ބައިތުލްމާލު ލޫޓުވާލީމައި އިއްޒަތާއި ގަދަރު، ރިހާކުރު ފުޅި ނެގީމައި ގޮޅިއަށް

ކިތައްމެ ކުޑަ މިންވަރެއް ނެގި ނަމަވެސް ވައްކަން ވާނީ ވައްކަމަށެވެ. ނަމަވެސް މި ޤައުމުގައި ބައިތުލްމާލު ލޫޓުވާލީމައި ލިބެނީ އިއްޒަތާއި ގަދަރެވެ. ރިހާކުރު ފުޅި ވަގަށް ނެގީމައި ގޮޅިއަށެވެ. މިކަމުގައި ވެރިން އެކަނި ކުށްވެރި ކުރެވޭކަށް ނެތެވެ. ބައިތުލްމާލު ލޫޓުވާލައިގެން އަންނަ ވެރިޔާ ވޯޓު ގަންނަން ރައްޔިތުން ގާތަށް އައުމުން ކިޔަނީ މަރުހަބާއެވެ. ގިނަ ދިވެހިންނަށް އެއީ މޮޅު މީހެކެވެ. އޭނަ އަތުން އެއްޗެއް ލިބޭނަމަވެ. ހަމައެކަނި ގޯސް ވަނީ ތިމާމެނަށް ނުދީ ހަބަޑަށް ކެއިކަން ފަޅާއެރީމައެވެ.

ޤައުމު ހަމަ މަގަށް އެޅުވެން އޮތީ ފުރަތަމަ ރައްޔިތުން ރިޝްވަތަށް ވޯޓު ވިއްކުން ހުއްޓާލި ދުވަހަކުންނެވެ. ގެރިކިރު ދަޅު ވަގަށްނަގާ މީހާ ބޮލަށް ދަވާދު ދަޅެއް އޮއްސާލާ ގަންހިންގުވާފައި، މިލިއަނުން ދައުލަތް ލޫޓުވާލި މީހާ ވޯޓު ހޯދަން އައީ ގެއަށް މަރުހަބާ ކިޔާ ސައި ދީ ހެދީމައި އެއީ ގޯހެކެވެ.

ފައިސާ ނުބަހާ ވޯޓު ހޯދަން އަންނަ މީހާ އާއި ދިމާލަށް ހުރިހާ ސިޔާސީންނަކީ އެކައްޗެކޭ، ރަނގަޅު އެކަކުވެސް ނޫޅޭނޭ ކިޔާ ބަވައިގަނެފައި، ފައިސާ ބަހާ ކެންޑިޑޭޓު އައީމައި ލޯބިން ބައްދާލަނީއެވެ. އޭނާ ހޮވާފައި، ގޭގެ ސިޓިންގ ރޫމުގައި ތިބެ ގޮވަނީ އޭނަ ގޯސް މީނަ ގޯސް ރަނގަޅު އެކަކުވެސް ނެތޭއެވެ. މިއީ ބުއްދި ހަމަ ޖެހޭ މީހުން ކުރާ ޒާތު ކަންކަންތޯއެވެ. ވެރިން ވައުދު ފުއްދަންވީ ކީއްކުރަންތޯއެވެ. ވައުދު ނުފުއްދިއަސް ވޯޓު ގަނެގެން މަޤާމު ކަށަވަރު ކުރެވެއެވެ. ވެރިން ވައްކަން ނުކުރަންވީ ކީއްވެތޯއެވެ. ވައްކަން ނުކޮށް ދެވަނަ ފަހަރަށް މަޤާމު ހޯދަން ބަހާނެ ފައިސާ ނެރޭނީ ކިހިނަކުންތޯއެވެ. ވެރިން ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކޮށްދޭން އުޅެންވީ ކީއްވެތޯއެވެ. މާލީ ހާލަތު ދަށްމީހުން ގަނެލަން މާ ފަށޭހަވާނެ ނޫންތޯއެވެ.

ރިޝްވަތަކީ ބޮޑުވެގެންވާ ފާފައެއްކަން ނޭގިގެނެއް ނޫނެވެ. ފަގީރު ކަމަކީ އެއްވެސް ހާލެއްގައި ފާފަތަކަށް އަރައިގަތުމަށް އޮތް ހުއްޖަތެއް ނޫނެވެ. ރިޝްވަތުގެ ފާފައާއި ދުރުވާށެވެ. ޤައުމަށްވެސް، ތިމާގެ ދެދުނިޔެއަށްވެސް ބާޖަވެރިކަން އޮތީ އެ މަޤުންނެވެ.

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް