ރަސްމާލެއެއްގެ ބަދަލުގައި ރާއްޖޭގެ އެހެން ސަރަހައްދެއް ތަރައްޤީކުރަން ހޭދަކުރާނަމަ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބައެއް އަދިވެސް ދަނީ ތަރައްޤީވަމުންނެވެ. ނިމޭނެ ދުވަހެއް ނޭގެއެވެ. ތިންވަނަ ފިޔަވަހި ދަނީ އެކި ފިޔަވަހިތަކަކަށް ބަހާލެވިގެން ލަސްލަހުން ނަމަވެސް ހިއްކަމުންނެވެ. މާލެ ވިލިމާލެ ބްރިޖާއި އަދި ދިހަ ބުރިއަށް އިމާރާތްކުރުމުގެ ހުއްދައާއިއެކު ވިލިމާލެއަށްވެސް ބަދަލުތަކެއް އަންނާނެއެވެ. ބްރިޖު ތިލަފުއްޓާއި ހަމައަށްގޮސް، ޕޯޓް ބަދަލުކުރުމުން، ވިޔަފާރިއަށްވެސް ބޮޑު ހެޔޮ ބަދަލެއް އަންނާނެއެވެ. ނަމަވެސް އެކަމުގެވެސް އަދާހަމައެއް ނެތެވެ. ގިރާވަރާއި ގުޅީފަޅުގެ މަސައްކަތްތައްވެސް ދަނީ ފިނިހަކަ ސްޕީޑުގައެވެ. ސަރުކާރުން ވެރިކަމާއި ހަވާލުވީ ބޯހިޔާވަހިކަމަކީ ހައްލު ހޯދައިދޭން އެންމެ އިސްކަމެއް ދޭނެ ކަންކަމުގައި ބުނަމުންނެވެ. ފެންނަ މަންޒަރު މިއާއި ކުޑަކޮށް ތަފާތެވެ. އިހަކަށްދުވަހު ނިމުނު ސްޕީލޭން ޓާމިނަލް ފުލްމޫން ރިސޯޓަށް ބަދަލުކުރަންވީމައި، ރިސޯޓުގެ ވެރިންނަށް ބަދަލުދޭން މައްސަލައެއް ނެތެވެ. ބަދަލާއިއެކު އިތުރު ފަޅުތަކެއް ދޭންވެސް ފަހަތަކަށް ނުޖެހޭނެއެވެ. ނަމަވެސް ގިރާވަރު ކުރިން ހެދި ޕްލޭނާއި އެއްގޮތަށް ހިއްކައިފިނަމަ، ޖެހިގެން އޮތް ރިސޯޓަށް އުދަގޫވެދާނެތީ، ބަދަލު ދޭން ޖެހިދާނެތީ، އެކަމެއް ވާކަށްނެތެވެ. ގުޅީފަޅާ ހަަމައިން ނިމޭ ބްރިޖް، ކޮންޓްރެކްޓަރުންނާއި ވާހަކަދައްކައިގެން ގިރާވަރާއި ހަމައަށް ގެންދަން އެއްބަސްވެވިއްޖެކަމުގެ އެއްވެސް އަދާހަމައެއް ނެތެވެ. ނަމަވެސް މާލެ އާއި ހުޅުލެ، ފުނަދޫ މަގުން މޮނޯރެއިލަކުން ގުޅާލުމަށް ބަޔަކާއި ހަވާލުކުރެވިއްޖެއެވެ. ދައުލަތުގެ މާލީ ހާލަތު ދަށްވެ، އިންޑިއާއަށް ދަށްކަން އޮތް ކްރެޑިޓް ފެސިލިޓީ ނުވަތަ ލޯނުން ބައެއް ދެއްކުން ފަސްކޮށްދިނުމަށް އެދުމަށްފަހު މިހާރު އެދެމުން ދަނީ އެ ފަސްކޮށްދިންބައިވެސް ހިލޭ އެހީއަކަށް ބަދަލުކޮށްދިނުމަށެވެ. މިހާލަތުގައި އަދި ރަސްމާލެ ކިޔާ އިތުރު ތަނެއް ހިއްކާ ކަނޑުއަޑިން ޓަނަލެއް އެޅޭނެތޯއެވެ

މިއާއިއެކު، ހުޅުމާލެއާއި ރަސްމާލެއިން ބިންތަކެއް ބޭރު ބަޔަކަށް ދީގެންނަމަވެސް، ނުވާވަރުން ހަމަ މިސަރަހައްދުގައި އިތުރު ބިމެއް ތަރައްޤީކުރުން މިވަގުތައް މުހިންމުތޯ ސުވާލު އުފެދެއެވެ. އަދި އެކަން އެގޮތަށްވެސް ނުވުމުން، އިތުރު ގޮތެއް ހޯދައިގެން ނަމަވެސް އެކަން ކުރެވޭތޯ އުޅެން ޖެހޭވަރު މިވަނީ ކީއްވެބާއެވެ. ބިން ހިއްކާނެ ފައިސާ ނެތްއިރު، ކަނޑުއަޑިން ބިއްލޫރި ހޮޅި އަޅާނެ ފައިސާވަކި ހޯދާނީ ކޮންތާކުންބާވައެވެ. މާލެ ސަރަހައްދަށް މީހުން ޖަމާކޮށް، ނުކަތައިގެން ނުކުންނަ އިޖްތިމާއީ އަދި އިޤްތިސާދީ މައްސަލަތަކުގެ ވާހަކަ ދައްކާ ދައްކާ ބާވެއްޖެ ނޫންތޯއެވެ. ރަސްމާލޭގެ ބަދަލުގައި، އިޤްތިސާދީ ގޮތުން މާލެ ސަރަހައްދާއި ވާދަކޮށްލެވޭވަރުގެ އެހެން ސަރަހައްދެއް ތަރައްޤީކުރުން މާ ރަނގަޅުވާނެ ނޫންތޯއެވެ. ވާދަވެރިކަން އިތުރުވުމަކީ ވިޔަފާރިތައްވެސް ކުރިއަރާނެ ކަމެކެވެ

ކުދި އަދި މެދު ފެންތީގެ ވިޔަފާރިތަކަށްވެސް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވިޔަފާރި ފުޅާކުރާނެ މާރކެޓްތައް ނެތުމެވެ. ރައްްޔިތުން ދިރިއުޅުމެއް ބިނާކުރަން ބަލާއިރު، މާލެއަށް ހިޖުރަކޮށް އުޅެން ޖެހެނީވެސް އުޅޭ ހިތަކުން ނޫނެވެ. އެތައް ޒަމާނެއްވަންދެން ސިޔާސަތުތައް ބައްޓަންކުރިގޮތުގެ ނަތީޖާއަކުން މަޖުބޫރުވެގެން މިތާ އުޅެނީއެވެ. އެހެން ސަރަހައްދެއް ތަރައްޤީކޮށްފިނަމަ، އެއީ ރައްޔިތުންނަށްވެސް ލިބޭ އިތުރު ޗޮއިސްއެކެވެ. ހަމަޤައިމުވެސް އެއް ސަރަހައްދެެއް ތަރައްޤީ ކޮށްލަކޮށްލާ އޮވެގެނެއް ޤައުމު ކުރިއެއް ނާރާނެއެވެ. އެހެންކަމުން، ސަރުކާރުން ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ރަސްމާލެއެކޭ އެކިޔާ ތަނެއް ތަރައްޤީކުރަން އެ ނެރޭ ފައިސާއެއް، ރާއްޖޭގެ އެހެން ސަރަހައްދެއް ތަރައްޤީކުރަން އިންވެސްޓް ކުރިއްޔާ ޤައުމުގެ ކުރިމަގަށް މާފައިދާކުރާނެ ނޫންތޯއެވެ. މާލެ ސަރަހައްދުގައި ވާވަރަށް ކަންކަން ފަށާ ނުނިމިފައި އެބަހުއްޓެވެ. އާކަމެއް ނުފަށާ އެކަންކަން ނިންމަން ހިފާލިއްޔާ މާ ރަނގަޅުވާނެނޫންތޯއެވެ

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް