މިނިވަންކަމުގެ އަސާސެއްގައި ރެނދުލައިފި

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއިން ކަނޑައެޅިފައިވާ އިމުގެ ތެރޭގައި ވިޔަފާރިކޮށް އޭގެން ނަފާ ހޯދުމީ ކޮންމެ ޤާނޫނީ ސަހްސަކަށްވެސް ލިބިގެންވާ ހައްޤެކެވެ. އަމިއްލަ ފަރުދަކަސް ކުންފުންޏަކަސް މެއެވެ. ޓެކްސްގެ ނިޒާމުގެ ތެރެއިން އެންމެންގެ ލާބައާއި މަންފާއަށް، އަސާސީ ޙިދުމަތްތަކެއް ދިނުމުގެ މަޤްސަދުގައި، ވިޔަފާރިތަކުގެ އާމްދަނީއިން ބައެއް ސަރުކާރުން ނަގައެވެ. ހަރަދުތަކާއި، ޓެކްސްތަކަށް ކަނޑާފައި، ބާކީ އޮންނަ ނަފަޔަކީ އެ ކުންފުންޏެއް ނުވަތަ ފަރުދެއްގެ ހައްޤެކެވެ. އެ ރައްކާކުރާނެ ތަނަކާއި އޭގެން ކުރާނެ ބޭނުމެއް ކަނޑައަޅާނީ އެބައެކެވެ. ފުރިހަމަ އިހްތިޔާރު އޮތެވެ. އޮންނަން ޖެހޭނެއެވެ.

އަދު ފަތުރުވެރިކަމުގެ ވިޔަފާރިއެވެ. ބުނަނީ އެންމެ ފަސްސަތޭކަ ޑޮލަރުކަމުގައެވެ. ބަހާނާއަކީ އެއީ މަހުޖަނުންކަމުގައެވެ. މިއީ ފޮތުގެ ބަނޑޭރިގަނޑު ދައްކާލާފައި، އެތެރޭގެ ސޮފްހާތައް ބުނެދޭ ތަފްސީލް އޮޅުވާލުމެވެ. ތެދެކެވެ. އެއީ މަހުޖަނުންތަކެއް ހިންގާ ވިޔަފާރިތަކެކެވެ. ފަސްކޮނެގެން، ވަޅަށް ފައިބައިގެން، ދާއޮހޮރުވައިގެން، ފުރާވަރަށް ގެނައި ފަތުރުވެރިކަމެވެ. އޭގެ މަންފާއިންނެވެ. ވިޔަފާރިކޮށްގެން، ނަފާހޯދައިގެން، އޭގެން އަތްމަތި ތަނަވަސްވުމީ ބޮޑު ކުށަކަށްވީ ކޮންއިރަކުބާވައެވެ. ރިސޯޓުތަކުން ޓެކްސްއާއި، މުވައްޒަފުންގެ ހަރަދުތަކާއި އަދި މުދާ ގަތުންފަދަ އެތައް ހަރަދެއްގެ ޒަރިއްޔާއިން މި އިޤްތިސާދަށް މިހާރުވެސް ޑޮލަރު ދޫކުރެއެވެ. އެކަނޑާފައި ވިޔަފާރި ނަފާއަށް ވަކި ގޮތެއް ހަދަން މަޖުބޫރުކުރުވުމީ ތިޔަ ހީކުރާވަރަށްވުރެ ބޮޑު ކަމެކެވެ.

ކަންބަޅިއެއްގެ ހެދުން ތުރުކުރައްވައިގެން، އެ ވިސްނައިދެނީ މިއީ މުއްސަދިންނާއި ފަގީރުންނާއި ދެމެދުއޮތް ހަނގުރާމައެއް ކަމުގައެވެ. ދެބައި ކޯޅެން ތިއްބަން އިސާހިތަކު ދެކޮޅު ހަފުސްކޮށްލާފައި ނޫނީ ހުއްޓާނުލާނެއެވެ. މިއަދު ފަސްސަތޭކައެވެ. މާދަމާ ހާހެކެވެ. އަނެއް ދުވަހު އެއަށްވުރެ ބޮޑެވެ. ރިސޯޓު ސަޕްލައިކޮށްގެން، ފީނަން އިރުޝާދުދީގެން އަދި ރިސޯޓުތަކުގައި މުނިފޫހިފިލުވައިދީގެން ޒުވާނުންނަށް ޑޮލަރުން އާމްދަނީ ލިބޭކަން ރޭކާލާ ހިސާބުން އެ ވިޔަފާރީގެ ނަފާވެސް މާރުކުރަން ބުނާނެއެވެ. ސަރުކާރަށް އެ ލިބެނީ ލައިސެންސެކެވެ. މިނިވަންކަމުގެ އަސާސަކާއި ކުޅެލުމުގެ ލައިސެންސެކެވެ. ދެން އަންނާނީ ކަންމަތީ ފިހާރައާއި ދިމާލަށް ނޫންކަމެއް ނޭގެއެވެ. އެއަށްފަހު އާންމު މީހާ އޭނާގެ ޖީބުން ހަރުދު ކުރާނެ ގޮތްވެސް ކަނޑައަޅާނީ ސަރުކާރުންނެވެ. މި ދެވެނީ އެވަރުގެ ލައިސެންސެކެވެ.

ބައެއް މީހުން ޖަދަލުކޮށް ބުނެއެވެ. އެމީހުން މުއްސަދިވީ މިޤައުމުގެ ރީތިކަމާއި ސާފުވައި ވިއްކައިގެންނެވެ. އެމަންފާއިން ބައެއް އަހަރުމެންނަށް ލިބެންޖެހޭނެއެވެ. ލިބެއެވެ. މިހާރުވެސް ދައުލަތަށް ވަންނަ ޓެކްސް އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ އެންމެ މުއްސަދި ފަނަރަ އިންސައްތައިންނެވެ. މީގެ އިތުރުންވެސް ސީއެސްއާރުގެ ދަށުން އެކުންފުނިތަކުން ރަށްރަށަށް އެތައްކަމެއް ކޮށްދެއެވެ. އޭގެ އިތުރުން އަމިއްލަ ހައިސިއްޔަތުންވެސް އެ ވިޔަފާރިވެރިން އެތައް ރައްޔިތުންނަކަށް އެހީވެދެއެވެ. މާލީ ތަނަވަސްކަން ލިބިފައިވުމީ އެވިޔަފާރިވެރިންގެ ފަރުދީ މިނިވަންކަން ގެއްލެންޖެހޭ ސަބަބެއްނޫނެވެ. ޤާނޫނު އަސާސީއިން ކަށަވަރުވާ ހައްޤުތައް ލިބެންޖެހޭނެއެވެ.

ކަންމަތީ ފިހާރައަށް މުދާގެނެސް ބަރުކުރަނީ އާންމުން ދިރިއުޅޭ ގެތައްވެސް ހުންނަ މަގުތަކުންނެވެ. ބައެއް ފަހަރު ހަނިމަގުތަކުގައި ޕިކަޕް ވައްދައިގެން މުދާ ބާލުވާއިރު ދަތިވެސްވެއެވެ. މާނައަކީ އެވިޔަފާރިތަކުން ނަފާ ހޯދަނީ އަހަރުމެންވެސް ބޭނުންކުރަން އޮތް މަގު ބޭނުންކޮށްގެން ކަމުން، ސަރަހައްދުގައި ހުރި ހުރިހާ ގެޔަކަށް އެމީހުން ޖިޒީ ދައްކަން ޖެހުން ތޯއެވެ. ނޫނެކެވެ. މިއީ ހަމަޖެހޭ ވިސްނުމެއް ނޫނެވެ. ސަރުކާރާއި ހަވާލުވެ ތިބި ބަޔަކަށް އިޤްތިސާދު މެނޭޖުކުރަން ނޭގުމީ އޭގެ ރޯޅި އަމިއްލަ ވިޔަފާރިތަކާއި ފަރުދުންނަށް ބާލަން ޖެހޭކަމެއް ނޫނެވެ. ހަޤީގަތަކީ މިއީ ފަރުދީ މިނިވަންކަމުގައި ލީ ރެނދެކެވެ. މި ރެނދު ފުޅާވެއްޖެނަމަ، މުޅި ބިނާ ވެއްޓުމުގެ ބިރު އެބައޮތެވެ.

ޤައުމަށް ވަންނަހާ ޑޮލަރަކަށް މިވަނީ ކިހިނެތް؟

ރަނގަޅެވެ. ބޭރުގެ ލޯނުތައް ދައްކަން ޑޮލަރު ބޭނުންވާނެ ކަން ދަންނަމުއެވެ. ނަމަވެސް އެކަން އިނގިތިބެ، ޑޮލަރުން ގަތް ޑްރޯނުތައް ކޮބައިތޯއެވެ. ރަސްމާލެ ހިއްކަން އެންދިހާ ތެލެއް ކޮބައިތޯއެވެ. މިއީ ހުސް އިސްރާފެވެ. އޭގެ ބަދަލުގައި ފަހަށް ރައްކާކުރިނަމަ، ލޯނުތައް ދައްކައިފައިވެސް ރައްޔިތުންގެ ލިމިޓާއި ނުކުޅެ ފަރުޖެހުނީހެވެ

<- އިތުރަށް ކިޔާލުމަށް

ހިޔާލު ފާޅުކުރުން. ހައްދެއްނެތި ލިބެންޖެހޭ މިނިވަންކަމެއްތަ

އަދު ރާއްޖޭއަށް ދިމާވެފައިވާ މައްސަލަ އަކީ ހައްޤުތައް ނެތުމުގެ މައްސަލައެއް ނޫނެވެ. ހައްޤުތައް ލިބިދިނުމާއި ހައްޤުތައް ހިފެހެއްޓުމުގެ އިން ކަނޑައެޅުމުގެ މައްސަލައެވެ. މިަކަމަށް ހައްލު ހޯދޭނީ މެދުމިނުމުގެ ވިސްނުމެއް އިޙްތިޔާރުކޮށް މަޝްވަރާގެ މޭޒު ދޮށުންނެވެ

<- އިތުރަށް ކިޔާލުމަށް

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް