ކައުންސިލް ތަކުގެ ޒިންމާއަކީ ކޮބައިތޯ

މައި ސަރުކާރަކަށް ހުރިހާކަމެއް ނުކުރެވޭނެއެވެ. ރަށު ރައްޔިތުންގެ އިހްސާސާއި ރަށަށް އެންމެ ރަނގަޅުވާނެ ގޮތް އިނގޭނީ ރަށުގައި އުޅޭ ބަޔަކަށެވެ. މަޝްރޫޢެއް ހިންގާލަންވީމަ ރަށަށް އަރާ ސާރވޭކޮށްލާ ބަޔަކަށް އެކަންކަން ދެނެގަތުމީ ދަތިކަމެކެވެ. ލާމަރުކަޒީ ނިޒާމު ޤާއިމު ކުރެވިގެން ދިޔައީ އެއްކޮޅުން މައި ސަރުކާރަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރަށުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. އަނެއްކޮޅުން އެއީ މައި ސަރުކާރާއި ވަކިވެގަނެ ހަނގުރާމަ އިއުލާނު ކުރަން ހެދި ނިޒާމެއްވެސް ނޫނެވެ.

މެދު މިނެއްގައި ހިފައިގެން ރަށުގެ ލާބައަށް މަސައްކަތް ކުރަން ހެދުނު ނިޒާމުގައި ކައުންސިލަރުންގެ ޒިންމާ އަކީ ކޮބައިތޯ ސުވާލު އުފެދޭ ހިސާބަށް ގޮސްސިއެވެ. އެހެނީ ކަންކަން ނުވީމައި އަބަދުވެސް އެންމެން އަދިވެސް އިނގިލި ދިއްކުރަނީ މައި ސަރުކާރަށެވެ. ރައްޔިތުންގެ ސިނކުޑީގައި ހުރިހާ ޒިންމާއެއް އުފުލާ ބަޔަކީ އަދިވެސް މައި ސަރުކާރުނަމަ، ކޮންމެ ރަށެއްގައި ފަސް ހަ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ވަކި ކޮމެޓީއަކާއި އަދި ކޮންމެ އަތޮޅަކަށް ވަކި ކައުންސިލެއް އޮތުމުގެ ބޭނުމަކީ ކޮބައިތޯއެވެ.

ކައުންސިލްތަކަށް ކޮންމެ އަހަރަކު ބަޖެޓުން ބައެއް އޮންނަނީ ދީފައެވެ. އާމްދަނީ ހޯދޭނެ ވިޔަފާރިތައް ކުރުމުގެ ބާރުވެސް އޮންނަނީ ދީފައެވެ. މާލެ ފިޔަވައި ކޮންމެ ރަށެއްގައިވެސް ލޭންޑް ޔޫސް ޕްލޭނާއި، ގޯތި ދޭނެ ގޮތާއި، ދަނޑު ހައްދާނެ ތަންތަނާއި ކުޅިވަރު ކުޅޭނެ ތަންތަން ހެދުމުގެ ބާރު އޮތީ ހަމަ ކައުންސިލްގެ އަތްމަތީގައެވެ. މިސާލެއް ނަގާނަމަ، ކޮންމެ ރަށެއްގައި ފުޓްސަލް ދަނޑު އެބައޮތެވެ. ބައެއް ރަށްރަށުގައި ކޮންމެ އަވަށެއްގައި ދަނޑެއް އޮވެއެވެ. ކޯޗުންނާއި ރެފްރީން ގެނެސްގެން އިންތިޒާމުތަކާއި ތަމްރީނުތައްވެސް ހަމަޖައްސައިދެއެވެ. އެކަމަކު ރަށަށް ކާބޯތަކެތީގެ ކަށަވަރުކަން ގެނުވާނެ މަޝްރޫއުއެއް ހިންގަންވެއްޖެއްޔާ އޮންނަނީ ނުވެފައެވެ. މައި ސަރުކާރަށް ބަވަންވީއެވެ. ސަރުކާރުން އެވެނިމިވެނި ކަމެއް އަދިވެސް ކުރާކަށް ނުވޭހޭ، މުޅި ދުނިޔެ އޮތީ ހަނގުރާމައިގެ ބަނަކަމުގެ ތެރޭގައޭ ކިޔާ ގޮވަނީއެވެ. ކަމަކާއި ވާފަދަ ކަމެއް ޖެހުމުން މައި ސަރުކާރެވެ.

ކައުންސިލަރުންގެ ގޮތުގައި ހޮވަނީ އެންމެ އާއިލާ ބޮޑު މީހުންނެވެ. ވޯޓު ވިއްކައިގެންނެވެ. އެކަމަކު މިއީ ވަކި މަހުޖަނު އާއިލާ ތަކަކަށް މަޤާމު ސަރުކާރުތަކުން ބެހީމަ ފާޑުކިޔާ ރައްޔިތުންނެވެ. ވެރިން ކޮރަޕްޓް ވީމައި ފާޑުކިޔާ ރައްޔިތުންނެވެ. ކައުންސިލަށް ކާޑު ޖަހާލާފައި މަހަށް ދަނީ ކިތައް ކައުންސިލަރުންތޯއެވެ. ކައުންސިލަރެއްގެ މުސާރަ ނަގަމުން، ކުރާނެ މަސައްކަތެއް ނެތީމައި، އަމިއްލަ ވިޔަފާރީގައި އަވަދިނެތި އުޅެނީ ކިތައް މީހުންތޯއެވެ. ސަރުކާރުން ކައުންސިލަރުންގެ އަދަދު މަދުކުރަން ވިސްނާއިރު، އެހިސާބަށް އައީ ކައުންސިލްތަކުގެ ޒިންމާ ފުރިހަމައަށް އަދާކޮށްކޮށް އޮތްވަތޯއެވެ؟ މަރުކަޒީ ނިޒާމަކާއި އަޅުގަނޑުވެސް ދެކޮޅެވެ. އެކަމަކު ލާމަރުކަޒީވާން ލިބުނު ފުރުސަތުގައި، ލާމަރުކަޒީކޮށް ހިންގަންވީ ސަބަބެއް ދައްކައިދެވިއްޖެތޯއެވެ؟

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް