އެއްބައެއްގެ ފޫބުޑުން ނުނެއްޓޭ ފިކުރު

ޒުވާނުން ބިނާ ކުރުމުގެ ފެންވަރެއް ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ގިނަވެރިންގެ ކިބަޔަކުނެތެވެ. ގިނަވެރިން ޒުވާނުން ކުރިއަރާނެތީ ބިރު ގަނެއެވެ. ނަމަވެސް ޒުވާނުން ބޭނުން ކޮށްލައެވެ. ބޭނުން ކެނޑުމުން އެއްލާލައެެވެ. މިކަމުގައި އެންމެ ފާހަގަކުރެވެނީ ޕީ.ޕީ.އެމްގެ ފިކުރެވެ. އެއީ ޑީ.އާރް.ޕީގެ ނަމުގައި އޮތްކަމުގައި ވީނަމަވެސް، ޕީ.އެން.ސީގެ ނަމުގައި އޮތްކަމުގައި ވީނަމަވެސްމެއެވެ. މި ފިކުރުން އުފެދޭ ޕާޓީތަކުގެ އަސާސީ ޤަވާއިދުގައި ޕާޓީގެ ލީޑަރޝިޕުގެ އާއިލާ މީހުން މަޤުމަައްޗަށް ޕާޓީ ހަރަކާތަށް ނުކުންނަށް ޖެހޭ ގޮތަށް ލިޔަން ޖެހެއެވެ. އެހެނީ މި ފިކުރަކީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ވެރިންގެ އާއިލާތަކަށް މަޤާމުތަކާއި ވަޒީފާ ލާޒިމުވާ ފިކުރެެކެވެ. ޕާޓީ އިދިކޮޅުގައި އޮންނައިރު ހިލަމެއްވެސް ނުވާބައެކެވެ. ޕާޓީގެ އަސާސެއް ފިކުރެއް ނުދަންނަ ބައެކެވެ. ޕާޓީގެ މެނިފެސްޓޯގައި ހިމެނުނު އެއްޗެއް އެއީ ކޮން ސަބަބަކާއި ހުރެ ހިމެނުނު އެއްޗެއްކަން ނޭގޭ ބައެކެވެ. ނަމަވެސް މަތީ މަޤާމުތަށް ލިބި، ހަޑި ހާވާފައި، އެއް ދައުރުން ޕާޓީގެ ވެރިކަން ގެއްލުވާލާފައި ދަނީ ގެޔަށެވެ. އެންމެންގެ ފާޑުކިޔުން އަމާޒުވަނީ ޕާޓީގެ އެއްކަލަ އިހްލާސްތެރިންނަށެވެ. ވެރިކަން ލިބުނު ދުވަހު އެއްލާލި އިހްލާސްތެރިންނަށެވެ. އެހެންކަމުން މި ފިކުރުގެ ޕާޓީއެއްގެ ލީޑަޝިޕަށް އަންނަ ކޮންމެ މީހަކަށްވެސް ޝަރުތެއް އެބަ އޮންނަ ޖެހެއެވެ. ހައްޔަރުވާން، ފުލުހުންނާއި ކުރިމަތިލާން، އަދި ކަރުން ހަން ދާވަރަށް ވަކާލާތުކުރަން ނުކުމެ ތިބެން ޖެހޭނީ އެބޭފުޅުންގެ އާއިލާއެވެ. ޒުވާނުންނެއް ނޫނެވެ.

ވެރިކަން ލިބޭ ކޮންމެ ފަހަރަކު އަލީ އާރިފަކާއި ޒަމީރުގެ ކޮންމެވެސް އެއްޗެއް މާކަމުދާތީ އެމީހުންނަށް މަޤާމު ނުދީ މި ފިކުރުގެ ވެރިންނަށް ނުނިދެއެވެ. ރައްޔިތުންގެ ތެރޭަގައި މާ މަޤުބޫލު ބައެއްވެސް ނޫނެވެ. ނަމަވެސް ހަމަ މަޤާމު ނުދީ ފަރުނުޖެހެނީއެވެ. ކޮންމެ ސިޔާސީ ޕާޓީއެއްވެސް މަަސައްކަތް ކުރާނީ ވެރިކަމަށް އަންނާށެވެ. އެ ފިކުރާއި އަސާސްތަކާއި އެކު ޤައުމަށް ކުރިއެރުން ލިބޭނެކަމަށް ޤަބޫލުކުރެވޭތީއެވެ. ނަަމަވެސް ވެރިކަމަށް އައިސް ފިކުރެއް އަސާސެއް ނޯވެއެވެ. ޤާސިމުގެ ކޮއްކޮއާއި ދިހަ އަނބިންނަށް މަޤާމު ދޭންޖެހެއެވެ. ޗަމްޕާއަށް ފަޅުރަށެއް ދޭންޖެހެއެވެ. ޕާޓީގެ ފިކުރެއް އަސާސެއް ނުދައްނަ އާއިލާ މީހުނަށް މަޤާމުތައް ދޭންޖެހެއެވެ. ވަރަށް ބޮޑާވެފައިތިބޭ މި ފިކުރުގެ ވެރިންނަށް ޤާސިމާއި ޗަންޕާ ކައިރިން ސަލާން ޖަހައިގެން ނޫނީ ވެރިކަމަށް ނާދެވޭކަން ހަނދާނެއް ނުހުރެވެ.

ޕާޓީގެތެރޭގައި ވެސް އޮންނަނީ ވެރިންނާއި އާންމު މެމްބަރުންނާއި މެދު ތަފާތުކުރުމެވެ. އިދިކޮޅުގައި އޮންނައިރުވެސްމެއެވެ. ކުރީގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަދި މިހާރުގެ ނައިބު ރައީސް ޕާޓީގެ ފިކުރާއި ޚިލާފަށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރަން މަޖިލީހުގައި ވޯޓު ދިނެއެވެ. އެޅުނު ފިޔަވަޅެއް ނެތެވެ. މިހާރުގެ ޕީ.އެން.ސީގެ ޕީޖީ ލީޑަރު ކަމަށްވާ މޫސާ ސިރާޖު ވަޒީރުންނާއި މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑުކުރަން ވޯޓު ދިނެވެ. ޕާޓީގެ އަސާސްތަކާއި ފިކުރާއި ޚިލާފަށެވެ. އެއްވެސް ފިޔަވަޅެއް ނޭޅެއެވެ. ޕާޓީގެ ސެނެޓާއި އެއްވެސް މަޝްވަރާއެއް ނުކޮށް ޑިމޮކްރެޓްސްގެ ޖަލްސާތަކުގެ ކުރީ ސަފުގައި ޕީ.ޕީ.އެމް ގެ ލީޑަރޝިޕުން ބައިވެރިވިއެވެ. އެއްވެސް ފިޔަވަޅެއް ނޭޅެއެވެ. ނަމަވެސް ޕާޓީގެ އާންމު މެމްބަރަކު ޕީ.އެން.އެފްގެ ޖަލްސާއެއްގައި ބައިވެރިވެލާއިރަށް ޕާޓީއިން ކަނޑާލައެވެ.އަޅުގަނޑު ޕޯޑިއަމެއްގައި މި ވާހަކަ ދައްކާލާ އިރަށް ވެސް އެއްކަލަ ވެރިން މޭކަރައިގެން ފިޔަވަޅު އަޅާނެއެެވެ. އެ ވެރިންގެ ފެންވަރަކީ އެމީހުންނާއި ދެކޮޅަށް ޕީ.ޕީ.އެމް ޚަބަރުގެ ނަމުގައި ހަޖޫ ޖެހި ނޫސް ހެދި މީހުންނާއި އެކު މަސައްކަތްކުރަން މަޖުބޫރެވެފައި ވުމެވެ. މިހާރުގެ އިޤްތިސާދީ ވަޒީރު މިކަމަށް މިސާލަކަށް ފުދެއެވެ. އޭނާގެ ކާޓުނު ކުރެހި އަދި ފެތުރި މީހާއާއި ދެކޮޅަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ވެރިންގެ ފެންވަރެވެ.

ޕާޓިއެއް ވެރިކަމަށް އަންނަނީ ފަސް އަހަރު އިދިކޮޅުގައި އޮވެ ކުރާ ބުރަމަސައްކަތުންނެވެ. އާންމު މެމްބަރުންގެ މަސައްކަތުންނެވެ. އެ ފަސް އަހަރު ވެރިކަމުގައި އޮތް ޕާޓީތަކުގެ މެމްބަރުން އުކާ އޮށްގަލަށް ނުހަނު ކެތްކޮށްގެންނެވެ. ނަމަވެސް ވެރިކަމަށް އައިސް އެމީހުން ބާކީ ކޮށްލާފައި އެއްކަލަ އޮށްގާ އުކި މީހުން ކައިރި ކުރާ ފިކުރެއް މި ނޫނީ ނެތެވެ.

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް