ޔަހޫދީ ޕާސްޕޯޓު މަނާކުރުން: ވޯޓު ވިއްކި މީހުންވެސް، ވިއްކައިގެން ހޮވުނު މެމްބަރުންވެސް ބަހަބަރު

2024 ވަނަ އަހަރުގެ ރޯދަމަހެވެ. ޔަހޫދީ ޕާސްޕޯޓް މަނާ ނުކޮށްގެން ލިޔުމެއް ޝާއިރުކުރީމެވެ. މީހަކު ކޮމެންޓުކުރިއެވެ. އަދި ތިކަން ނުވެގެން އުޅޭ ވަރެއް ނުވޭނޫންހެއްޔެވެ. އަދިވެސް ނުވެއެވެ. މާބޮޑަށްވެސް ލަސްވެއްޖެއެވެ. 2021 ވަނަ އަހަރު އޭރު މެދުހެންވޭރުގެ މެމްބަރު އަލީ އާޒިމްއަށް ސިޓީ ފޮނުވީމެވެ. 2023 ވަނަ އަހަރު ސިޓީ ފޮނުވީމެވެ. އަޑުނާހާނެކަން އިނގޭނަމަވެސް ކުރެވެން އޮތް ކަމެއް ކުރާށެވެ. އެންމެ ފަހުން ނިންމީ މިފަދަ އެތައް ކަމެއްގެ ހައްޤުގައި އަޑުއުފުލަން އަމިއްލަ އަށް މަޖިލީހަށް ކުރިމަތި ލުމަށެވެ. ކަމަކުނުދިޔައެވެ. ފައިސާ ނުބަހާތީއެވެ. އަނެއްކާވެސް ދާއިރާއިން ހޮވީ ވޯޓު ވިއްކާލާފަ ބަހަބަރު މެމްބަރެކެވެ.
މިއީ އެތައް ދާއިރާއެއްގެ ހާލަތެވެ. ފަލަސްތީނުގެ ހައްޤުގައި ދިވެހިންނަށް ކުރެވެން ހުރީ މަދުކަމެކެވެ. ނަމަވެސް ސައިކަލު ބުރަކުން ނިންމާލާކަށް ނުޖެހެއެވެ. މުޅި ބައިނަލަޤްވާމީ ދުނިޔެއަށް މެސެޖެއް ދެވޭވަރު ކަންކަން ކުރެވޭނެއެވެ. ޔަހޫދީ ޕާސްޕޯޓު މަނާކުރިއަސް އެމީހުން އެހެން ޕާސްޕޯޓުތަކުގައިވެސް އެތެރެވެދާނެއެވެ. އެކަން އެކީ ނުހުއްޓުވިދާނެއެވެ. ނަމަވެސް މިދައްކަނީ ކުރެވެން އޮތްކަމެއް ކުރާ ވާހަކައެވެ. ކުރެވެން އޮތް ގޮތަކަށެވެ. ޔަހޫދީއަކު ރާއްޖޭގެ ރަށަކަށް އައިސް ޔަހޫދީ ދިދައެއް ހިފައިގެން އެބުރުނަސް ކުރެވޭނެކަމެއް ނެތެވެ. ރައްޔިތުން ނުކުމެ ކަމެއްކޮށްފިނަމަ ގޯސްވާނީ ރައްޔިތުމީހާއެވެ. އެ ޔަހޫދީ މީހާ ކުއްވެރިއެއް ނުވެއެވެ. ޤާނޫނުތައް ހުރިގޮތުންނެވެ. ނަމަވެސް އެފަދަ ކަމެއްވެސް ނުކުރެވޭނެހެން، ޔަހޫދީ ނިރުބަވެރިންގެ ހައްޤުގައި އެއްވެސް ޝިއާރެއް މި ފަސްގަނޑުގައި ފާޅުކުރުމީ ޤާނޫނީ ކުށަކަށްހަދަންވެސް ވަކާލާތުކުރީމެވެ. ރައްޔިތުން ބަލައެއް ނުގަތެވެ. މިފަދަ އެތައް ކަމެކެވެ. މިލިޔުމާއެކު ވާ ތަސްވީރުގައި އޭގެ ހެކިފެންނާނެވެ. މި ބްލޮގް ހާވަލާނިކޮށް ކޮށްފައިހުރި މަސައްކތްތައް ފެންނާނެއެވެ.
ބޮޑެތި ނަސާރާ ދައުލަތްތަކުގެ މަޖިލީހުގައިވެސް ފަލަސްތީނުގެ ހައްޤުގައި އެބަ އަޑުއުފުލައެވެ. އިޓަލީގެ މަޖިލީހުގައި އެތައް ފަހަރަކު ފަލަސްތީނުގެ ދިދަ ވިހުރުވާލައިފިއެވެ. އަޔަލޭންޑްގެ މަޖިލީހުން އެވަރަށް މަސައްކަތްކުރެއެވެ. ދިވެހިން ވޯޓު ވިއްކައިގެން ހޮވި މަޖިލިސް ބަހަބަރެވެ.

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް