭން ޖެހޭތޯ؟

މީޑިއާތައް ސިފަކުރެވެނީ ހަތަރުވަނަ ބާރުގެ ގޮތުގައެވެ. ސަރުކާރުތައް ޒިންމާދާރު ކުރުވަން އެންމެ އިސް ރޯލެއް އަދާކުރާ އެއް ބާރެވެ. ރައްޔިތުންނާއި ހަމައަށް އެތައް ކަމެއް ތިލަކޮށްދޭ ބާރެކެވެ. ނަމަވެސް މި ބާރުގެ ރާހަތް އެންމެ ފުރިހަމަ ގޮތުގައި ކުރާނީ މީޑިއާތައް މިނިވަން ވެގެންނެވެ. ސަރުކާރާއި ވިޔަފާރިވެރިންގެ ވަކިތަކުންނެވެ. މިނިވަން މީޑިއާ އަކީ ޤައުމުގައި އަދު މިއޮތް ވެރިކަމުގެ ނިޒާމު އަދި ރައްޔިތުންގެ ބާރު ކަށަވަރު ކޮށްދޭ އެންމެ ވަރުގަދަ އެއް ހަތިޔާރެވެ. މިނިވަން މީޑިއާ އަކީ ސަރުކާރުން ލަވައިދިނީމައި ކައިގެން ތިބޭ ބައެއްކަމުގައި ވާނަމަ އަދި މުޅިއަކުން މިނިވަން މީޑިއާ އެކޭ ކިޔޭކަށް ނެތެވެ.

ދާދި ފަހުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އިން ވަނީ ސަރުކާރުގެ މާލީ “އެހީތެރިކަން” ލިބޭ “މިނިވަން” މީޑިއާތަކާއި ލިބޭ އަދަދު ޒުވާނުންގެ ވުޒާރާ މެދުވެރިކޮށް ހާމަކޮށްފައެވެ. އެހީއަށް ޝަރުތު ހަމަވި 41 މީޑިއާގެ ތެރެއިން، ސުންގަނޑި އާއި ހަމައަށް އިޖުރާއަތްތައް ފުރިހަމަ ކުރި 39 މީޑިއާ އަކަށް އެހީދޭން ވަނީ ފާސްވެފައެވެ. އެކި މީޑިއާތަކަށް އެކި ވަރެވެ. ބައެއް މީޑިއާތަކަށް ބައި މިލިއަނެއްހާ ރުފިއާއެވެ. އަނެއް ބައި މީޑިއާތަކަށް މިލިއަނަކަށް ވުރެ ގިނައިންނެވެ. މާލީ އެހީގެ ގޮތުަގައި ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 27.9 މިލިއަނެވެ. ރައްޔިތުންގެ ޓެކްސް ފައިސާއެވެ. ސުވާލަކީ ރައްޔިތުންގެ ޓެކްސް ފައިސާ  ބޭނުން ކުރަން އެންމެ ރަނގަޅު ގޮތަކީ މިއީތޯއެވެ. މީޑިއާތައް ހިންގަން ޖެހެނީ ރައްޔިތުންގެ ފައިސާއިންތޯއެވެ. އެހީއަށް ޝަރުތު ހަމަވި ބައެއް މީޑިއާތަކަކީ މިއިން ޒަމާނަކު ލިޔުމެއް ޝާއިޢު ކޮށްނުލާ މީޑިއާތަކެވެ.

“ހިޔާލު” އިން ޤަބޫލު ކުރާ އުސޫލަކީ، ވަކި ސަރުކާރެއް، ވަކި ވެރިއެއް، ވަކި ޕާޓީއެއް ފަރަގު ނުކޮށް ފާޑުކިޔެން ޖެހޭނެ ކަމުގައެެވެ. ތައުރީފު ހައްޤު މަސައްކަތެއް ކޮށްފިނަމަ ތައުރީފު ކުރެވެން ޖެހޭނެކަމުގައެވެ. ފުރިހަމަ މިނިވަންކަމާއި އެކުއެވެ. ރައްޔިތުންގެ ފައިސާގައި ނުޖެހިއެވެ. އަޅުގަނޑު ދޭނެ ޔަގީން ކަމަކީ “ހިޔާލު” ހިނގާނީ ރައްޔިތުންގެ ފައިސާގައި ނުޖެހިކަމުގައެވެ. މުޖުތަމުގައި ހިނގާ ނޭއްގާނީ ކަންކަމުގެ ވާހަކަ ދައްކާނަމެވެ. ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގައި އަޑު އުފުލާނަމެވެ. މިގޮތުން ރާއްޖޭގައި ހިނގާ މެޑިކަލް ނެގްލިޖެންސްގެ ކޭސްތަކާއި ގުޅޭ ގޮތުން މީހުންގެ މެދުގައި ހޭލުންތެރިކަން އުފައްދަން މަސައްކަތް ކުރެވުނެއެވެ. މަޖިލީހަށް ޕެޓީޝަނެއް ހުށަހަޅައިގެން މަޖިލީހުގައި ހުއްޓިފައިވާ އެކަމާއި ގުޅޭ ބިލެއް އަވަސްކުރެވޭތޯ މަސައްކަތް ކުރެވުނެވެ. މިފަހުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަތަކާއި ނުހައްޤު އިނާޔަތްތައް ކުޑަކުރަން ޕެޓިޝަނެއްގެ ޒަރިއްޔާއިން މަސައްކަތް ކުރެވުނެއެވެ. ކެނޑިނޭޅީ ރިޝްވަތާއި ދެކޮޅަށް އަޑު އުފުލައި ވޯޓު ވިއްކުމުގެ ގެއްލުމާއި ގުލޭ ގޮތުން މީހުން ހޭލުންތެރި ކުރުވަން މަސައްކަތް ކުރެވެއެވެ.

ކުރިއަތް އޮތް ތާނގައިވެސް “ހިޔާލު” އިން މަސައްކަތް ކުރާނީ މިމަގުގައެވެ. ތިކުރާ ކަމަކުން ކުރާނެ ފައިދާއެއް، ނުކުންނާނެ ނަތީޖާއެއް ނޯޢްނާނޭ ގޮވާ އެތައް ރައްޔިތުންނަކާއި ދިމާވެއެވެ. ނަމަވެސް ފަރުވާލެއް ނެތެވެ. ނަޝޭހަތަކީ އެކަނި ހުންނަން ޖެހުނަސް ރިޝްވަތާއި ދެކޮޅަށް ހުންނަ މީހަކަށް ވާށެވެ. އުފާވެރި އައު އަހަރަކަށް އެދެމެވެ.

Leave a Comment

Your email address will not be published. Required fields are marked *

ޤައުމަށް ވަންނަހާ ޑޮލަރަކަށް މިވަނީ ކިހިނެތް؟

ރަނގަޅެވެ. ބޭރުގެ ލޯނުތައް ދައްކަން ޑޮލަރު ބޭނުންވާނެ ކަން ދަންނަމުއެވެ. ނަމަވެސް އެކަން އިނގިތިބެ، ޑޮލަރުން ގަތް ޑްރޯނުތައް ކޮބައިތޯއެވެ. ރަސްމާލެ ހިއްކަން އެންދިހާ ތެލެއް ކޮބައިތޯއެވެ. މިއީ ހުސް އިސްރާފެވެ. އޭގެ ބަދަލުގައި ފަހަށް ރައްކާކުރިނަމަ، ލޯނުތައް ދައްކައިފައިވެސް ރައްޔިތުންގެ ލިމިޓާއި ނުކުޅެ ފަރުޖެހުނީހެވެ

<- އިތުރަށް ކިޔާލުމަށް

ހިޔާލު ފާޅުކުރުން. ހައްދެއްނެތި ލިބެންޖެހޭ މިނިވަންކަމެއްތަ

އަދު ރާއްޖޭއަށް ދިމާވެފައިވާ މައްސަލަ އަކީ ހައްޤުތައް ނެތުމުގެ މައްސަލައެއް ނޫނެވެ. ހައްޤުތައް ލިބިދިނުމާއި ހައްޤުތައް ހިފެހެއްޓުމުގެ އިން ކަނޑައެޅުމުގެ މައްސަލައެވެ. މިަކަމަށް ހައްލު ހޯދޭނީ މެދުމިނުމުގެ ވިސްނުމެއް އިޙްތިޔާރުކޮށް މަޝްވަރާގެ މޭޒު ދޮށުންނެވެ

<- އިތުރަށް ކިޔާލުމަށް

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް