ވަސީލަތާއި ހިދުމަތުގެ ގޮތުން މާލެއާއި ވާދަކޮށްލެވޭ ވަރަށް ރާއްޖޭގެ އެހެން ރަށެއް ތަރައްޤީ ކުރާނަމަ، ކުރަންވީ ކޮން ރަށެއް؟

ވެރިކަން ކުރާ ރަށް ބަދަލު ކުރަން ޖެހޭ ވާހަކަ އަޅުގަނޑުމެންގެ ތެރޭގައި އެކި ފަހަރު މަތިން ދެކެވެއެވެ. އިރެއްގައި މިބަހުސް މަޖިލީހުގެ ގޯތިތެރެއަށް ވެސް ވަނެވެ. އެ ބަހުސް މަޖިލިސް ފާރުމަތިން ނެރެ އެއްލާލީ ހަމަ ރަށްރަށަށް ނިސްބަތްވާ މެމްބަރުންނެވެ. މިކަމުގައި ޖެހުނީ މައިގަނޑު ދެ ގޮށެކެވެ. ފުރަތަމަ ގޮށަކަށް ޖެހުނީ ހިޔާލު ތަފާތުވުމެކެވެ. ވެރިކަން ކުރާ ރަށް ބަދަލުކުރާނަމަ ކުރާނީ ކޮން ރަށަކަށްތޯއެވެ. ދެވަނަ ގޮށަކަށް ޖެހުނީ ސުވާލެކެވެ. ވެރިކަން ކުރާ ރަށަކީ މިވެނި ރަށެކޭ ކަރުދާހުގައި ލިޔުނެއް ކަމަކު އެރަށަކަށް ހުރިހާ ކަމެއް ފުރިހަމަވާނެތޯއެވެ. އަތޮޅުގެ ވެރިކަން ކުރާ ރަށަށްވުރެ ތަރައްޤީ ވެފައިވާ އެހެން ރަށްރަށް ހުރި ކިތައް އަތޮޅު އެބައޮތްތޯއެވެ.

ހަޤީގަތަކީ ދިވެހިން މާލެއަށް ހިޖުރަ ކުރަނީ އެއީ ވެރިކަން ކުރާ ރަށަށްވީތީ އެއް ނޫނެވެ. މިތަނުގައި ޤާއިމުކޮށްފައިވާ ވަސީލަތްތަކާއި ޙިދުމަތްތައް ރަށުން ލިބެން ހުރި އެއްޗަކާއި ނުބައްދަލުވީމައެވެ. ތައުލީމާއި، ސިއްހީ ދާއިރާ އާއި މިހެން ގޮސް ވަކި ދާއިރާއެއް ކިޔާނެކަމެއް ނެތެވެ. މުހިންމީ ކޮންމެހެން ވެރިކަންކުރާ ރަށަށް ވުމެއް ނޫނެވެ. މުހިންމީ ޙިދުމަތްތަކާއި ވަސީލަތްތައް ޤާއިމުވެ ވަޒީފާގެ ފުރުސަތުތައް ހުޅުވި އިޤްތިސާދު ކުރިއެރުމެވެ.

ދުނިޔޭގެ އެހެން ޤައުމުތަކަށް ނަޒަރު ހިންގާލާއިރު ފެންނަނީ ސިޔާސީ ގޮތުން ވެރިކަން ކުރާ ރަށާއި އިޤްތިސާދީ ރަސްކަން ކުރާ ރަށަކީ އެއް ތަނަކަށް ވާކަށް ނުޖެހޭކަމެވެ. އެމެރިކާގެ ވެރިކަންކުރާ ސަހަރަކީ ވޮޝިންގްޓަނެވެ. ނަމަވެސް އިޤްތިސާދީ ގޮތުން ރަސްކަން ކުރަނީ ކެލިފޯނިއާ އަދި ޓެކްސަސް ފަދަ ހިސާބުތަކެވެ. ޔޫއޭއީ އަށް ބަލާލާއިރު، ދުބާއީ ފަތުރުވެރިކަމަށް ހާއްސަވެފައިވާ، އިރު ސަރްޖާހް ހާއްސަ ވެފައިވަނީ ތައުލީމަށެވެ. އަަބޫދާބީ އަކީ ސިޔާސީ ގޮތުން ވެރި ރަށެވެ. ރާއްޖޭގައި މިއިން އެއްވެސް ވައްޓަފާޅިއެއް ނުގެންގުޅެއެވެ. ފަތުރުވެރިކަންވެސް މާލޭގައެވެ. ތައުލީމުވެސް މާލޭގައެވެ. ވެރިކަން ކުރާ ރަށަކީވެސް މާލެއެވެ. އިޤްތިސާދީ ހުރިހާ ހަރަކާތެއްވެސް މާލޭގައެވެ.

ނަމަވެސް ސިޔާސީ ނުފޫޒު އެއް ފަރާތްކޮށް، އިލްމީ ނަރަޒަކުން ބަލައިފިނަމަ، މާލެއަށްވެސް އިޤްތިސާދީ ގޮތުން އެންމެ ފައިދާ ބޮޑު ގޮތަކީ މާލެ އާއި އިޤްތިސާދީ ގޮތުން ވާދަ ކޮށްލެވޭނެ ވަރުގެ އެހެން ސަހަރެއް އުފެދުމެވެ. އާބާދީ އެއްތަނަކަށް ބޮޑިވެ، އިޤްތިސާދު އެއް ސިނާއަތަކަށް ބަރޯސާވެ، ހުރިހާ ހަރަކާތެއް އެއް ތަނެއްގައި އޮތުމީ އަޅުގަނޑުމެންގެ ޤައުމު ނުކުޅެދޭ ޤައުމެއްގެ ގޮތުގައި ބަލަން ޖެހޭ ސަބަބެކެވެ. މިހާރުވެސް މާލެ ކައިރީގައި ރަސްމާލެ ނަމުގައި އެހެން ރަށެއް ތަރައްޤީކޮށް އެތަނަށް މީހުން ޖަމާކުރުމުގެ ވިސްނުން ގެންގުޅޭ އިރު، އެ އެންމެންވެސް ޙިދުމަތްތައް ހޯދަން އަންނަންޖެހޭނީ ހަމަ މާލެއަށެވެ. މާލޭގެ ހޮސްޕިޓަލްތަކާއި ސްކޫލްތައް އޮތީ ފުރިފައެވެ. ދެން ވާނީ ވަކި ކޮން މޮޅެއްތޯއެވެ.

މިހިސާބުން އުފެދޭ ސުވާލަކީ ކުރިންވެސް އުފެދުނު ސުވާލެވެ. ވަސީލަތާއި ޙިދުމަތުގެ ގޮތުން މާލެއާއި ވާދަކޮށްލެވޭ ވަރުގެ އެހެން ރަށެއް ތަރަައްޤީ ކުރާނަމަ ކުރަންވީ ކޮން ރަށެއް ނުވަތަ ރަށްތަކެއް ތޯއެވެ. އުތުރުން ރަށަކާއި ދެކުނުން ރަށެކޭ ވަރަށް ގިނަ މީހުން ކިޔާނެއެވެ. ނަމަވެސް އުތުރުން ކޮން ރަށަކާއި ދެކުނުން ކޮން ރަށެއް ތޯއެވެ؟ އަދި އެ ތަރައްގީ އެ ރަށަށް އަމާޒުކުރަންވީ ކޮން ސަބަބުތަކެއް ހުރީމައިތޯއެވެ؟ އަޅުގަނޑު ދެކޭ ގޮތުގައި އިޤްތިސާދީ ގޮތުން މާލެ ސަރަހައްދާއި ވާދަކޮށްލެވޭ އެހެން ރަށްރަށް އެބަ އުފެދެން ޖެހެއެވެ. އެކަމަށް ޤައުމީ ފެންވަރުގައި ވެރިން މަސައްކަތް ކުރަން ލަސްވެސްވެއްޖެއެވެ. އެ ބަހުސް ފެށެންވީ ހިސާބަކީ މިއެެވެ.

Leave a Comment

Your email address will not be published. Required fields are marked *

ޤައުމަށް ވަންނަހާ ޑޮލަރަކަށް މިވަނީ ކިހިނެތް؟

ރަނގަޅެވެ. ބޭރުގެ ލޯނުތައް ދައްކަން ޑޮލަރު ބޭނުންވާނެ ކަން ދަންނަމުއެވެ. ނަމަވެސް އެކަން އިނގިތިބެ، ޑޮލަރުން ގަތް ޑްރޯނުތައް ކޮބައިތޯއެވެ. ރަސްމާލެ ހިއްކަން އެންދިހާ ތެލެއް ކޮބައިތޯއެވެ. މިއީ ހުސް އިސްރާފެވެ. އޭގެ ބަދަލުގައި ފަހަށް ރައްކާކުރިނަމަ، ލޯނުތައް ދައްކައިފައިވެސް ރައްޔިތުންގެ ލިމިޓާއި ނުކުޅެ ފަރުޖެހުނީހެވެ

<- އިތުރަށް ކިޔާލުމަށް

ހިޔާލު ފާޅުކުރުން. ހައްދެއްނެތި ލިބެންޖެހޭ މިނިވަންކަމެއްތަ

އަދު ރާއްޖޭއަށް ދިމާވެފައިވާ މައްސަލަ އަކީ ހައްޤުތައް ނެތުމުގެ މައްސަލައެއް ނޫނެވެ. ހައްޤުތައް ލިބިދިނުމާއި ހައްޤުތައް ހިފެހެއްޓުމުގެ އިން ކަނޑައެޅުމުގެ މައްސަލައެވެ. މިަކަމަށް ހައްލު ހޯދޭނީ މެދުމިނުމުގެ ވިސްނުމެއް އިޙްތިޔާރުކޮށް މަޝްވަރާގެ މޭޒު ދޮށުންނެވެ

<- އިތުރަށް ކިޔާލުމަށް

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް