ޕެޓިޝަންގެ މަޤްސަދު

2023 ވަނަ އަހަރުގެ ފަހުކޮޅެވެ. ޕެޓިޝަނެއްގެ މަސައްކަތް ކުރަން ހިތުލައިގެން، ކުރިން މަޖިލިސް މެމްބަރުކަން ކޮށްފައި ހުރި ބޭފުޅެއް ކައިރިން ހިޔާލަށް އަހާލީމެވެ. ޖަވާބަކަށްވީ، ތިމަންނަ މެމްބަރަކަށް ހުރިއިރު، ޕެޓިޝަން ކޮމެޓީގައިވެސް އުޅުނީމެވެ. ރައްޔިތުން ފޮނުވާ ގިނަ ޕެޓިޝަންތައް ލަނީ ޑަސްބިނަށެވެ. އެނާ ހުރީ އަލުން މަޖިލީހުގައެވެ. އަޅުގަނޑު ބުނަން މިއުޅޭ ވާހަކަ އަކީ، ޕެޓިޝަނެއްގެ މަަސައްކަތް މިފެށީ މިއީ ކިހާވަރެއްްގެ ކަމެއް ކަމާއި، މެމްބަރުން މިއާއި މެދު އަމަލު ކުރާނެ ގޮތް އިނގިހުރެކަމެވެ

ޕެޓިޝަންގެ މަޤްސަދަކީ، މިހާރު މަޖިލީހުގައި ތިބި މެމްބަރުންގެ ފަރާތުން ކަމެއް އިސްލާހު ވެދާނެކަމަށް ކުރެވޭ އުއްމީދެއް ނޫނެވެ. ނަމަވެސް ރައްޔިތުން ބަދަލަކަށް ބޭނުންވެފައިވާ މިންވަރު، އެންމެނަށް ހާމަކޮށްލެވޭނެ ފަދަ ޕްލެޓްފޯމެއް ފަހިކޮށްދިނުމެވެ. އެންމެން މިކަމާއި މެދު ދެކޭ ގޮތް ހާމަވުމެވެ. ހަމަ ޤައިމުވެސް އެއީ މިކަން ކުރަން ތިބި ބަޔަކަށް ހިތްވަރެކެވެ. ވަރަށް ދުވަހު ބަލަހައްޓައިގެން ތިބެވިއްޖެއެވެ. ޕެޓިޝަންގައިވާ ކަންކަމަކީ ކުރަން ލަސްވެސްވެފައިވާ ކަންތައްތަކެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެވެއެވެ. ނަމަވެސް ބަދަލުގެ ފެށުން އަންނާނީ ކިހިނެތްތޯ އެންމެންވެސް ތިބީ ސުވާލެއްގައެވެ. މި ޕެޓިޝަނަކީ އެ ސުވާލުގެ ޖަވާބެވެ. މިއީ ފެށުމެކެވެ. އެއްވެސް ހާލެއްގައި އެއްދުވަހުން ހުރިހާ ކަމެއް ބަދަލުވާނެކަމުގެ ބިލާހެއްނޫނެވެ. ވަގުތު ނަގާނެއެވެ. ނަމަވެސް ވާނެއެވެ. ވާއިރު އަޅުގަނޑު އެދެނީ، މިއީ ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުމާއި އެކު އައި ބަދަލަކަށް ވާށެވެ

ނަތީޖާއެއް ނެރެވޭނެތޯ ބައެއް މީހުން ސުވާލު ކުރެއެވެ. ނަތީޖާ މިހާރުވެސް ފެންނަންވެސް ފަށައިފިއެވެ. ސުޕަ މެޖޯރިޓީގެ ޕީޖީ ލީޑަރަށް ކެތްނުވެގެން، މުސާރަ ކުޑަކޮށްފިނަމަ މަޖިލީހަށް ހޮވެން ރިޝްވަތުގެ ގޮތުގައި ފައިސާ ބަހަން ހޯދި ބައި އަނބުރާ ދައްކާނެ ގޮތެއް ނޯއްނާނެތީ އެކަމަށް އެއްބަސްވެވެން ނެތްކަމުގައި ބުނެވިއްޖެއެވެ. އެހެން މެމްބަރުންނަށްވެސް ވަރަށް އަސަރުކޮށްފިއެވެ. ވެރިން ތުރުތުރު އަޅައިފިއެވެ. މިހާރުވެސް ހާހެއްހާ މީހުން ޕެޓިޝަންގައި ސޮއިކޮށްފިއެވެ. އެއީ މަޖިލީހަށް ހޮވިފައި ތިބި ބައެއް މެމްބަރުންނަށް ލިބުނު ވޯޓަށްވުރެ ގިނަ އަދަދެއްގެ ސޮއިއެވެ

ބައެއް މީހުން ފާޑުކިޔާފައި ބުނެއެވެ. މުސާރަ ކުޑަކޮށްފިނަމަ، އެމީހުން ވައްކަންކޮށްގެން ވެސް އިތުރަށް ފައިސާ ހޯދާނެއެވެ. ޖަވާބަކީ، އެމީހުންނަށް ބޮޑު މުސާރަ ދޭންވީ ވައްކަން ކޮށްފާނެތީތޯއެވެ. ޖަލުގައި ތިބި ކުށްވެރިންނަށްވެސް ކުށް ތަކުރާރު ކޮށްފާނެތީ ބޮޑު މުސާރައެއް ދޭންވީތޯއެވެ. ބޮޑު މުސާރަ ދިނަސް ވައްކަން ކުރުމާއި ކޮރަޕްޝަން އެބަ ހުއްޓުވޭތޯއެވެ. ދައުރަކަށްވުރެ ދައުރެއް އެމީހުންގެ ޑިމާންޑްތައް ވަނީ ގިނައެވެ. ކޮންމެ މެމްބަރަކަށް ސަރުކާރު ކުންފުނިތަކުން އެމީހުން ބޭނުންވާ ބަޔަކަށް ވަޒީފާ ބަހަން ސޮލްޓްތަކެެވެ. ބޯހިޔާވަހިކަމަށް ފްލެޓް އަޅައިފިއްޔާ، އެ ޖެހުނީ މެމްބަރުން ގާތް މީހުންނަށް ބަހާށެވެ. ސަރުކާރު ހިންގާ މަޝްރޫއުތަކުން ބައި އަޅަން ޖެހެއެވެ. ބޮޑު މުސާރަ ދިނަސް މި މުސީބާތުން ސަލާމާތް ނުވެއެވެ. ވީމާ މި އުޒުރު ބަލައިގަނެވޭކަށް ނެތެވެ

އަނެއް ބަޔަކު ބުނެއެވެ. އެވެނި މިވެނި ކަމެއް އަދި މާ މުހިންމު އެބައޮތެވެ. ކުރީގެ ރައީސުންގެ އިނާޔަތްތައް ކަނޑާލަންވީއެވެ. މެމްބަރު ކަމަށް ހޮވުނު މީހާ ކަމުނުދާތީ ބޭރު ކުރެވޭނެ ގޮތް ހަދަން ޖެހެއެވެ. ހުސް މުހިންމު ކަންކަމެވެ. ކުރަން ލަސްވެފައިހުރި ކަންކަމެވެ. ނަމަވެސް އެއްފަހަރާ ހުރިހާ ކަމެއްވެސް ނުވާނެތާއެވެ. އެންމެ ފުރަތަމަ މި ބަލަނީ މުސާރަ ކުޑަކޮށް، ސަހަލު ބަޔަކު މެމްބަރުންގެ ގޮތުގައި ހޮވުމަށް މަގުފަހި ކުރެވޭތޯއެވެ. އެއަށްފަހު އެ މެމްބަރުން މެދުވެރިކޮށް ރާސްލާފައި އެތައް ބަދަލެއް ގެނެވޭނެއެވެ

ދެން އޮތީ ޕެޓިޝަނަށްފަހު ކުރެވޭނީ ކޮންކަމެއްތޯއެވެ. މަޖިލިސް ހުޅުވުމުން ޕެޓިޝަން މަޖިލީހަށް ފޮނުވާނަމެވެ. އުއްމީދެއްގައެއް ނޫނެވެ. ނަމަވެސް ކޮމެޓީއާއި ހަމައަށް ގޮސް ބަހުސްކޮށްލިއަސް އެއީ ވަރަށް ބޮޑުވަރެކެވެ. އެއަށްފަހު ވަކިވަކި މެމްބަރުންނަށް މީސްމިޑާ އަދި ސިޓީގެ ޒަރިއްޔާއިން ޕްރެޝަރ ކުރަން ފަށާނަމެެވެ. ޖަވާބެއް ދިން މެމްބަރުންނާއި ޖަވާބެއް ނުލިބުނު މެމްބަރުން ހާމަކުރާނަމެވެ. އެމީހުން ޒިންމާދާރު ކުރުވުމީ އެމީހުން ހޮވި ބައެއްގެ ޒިންމާއެކެވެ. އަޅުގަނޑުގެ އެކަނި ޒިންމާއެއް ނޫނެވެ. ދެން އޮތީ މިކަމަށް އެއްބަސް ނުވާ މެމްބަރުންނާއި އެކު ލައިވްކޮށް ބަހުސް އަކަށް އަރަން ގޮވާލުމެވެ. އެމީހުންނަކަށް ނުކެރޭނެއެވެ. ހޮވިފައި ތިބި މެމްބަރުންގެ ފިނޑިކަންވެސް މުޅި ޤައުމަށް ހާމަވީއެވެ. އެންމެ ޕެޓިޝަނަކުން އެވަރުވެސް އެއީ ހަމަ ނަތީޖާއެއް ނޫންތޯއެވެ

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް