ރައްޔިތުންގެ މަޖިލީހެއް އޮތްނަމަ މިއަދު އިހްސާނާއި އަމީން އިތުބާރު ނެތްކަމަށް ވޯޓު ނަގާ މަޤާމުން ދުރުކުރީހެވެ.

ރައްޔިތުންގެ ހާދިމުންގެ ގޮތުގައި، ރައްޔިތުން ތަމްސީލް ކުރަން، ބޮޑު މުސާރަ ދީފައި ތިބެނީ ކަމަކުއެވެ. އެމީހުންގެ އެންމެ ބޮޑު ޒިންމާ އަކީ ސަރުކާރާއި މުއައްސަސާތައް ޒިންމާދާރު ކުރުވުމެވެ. އެކަމުގައި ފެއިލްވާ ހިސާބުން ހުރިހާ ކަމެއް ގޯހުން ގޯހަށް ދެއެވެ. ވެރިންނަށް އެމީހުން ކޮންމެ ކަމެއް ކޮށްފައިވެސް މަޤާމުގައި ހުރެވޭނެކަމުގެ ޔަގީންކަން އޮވެއެވެ. ކުރިން ހިނގި ސަފާރީ ރޭޕްކޭސް، މިއަދު ހިނގައިގެން މި އުޅޭ ކަމާއި، ކުރިން ހިނގިހާ ބޮޑެތި ވައްކަންތައްވެސް ނުބެލި ވަނީ އެކަން ނުބެލިއަސް ކުރެވޭނެ ކަމެއް ނެތް ކަން ވެރިންނަށް އިނގޭތީއެވެ. ގިނަ ކަންކަން ހިނގާވެސް މެމްބަރުންގެ ބައިވެރިވުން އޮވެގެނެވެ

ހުރިހާ ސިޔާސީ މީހުންގެ މުސާރަތައް ވެސް ކުޑަކުރަންވީއެވެ. ޤަބޫލެވެ. ނަމަވެސް ހުރިހާކަމެއްގެ ފެށުން އަންނަނީ މެމްބަރުންނާއި ހަމައިން ކަމުން، ފުރަތަމަ މި މަސައްކަތްވެސް ފެށީ އެމީހުންނާއި ހަމައިންނެވެ. ބޮޑު މުސާރަ ލިބޭއިރު އެވަރު ނުފުދިގެން، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ފްލެޓެއް އަޅާލިޔަސް އޭގެންވެސް ބައެއް އެމީހުންގެ އާއިލާތަކަށް ދޭންޖެހެއެވެ. ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ބައެއްވެސް އެމީހުންނަށް ދޭންޖެހެއެވެ. އެމީހުންގެ ގާތް މީހުންނަށް ކުންފުނިތަކުން ވަޒީފާދޭންވެސް ޖާގަ ހަދަން ޖެހެއެވެ. މިކަން ނިމުމަކަށް އަންނަން ޖެހެއެވެ. އަމާޒަކީ މެއި މަހުގެ މެދު ތެރޭގައި މި ޕެޓިޝަން މަޖިލީހަށް ހުށަހެޅުމެވެ

ޕެޓިޝަނަށް ވަނީ 2000 އާއި ގާތްކުރާ އަދަދަކަށް ސޮއި ލިބިފައެވެ. ނަމަވެސް އޮންލައިން ކޮށެވެ. އޮންލައިން އެއްޗެއް ޤަބޫލު ނުކުރާނަމޭ ކިޔާ މި ޕެޓީޝަން ބޭރުކޮށްލުމުގެ ކަންބޮޑުވުން އެބައޮތެވެ. އަދި އެތައް ބަޔަކު ދަނީ ޕެޓިޝަންގެ ކަރުދާހުގައި ސޮއި ކުރެވޭނެ ގޮތް ހަދައިދިނުމަށް އެދި މެސެޖުކުރަމުންނެވެ. އެހެންކަމުން، މި ޕޭޖުން ސޮއި ކުރާ ގަނޑު ލިބޭނެއެވެ. ސޮއި ކުރުމަށްފަހު ޕޭޖަށް ފޮނުވައިދޭށެވެ. އެކަކުގެ ސޮއިވިޔަސް، ފަސް މީހުންގެ ސޮއިވިޔަސް އަދި ސަތޭކަ ސޮއި ވިޔަސް ވަރިހަމައެވެ. ކޮންމެ ސޮއި އަކީވެސް ވަރުގަދަ މެސެޖެކެވެ

ޕެޓިޝަން ޑައުންލޯޑް ކުރެއްވުމަށް:

މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަން

އޮންލައިންކޮށް ސޮއި ކުރަން ބޭނުންވާ ފަރާތްކަށް އަދިވެސް އެ ފުރުސަތު އޮންނާނެއެވެ. ތިރީގައިވާ ކޯޑު ސްކޭން ކޮށްލައިގެން ސޮއި ކުރާ ޕޭޖަށް ދެވޭނެއެވެ

Leave a Comment

Your email address will not be published. Required fields are marked *

ޤައުމަށް ވަންނަހާ ޑޮލަރަކަށް މިވަނީ ކިހިނެތް؟

ރަނގަޅެވެ. ބޭރުގެ ލޯނުތައް ދައްކަން ޑޮލަރު ބޭނުންވާނެ ކަން ދަންނަމުއެވެ. ނަމަވެސް އެކަން އިނގިތިބެ، ޑޮލަރުން ގަތް ޑްރޯނުތައް ކޮބައިތޯއެވެ. ރަސްމާލެ ހިއްކަން އެންދިހާ ތެލެއް ކޮބައިތޯއެވެ. މިއީ ހުސް އިސްރާފެވެ. އޭގެ ބަދަލުގައި ފަހަށް ރައްކާކުރިނަމަ، ލޯނުތައް ދައްކައިފައިވެސް ރައްޔިތުންގެ ލިމިޓާއި ނުކުޅެ ފަރުޖެހުނީހެވެ

<- އިތުރަށް ކިޔާލުމަށް

ހިޔާލު ފާޅުކުރުން. ހައްދެއްނެތި ލިބެންޖެހޭ މިނިވަންކަމެއްތަ

އަދު ރާއްޖޭއަށް ދިމާވެފައިވާ މައްސަލަ އަކީ ހައްޤުތައް ނެތުމުގެ މައްސަލައެއް ނޫނެވެ. ހައްޤުތައް ލިބިދިނުމާއި ހައްޤުތައް ހިފެހެއްޓުމުގެ އިން ކަނޑައެޅުމުގެ މައްސަލައެވެ. މިަކަމަށް ހައްލު ހޯދޭނީ މެދުމިނުމުގެ ވިސްނުމެއް އިޙްތިޔާރުކޮށް މަޝްވަރާގެ މޭޒު ދޮށުންނެވެ

<- އިތުރަށް ކިޔާލުމަށް

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް