ވެރިން ކުރާ ވައްކަމާއި ދެކޮޅޭ ކިޔާފައި، ހަމަ އެ ފައިސާއަށް ވޯޓު ވިއްކާނުލާށެވެ

ވައްކަމުގެ ފާހަގައެވެ. ރައްޔިތުންގެ ފައިސާއެވެ. ކުންފުނިތަކާއި ވުޒާރާތަކެވެ. ވަކިތަނެއް ވަކި ގިންތިއެއް ނެތެވެ. ވެރިން ކެވުނު ގޮތަކަށް ކަނީއެވެ. ދައުރު ހަަމަވުމުން ކުރިމަތިލަނީ މަޖިލީހަށެވެ. އަނެއް ފަސް އަހަރު ކާށެވެ. އެހެން މަޤާމެއްގައި ހުރެއެވެ. ކުރިން ކެއި ރައްޔިތުންގެ ފައިސާއިން، ރައްޔިތުންގެ އަތުން ވޯޓު ގަނެގެނެވެ. ނަމަވެސް  އެކަންވަނީ ރައްޔިތުން ވޯޓު ވިއްކާތީއެވެ

ހިތާމައިގެ ކޮޅެއްނެތެވެ. ދާއިރާގައި އުޅޭ ޑްރަގް ލޯޑަށްވެސް ވޯޓު ވިއްކާލަނީއެވެ. އެ ދިނީ ތިމާގެ ދަރިންނަށް މަސްތުވާތަކެތި ވިއްކައިގެން ހޯދި ފައިސާއެވެ. އެވަރަށް ފައިސާގެ ދަށުވީ ކޮންއިރަކުތޯއެވެ. މަސްތުވާތަކެއްޗާއި ދެކޮޅެވެ. ނަމަވެސް މަޖިލީހުގެ އެތައް ގޮނޑިއަކަށް އޭގެ ބޮޑުންނެވެ

އެފަދަ ވެރިންނަށް މޮޅުވާނީ ރައްޔިތުން ހާލުގައި ޖެހުނު ވަރެކެވެ. ކުޑައެތިކޮޅަކުން ގިނަ ވޯޓު ގަނެވޭނެތީއެވެ. ފުދިގެން އުޅޭ ރައްޔިތަކު ގަނެލަން ދަތިވާނެތީއެވެ. ވަގުތީ މަންފާއަކަށް ވިކުނު ވަރަކަށް، މުސްތަގުބަލު ވަނީ ބަނައެވެ. އިތުރަށް ވަނީ ފަގީރެވެ. ސަރުކާރު މިވަނީ ވަޒީފާ ޗާޕުކުރާ މެޝިނަކަށެވެ. އަމިއްލަ ވިޔަފާރިތަށް ފުޑާލާފައެވެ. ހަަމަ އެންމެ ބޭނުމަކުއެވެ. ގިނަ ބަޔަކު ވަޒީފާގެ އަޅުވެތިކަމުގައި ކަސްތަޅުއެޅުވުމެވެ. ގިނަ ބަޔަކު ތިބީ މި އަޅުވެތި ކަމަށްވެސް ރުހިގެނެވެ. އެހާ ނިކަމެތި ބަޔަކަށް ވީ ކޮންއިރަކުބާއެވެ

ނޫނެކޭ ބުނާށެވެ. އެއް ދުވަހުން ހައްލުވާނޭކޭ ނޫނެވެ. އެއް ދައުރުން ހައްލުވާނޭކޭވެސް ނޫނެވެ. ނަމަވެސް ބަދަލެއްގެ ފެށުން ގެނެވޭނީ ދިއްކޮށްލާ ސަތޭކައިގެ ނޯޓަސް ނޫނެކޭ ބުނާނެ ރައްޔިތަކު ހުރެގެންނެވެ. އެހެން މީހުން ހިފާތީ ހިފާކަށް ނުޖެހެއެވެ. އެހެން މީހުން ނަރަކައަށް ދާތީ ތިބާވެސް ނަރަކައަށް ދާހިތުން ފުންމާލާނަންތޯއެވެ. އެހެންމީހުން ކުރާތީ ކުރަނީއޭ ބުނަނީ ބަހަނާއަކަށެވެ. ހަވާނަފްސަށް އަޅުވެތި ވަނީއެވެ

އަޅުގަނޑުގެ ދާއިރާއަކީ މެދުހެންވޭރެވެ. ވަކާލާތުކުރީ މެމްބަރުންގެ ކޮމެޓީ އެލަވަންސް ކަނޑާލާށެވެ. މުސާރަ ކަނޑަައެޅުމުގެ ބާރު ދައުލަތުގެ އެހެން ބާރަކާއި ހަވާލުކުރާށެވެ. މެމްބަރުންގެ އަގު ބޮޑު ހެލްތް އިންސިއުރެންސް ބަދަލުކުރާށެވެ. މެމްބަރުންގެ މުސާރަ ކުޑަކޮށް، ކުރީގެ މެމްބަރުންގެ އިނާޔަތް ކަނޑާލާށެވެ. މެޑިކަލް ނެގްލިޖެންސްއިން ރައްޔިތުންނަށް ލިބޭ ގެއްލުމުގެ ބަދަލު ނަގައިދޭށެވެ. ވޯޓު ކަރުދާހުގައި ކަމުދާ ކެންޑިޑޭޓަކު ކުރިމަތިލާފައި ނެތޭ ބުނުމުގެ ހައްޤު ރައްޔިތު މީހާއަށް ހޯދައިދޭށެވެ. މިއިން ކަމަކީ ކޯއްޗެއްތޯ އަހާލާނެ މީހަކުވެސް ނުވިއެވެ. ގިނަމީހުން އަހަނީ އެއްޗެއް ދެވެން ނެތްތޯއެވެ. މިއަދު މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުން ވައްކަން ކުރާއިރު، މެދުހެންވޭރުގެ އަޑެއް ނެތެވެ. މިދާއިރާގެ ހައްޤުގައިވެސް އަޑުއުފުލަނީ އެހެން ދާއިރާތަކެވެ. އިބުރަތެކެވެ. ފައިސާގެ އަޅުވެތިކަމުން މިންޖުވެ، އަމިއްލަ ބާރުވެރިކަން ހޯދާށެވެ. ވެރިން ކުރާ ވައްކަމާއި ދެކޮޅޭ ކިޔާފައި، ހަމަ އެ ފައިސާއަށް ވޯޓު ވިއްކާނުލާށެވެ. މިއީ ތިހުރިހައި ދާއިރާތަކެއްގެ ރައްޔިތުންނަށްވެސް ދޭ ހެޔޮ ނަސޭހަތެކެވެ

Leave a Comment

Your email address will not be published. Required fields are marked *

ޤައުމަށް ވަންނަހާ ޑޮލަރަކަށް މިވަނީ ކިހިނެތް؟

ރަނގަޅެވެ. ބޭރުގެ ލޯނުތައް ދައްކަން ޑޮލަރު ބޭނުންވާނެ ކަން ދަންނަމުއެވެ. ނަމަވެސް އެކަން އިނގިތިބެ، ޑޮލަރުން ގަތް ޑްރޯނުތައް ކޮބައިތޯއެވެ. ރަސްމާލެ ހިއްކަން އެންދިހާ ތެލެއް ކޮބައިތޯއެވެ. މިއީ ހުސް އިސްރާފެވެ. އޭގެ ބަދަލުގައި ފަހަށް ރައްކާކުރިނަމަ، ލޯނުތައް ދައްކައިފައިވެސް ރައްޔިތުންގެ ލިމިޓާއި ނުކުޅެ ފަރުޖެހުނީހެވެ

<- އިތުރަށް ކިޔާލުމަށް

ހިޔާލު ފާޅުކުރުން. ހައްދެއްނެތި ލިބެންޖެހޭ މިނިވަންކަމެއްތަ

އަދު ރާއްޖޭއަށް ދިމާވެފައިވާ މައްސަލަ އަކީ ހައްޤުތައް ނެތުމުގެ މައްސަލައެއް ނޫނެވެ. ހައްޤުތައް ލިބިދިނުމާއި ހައްޤުތައް ހިފެހެއްޓުމުގެ އިން ކަނޑައެޅުމުގެ މައްސަލައެވެ. މިަކަމަށް ހައްލު ހޯދޭނީ މެދުމިނުމުގެ ވިސްނުމެއް އިޙްތިޔާރުކޮށް މަޝްވަރާގެ މޭޒު ދޮށުންނެވެ

<- އިތުރަށް ކިޔާލުމަށް

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް