ފައިސާއަށް ކިޔުމާއި އަނބުރާ ނުދިނުމުގެ އާދަ

އާދަކާދައިގެ ގޮތުން ކާބަފައިންގެ ނަން ލިޔެވިފައިވަނީ ހިތްހެޔޮ، އޯގާތެރި އަދި މެހެންދާރީ އަދާކުރުމުގައި ދެވަނައެއް ނެތް ބައެއްގެ ގޮތުގައެވެ. ދިރިއުޅުން ބައްޓަންކޮށްފައިވަނީ ވަރަށް ސާފު ސީދާކޮށް ފުދިގެން އުޅެވޭނެ ގޮތަކަށެވެ. އޭރުވެސް ދިރިއުޅުމުގެ ދަތިތައް ހުންނާނެއެވެ. ނޭދެވޭ އުޅުމެއްގެ މަދު މީހަކު ނޫޅޭނެ ވާހަކައެއް ނޫނެވެ. ކޮންމެ މުޖުތަމައު އެއްގައިވެސް، ކޮންމެ ޒަމާނެއްގައި ވެސް، އެފަދަ މީހުން އުޅޭނެއެވެ. ނަމަވެސް މުޖުތަމައުގެ ސިފަ ބަޔާން ކުރާނީ އަގްލަބިއްޔަތުގެ އުޅުމަށް ބަލާފައެވެ

ޒަމާނާއިއެކު ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެއްޖެއެވެ. ކެއުން ބުއިމާއި، ގެންގުޅޭ ތަކެއްޗާއި، ލާ އަންނައުނު ތިޔާގިވެ، ޒަމާނީވެއްޖެއެވެ. ނަމަވެސް އާދަކާދައިގެ ގޮތުން މުޖުތަމައުގެ ސިފަ ދަނީ ފަހަތަށޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ހަމަ ގައިމުވެސް މިއަދު އެންމެ ފާހަގަކޮށްލެވޭ ސިފަ އަކީ މުޅި މުޖުތަމައު ދަރަނީގައި ގަރަގުވެފައިވުމެވެ. ވެރިއެއް އާންމު ފަރުދެއް ތަފާތެއް ނެތެވެ. އެހެނީ ވެރިން އުފެދޭނީ ފަރުދުންގެ ތެރެއިންނެވެ. ވެރިންގެ ހުންނާނީ މުޖުތަމައުގެ އަގްލަބިއްޔަތު ނަކަލުކުރާ ފަދަ ސިފަތަކެވެ

ބޭންކްތަކުން ދަރަނި ނަގަނީއެވެ. ފޯނާއި ދުއްވާ ސައިކަލުވެސް ދަރަނީގައެވެ. ރަހްމަތްތެރިންނާއި އާޢިލާ އަތުންވެސް ދަރަނި ނަގަނީއެވެ. ކައިވެނި ހަފްލާ ބާއްވަނީވެސް ދަރަނީގައެވެ. ކޮފީ ބޯން ދަނީވެސް ދަރަނީގައެވެ. ދަރަނީގެ ގޮތުގައި ނަގައިގެން އަދި ފަރަކުނުޖެހެއެވެ. އޭގެ ބޭރުންވެސް ފައިސާއަށް ކިޔަނީއެވެ. ސިގިރޭޓް ގަންނަންވެސް ފައިސާއަށް ކިޔަނީއެވެ. ފަހުން ދޭ ގޮތަކަށް ނޫނެވެ. ހަމަ ‘ހިލޭ އެހީގެ’ ގޮތުގައެވެ. ފަހުން ދޭނަމޭ ބުނެ ނެގި ފައިސާ އަނބުރާ ހޯދަން ގުޅައިފިއްޔާ އެމީހަކު އެ ގޯސްވީއެވެ. ދިން މީހާގެ އަތްމަތި ދަތިވިޔަސް ވަރިހަމައެވެ. ބޭންކަށް ދައްކަން އޮތް ލޯނު ދައްކަނީކީ ނޫނެވެ. އިންޓްރެސްޓާއި ޖޫރިމަނާތައް އަރާނެކަން އިނގިހުރެ ނެގި ލޯނެކެވެ. ނަމަވެސް އެރީމައި ނުދައްކަން ބޭންކް ގޯސްކުރަނީއެވެ. ރިބާ ކަނީއޭ ކިޔާ ބަވަނީއެވެ. ރިބާކަން އިނގިހުރެ ލޯނު ނެގިއިރު ހަރާމެއް ހަލާލެއް ނުބަލައެވެ

ވެރިންގެ ހާލަތުވެސް މިފަދައެވެ. އެހީދޭން ތިބި ޤައުމުތަކުގެ ވެރިންގެ ގާތުގައި ބުނެ ކިޔައިގެން ‘ހިލޭ އެހީ’ ހޯދަނީއެވެ. ޤައުމުތަކުންނާއި ދުނިޔޭގެ މާލީ އެކި އިދާރާތަކުން ލޯނު ނަގަނީއެވެ. ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ދޮގާއި މަކަރު ހަދައިގެންނެވެ. ފައިސާ ލިބުމުން ބޭނުންކުރަނީ ސިޔާސީންގެ މުސާރަ ހަމަޖައްސާށާއި، އަމިއްލަ ޖީބު ތިޔާގިކުރާށެވެ. އަނެއްކާވެސް އަހަރެއް ކޮށްފައި ހަމަ އެޕްރޮޖެކްޓަށް ފައިސާ ހޯދަން އެވެރިން ގާތަން ނާޅީ ހިފައިގެން ދަނީއެވެ. އެފަރާތްތަކުން ސަރުކާރަށް ކުރާ އިތުބާރު ކުޑަވެ، ސަރުކާރަށް ނުދޭން ފެށުމުން، ސަރުކާރު ކުންފުނިތަކުގެ ނަންމަތީގައި އެކި މަޝްރޫއުތައް ހިންގަން ކަމަށްބުނެ ފައިސާ ހޯދަނީއެވެ. އަނބުރާ ލޯނު ދައްކަން ޖެހޭ ވަގުތު އައީމައި، ފަސްކޮށްދޭށާއި މާފުކޮށްދޭން ގޮވަނީއެވެ. ކުދި ޤައުމުތަކަށް ދޭއިރު އިންޓަރެސްޓް ރޭޓް ކުޑަވާންޖެހޭނޭ ކިޔާ ބައިންލަގްވާމީ ޕޯޑިއަމްތަކުގައި ބޮޑާދައްކަނީއެވެ

ކަމަކު ޖެހިދާނެއެވެ. ލޯނެއް ނުވަތަ އެހީއެއް ގާތް މީހެއްގެ އަތުން ނަގަން ޖެހިދާނެއެވެ. ނަމަވެސް އޭގެ މާނައަކީ މުޅި ދިރިއުޅުން އޭގެ މައްޗަށް ބިނާކުރުމެއް ނޫނެވެ. ލިބޭ މިންވަރަށް އީމާންވެގެން އުޅުމީ ދީނުގައިވެސް އަންގަވާފައިވާ ގޮތެވެ. ފައިސާއަށް ކިޔުމުގެ އާދަ އަށަގަނެ ހައްދުފަހަނަ އެޅި މިންވަރަކީ ގިނަ މީހުން ކޮންމެވެސް މީހެއްގެ ދަށުވެފައިވުމެވެ. ރައްޔިތުމީހާ ކޮންމެވެސް ސިޔާސީ މީހެއްގެ ދަށުވެފައެވެ. އޭނަ އެއްޗެއް ދިއްކޮށްލާތޯ ފައިބުޑަށް ވެއްޓިފައެވެ. ސިޔާސީ މީހާ ކޮންމެވެސް ވިޔަފާރިވެރިއެއް ދަށުވެފައެވެ. ވިޔަފާރިވެރިޔާ ފައިސާ ފޮއްޗެއް ދިނިއްޔާ ނޫނީ ރައްޔިތުމީހާގެ ވޯޓު ގަނެގެން މަޤާމު ދެމެހެއްޓޭނެ ގޮތެއް ނެތެވެ. ވެރިންގެ ގޮތުގައި ތިބި މީހުން ޤައުމު ހިންގަން ކޮންމެވެސް އެހެން ޤައުމެއްގެ އެހީއާއި ލޯނަށް ބަރޯސާވެފައެވެ

ހަޤީގީ މިނިވަންކަމުގެ އިހްސާސް ކުރެވޭނީ މާލީ ގޮތުން ރައްޔިތުމީހާ މިނިވަންވި ދުވަހަކުންނެވެ. އެ މިނިވަންކަން ހޯދަން އެޅޭނެ ފުރަތަމަ ފިޔަވަޅަކީ ލިބޭ މިންވަރަށް ޝުކުރުވެރިވެ، ހަލާލު ގޮތުގައި ލިބޭ އާމްދަނީއިން ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމެވެ. މާލީ މިނިވަންކަމުގެ އިހްސާސް ނުވާ ރައްޔިތަކަށް ޤައުމު މިނިވަންކަމާއި އަމިއްލަ ވަންތަކުގެ މުހިންމުކަން ވަޒަނެއްނުކުރެވޭނެއެވެ. ވެރިންނަށްވެސް ވަނީ އެހެނެވެ

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް