ބާރުވެރި ކުރުވަނީ ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެންތޯ؟

Protest against rapists

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޙަސަން އިސްމާޢީލްގެ މައްޗައް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ނޫސްވެރިއަކު ކުރިއެވެ. އެއީ މިހާރުގެ އިޤްތިޞާދީ ވަޒީރުގެ ބޭބެއެވެ. ކޮވިޑްގެ ހާލަތު ގޯސްވެއްޖެނަމަ ފްލޯޓިންގ ހޮސްޕިޓަލެއް ގެންނާނެ ކަމަށް ވިދާޅުވި (ކުރީގެ) ޓޫރިޒަމް މިނިސްޓަރގެ މައްޗައްވެސް ވަނީ ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ކުރުމުގެ މައްސަލާގައި ހަތް ދައުވާއެއް އުފުލާ ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ

މިދިޔަ އަހަރުގެ މެދުތެރޭގައި، ޖިންސީ ގޯނާގެ މައްސަލަތައް ބެލޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ، ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާ މިހާރު ނޫހަށް ކިޔައިދީފައި ވާގޮތުގައި، އެސޯސިއޭޝަންގެ އިދާރީބައިގައި މަސައްކަތް ކުރާ އަންހެނަކަށް، ސިޔާސީ ނުފޫޒު އޮތް މީހަކު ޖޫން މަހުގެ 23 ވަނަ ދުވަހު، މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އެ މައްސަލަ ބަލަން އިންޓާނަލް ކޮމިޓީން ފާސްކޮށް، ހިންގާ ކޮމިޓީއާ ޙަވާލު ކުރުމުން މައްސަލަ ރައްދުވާ މީހާ ނުފޫޒުގެ ބޭނުން ކޮށްގެން މައްސަލަ ހިންދާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އޭނާ ބުނި ގޮތުގައި، އެ އަންހެން މީހާ އަށް ޖިންސީ ގޯނާ ކޮށްފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރެކެވެ

މީގެ އިތުރުން، ކުރިޔަސް ކުރިކަން ނޭނގޭ ގޮތައް ހިގައިދިޔަ ސަފާރީ ރޭޕް ހާދިސާއާއި، ދާދި ފަހުން ރިސޯޓެއްގައި ހިގައިދިޔަ ގަދަކަމުން ގަޔަށް އަތްލާން އުޅުމުގެ ހާދިސާ ފާހަގަކޮށްލެވެއެވެ. މިއިން އެއްވެސް މައްސަލައެއްގައި އެދެވޭ ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. ގިނަ ކަންކަން އެއްފަރާތް ކޮށްލަނީ އެއީ ރޭޕް އެއް ނޫން ކަމުގައި ބުނެފައެވެ. ރޭޕް ނުކުރާނަމަ ދެން ކޮންމެ ފަދަ ގޮތެއް ހެދިޔަސް ހެޔޮފަދައެވެ. ނަމަވެސް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާއަކީ ވެސް ވަކި ކުޑަކަމެއް ނޫނެވެ. އެއީ އަޅާނުލާ ދޫކޮށްލުމުން ނުވަތަ ބައެއްގެ ސަމާލުކަމަށް ނައިސް ހިގަމުންދާނަމަ، ރޭޕް ގެ މިސްރާބަށް އެޅޭ ފުރަތަމަ ފިޔަވަޅެކެވެ. ހަގީގަތަކީ ރޭޕް ހުއްޓުވޭނީ، އޭގެ ކުރިން ހިނގާ ފުރައްސާރަ އާއި ގޯނާކުރުންތައް ވެސް ހުއްޓުވިގެން ކަމެވެ

2020ގެ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާފު ނުލިބޭ ކަމުގެ ކަންބޮޑުވުންތައް ވޮއިސް އޮފް ޗިލްރަން އިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހުށަހެޅުއްވިއެވެ. އަދި ހަމަ އެ މަހު 15 ވަނަ ދުވަހު “ގެވެށި ގުޅުން” ކެމްޕެއިން އިފްތިތާޙް ކުރުމަށް ނެރުނު ވީޑިއޯ މެސްޖްގައި ރައީސް ވަނީ ޖިންސީ ގޯނާގެ މައްސަލަތައް ހައްލުނުކޮށް ހަމަޖެހިގެން ތިބެވެން ނެތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކުރިން ދެންނެވުނު އެއްވެސް ހާދިސާއަކަށް އެދެވޭ ފިޔަވަޅެއް އަދި އަދަށް ދާންދެންވެސް އެޅިފައެއް ނުވެއެވެ. ޖިންސީ ފުރައްސާރަ އާއި ގޯނާ ހުއްޓުވަން ބޭނުންވަނީ، އަޑު އަހާލަން ފަސޭހަ ބަސްކޮޅެއް ނޫނެވެ. މޮޅު ނަމެއް ކިޔާ ކެމްޕެއިން އެއްވެސް ނޫނެވެ. އެފަދަ ހާދިސާތައް ރިޕޯޓް ކުރުމަކީ މުހިއްމު ކަމެއްކަމަކު، ރިޕޯޓް ކުރުމަކުން ވެސް އަދި ހައްލެއް ނުލިބެއެވެ. ހައްލަކަށް ވާނީ އެފަދަ އަމަލްތައް ކުރާ ފަރާތްތަކަށާއި، ދެން ތިބި މީހުންވެސް އެފަދަ އަމަލެއް ކުރުމަށް ޖެހިލުންވާ ވަރުގެ އަދަބެއް ދެވިގެންނެއެވެ. މައްސަލަތަކުގައި އަވަސް ފިޔަވަޅުތަކެއް އެޅިގެންނެވެ

ޖިންސީ ގޯނާ ނުވަތަ ހާނިއްކައިގެ ތެރޭގައި އެއާއި ގުޅޭ ޖިސްމާނީ އަދި ނަފްސާނީ ގޯނާވެސް ހިމެނޭނެއެވެ. އެހެނީ ޖިންސީ ގޯނާ އަކީ އޭގެ ސަބަބުން މީހާގެ ހަށިގަނޑުގެ ބޭރު ފުށުން ގެއްލުމުގެ އަސަރު ކޮންމެހެން ފެންނަން ހުންނާނެ ކަންކަމެއް ނޫނެވެ. އެއީ ނަފްސާނީ ގޮތުންވެސް އެތައް އަހަރަކަށް ދެމިގެންދާފަދަ ނޭދެވޭ އަސަރު ކުރުވާ ކަމެކެވެ. މީގައި މީހެއްގެ ނުރުހުމުގައި ޖިންސީ ކަމަކަށް މަގުފަހިވާ ފަދަ އަމަލެއް ހިންގަން އުޅުމާއި އަދި މީހެއްގެ ނުރުހުމުގައި އެ ޒާތުގެ މަންޒަރެއް ބެލުވުންވެސް ހިމެނޭނެއެވެ. އަދި މިއީ ހަމައެކަނި ފިރިހެނުންގެ ފަރާތުން އަންހެނުންނަށް ކުރިމަތިވާ ކަމެއް ވެސް ނޫނެވެ. ފިރިހެނުންނާއި ފިރިހެން ކުދިންނަށްވެސް މިފަދަ ކަންކަމާއި ކުރިމަތިވެއެވެ. ނަމަވެސް މުޖުތަމައުއިން ކޮށްފާނެ މަލާމާތަކަށް އަދިވެސް ފިރިހެނުން މިފަދަ މައްސަލަތައް ރިޕޯޓް ކުރާވަރު ވަރަށް މަދެވެ. މައްސަލަ އަކީ ޖިންސެއް ނޫނެވެ. މައްސަލައަކީ ބައެއް މީހުންގެ ހުރި ނުލަފާކަމާއި، އެމީހުންގެ އަމަލްތައް ހުއްޓުވަން ކަމާ ބެހޭ އިދާރާތައް ނުކުޅެދުމުގެ ސަބަބުން، އެފަދަ މީހުންނަށް ލިބޭ ހިތްވަރެވެ

ލަދުގަންނަންވީ އަނިޔާ ލިބުނު ފަރާތަކުން ނޫނެވެ. އަނިޔާ ކުރި ފަރާތެވެ. ކުށަށް އަރައިގަތީ އޭނައެވެ. ރިޕޯޓް ކުރުމަކީ މިފަދަ ކަންކަން ހުއްޓުވުމަށް އެޅޭ އެންމެ ފުރުތަމަ ފިޔަވަޅެވެ. ނަމަވެސް ހަގީގީ ބަދަލެއް ފެންނާނީ ތަންފީޒީ އިދާރާތަކުން، ވަކި މީހެއް ނުބަލާ މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ހައްގު އަދަބު ދެވޭ ދުވަހަކުންނެވެ. ސަރުކާރުތަކަށް ފިއްތުންތައް ކުރިމަތި ކުރުވައިގެން ނަމަވެސް އެންމެން މަސައްކަތް ކުރުންވީ އެ ނަތީޖާ ހާޞިލްކުރާށެވެ. އަންހެނުން ބާރުވެރި ކުރުވުމުގެ ވާހަކަ އެއްކޮޅުން ދައްކާއިރު، އަނެއްކޮޅުން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހުމީ، ބަޔަކު ބާރުވެރި ކުރުވާ ގޮތެއް ނޫނެއްނޫންތޯއެވެ؟

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް