ސަރުކާރު ވަޒީފާ އުފެއްދުމާއި ސަރުކާރުން ވަޒީފާ އުފެއްދުމުގެ ތަފާތު

ތަފާތު ދެ ކަމެކެވެ. ސަރުކާރުން ވަޒީފާ އުފެއްދުމަކީ ތަންފީޒު ކުރެވޭ ސިޔާސަތުތަކެއްގެ ތެރެއިން މިނިވަން ވިޔަފާރިއަށް މަގުފަހިކޮށްދީ، ފުޅާ އިޤްތިސާދެއްގެ ޒަރިއްޔާއިން، އައު ވަޒީފާތައް އުފެދުމަށް ބާރުއެޅުމުގެ ސަބަބުން އުފެދިގެންދާ ވަޒީފާތަކެވެ. މިމަގުން އުފެދިގެން ދާނީ ތަފާތު ދާއިރާތަކުގައި ފަރުދުންނަށް އެމީހުންގެ ހުނަރާއި މަސައްކަތްތެރިކަން ސާބިތުކޮށްދީ، އިތުރަށް ކުރިއެރޭނެ ފުރުސަތެވެ. އީޖާދީ ވިސްނުންތަކާއި ތަފާތު ހިޔާލު ތަކުގެ ތެރެއިން ޤައުމަށް ވެސް ލިބޭނީ ކުރިއެރުމެވެ. ދައުލަތަށް ލިބޭ އާމްދަނީ އާއި އިޤްތިސާދުގައި ފައިސާ ދައުރުވާ މިންވަރު އިތުރުވާނެއެވެ. އިންސާނީ ވަސީލަތް އިތުރުވެ މުއްސަދިވާން ބާރު އެޅިގެން ދާނެއެވެ. ސަރުކާރުގެ މައިގަނޑު ޒިންމާއަކަށް ވާނީ ސިޔާސަތުތަކުން ކަންކަން ފަހިކޮށްދީ، ޤަވާއިދުތަކުގެ ހަވާސާގެ ތެރޭގައި ހަރަކާތްތައް ހިނގާތޯ ފާރަވެރިވުމާއި ތަންފީޒު ކުރުމެވެ

އޭގެ ބަދަލުގައި، ސަރުކާރު ވަޒީފާ އުފެއްދުމަކީ ސަރުކާރުގެ ވުޒާރާ، އިދާރާ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ވަޒީފާތަކެއް ދިނުމުގެ ސިޔާސީ ބޭނުމުގައި މަޤާމުތަކެއް އުފެއްދުމެވެ. ދައުލަތުގެ ހިންގުން ފުޅާވެގެން އުފެދޭ ބައެއް ނޫނެވެ. އުފެއްދުމާއި އުފެދުމާއި ތަފާތެވެ. ކުރު ރާސްތާގައި ވަޒީފާތަކެއް އުފެއްދީމޭ ބުނެލުމަށް އުފައްދާ ވަޒީފާތަކެކެވެ. މީގެ ސަބަބުން ސަރުކާރު ހިންގުމުގެ ހަރަދު ބޮޑުވެގެންދެއެވެ. ސަރުކާރު ވަޒީފާތަކުގެ ގޮތުންނާއި، އެފަދަ ވަޒީފާތަކަށް ގިނަފަހަރު ފަރުދުން ދަނީ ވަޒީފާގެ ރައްކާތެރިކަން ކަށަވަރު ކުރަން އެކަނި ކަމުން، މި ބާވަތުގެ ވަޒީފާގެ ތެރެއިން އިންސާނީ ވަސީލަތް މުއްސަދިވެ އައު އީޖާދީ ވިސްނުންތައް އުފެދުމުގެ ފުރުސަތު ވަރަށްވެސް ކުޑައެވެ. ދިގު ރާއްސާތާގައި ޤައުމަށް އޮތީ ހުސް ގެއްލުމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ

ދިވެހިރާއްޖެ އަދު މިއޮތީ ވަރަށްވެސް ބޮޑަށް ސަރުކާރު ވަޒީފާއަށް ބަރޯސާވެފައެވެ. ވެރިން ދެކެނީ އެއީ ސިޔާސީ ގޮތުން ބާރުލިބިދޭ ހަތިޔާރެއްގެ ގޮތުގައެވެ. އަމިއްލަ ވިޔަފާރިތަކަށް އަދު ޤާނޫނީ ގޮތުންނާއި މާލީ ގޮތުންވެސް ހަމަ ނޭވާލާން އޮތީ ބޮޑެތި ހުރަސްތަކެވެ. ވަނީ ނޭވާ ހާސްކޮށްލާފައެވެ. މިކަމުގެ ސަބަބުން، އަމިއްލަ ބާޒާރުގައި ވަޒީފާގެ ފުރުސަތު ދައްޗެވެ. ރަދުންގެ ފައިބުޑުން ދެއްވާ ސަރުކާރު ވަޒީފާއަށް ޑިމާންޑް ބޮޑެވެ. ނަތީޖާއަކީ އުފެއްދުންތެރިކަން ދަށްވެ، އިޤްތިސާދު ހީނަރުވުމެވެ

ހަރުދަނާ ސިޔާސަތު ތަކެއް ތަންފީޒު ކޮށްފިނަމަ، ރާއްޖޭގައި ވަޒީފާއަށް ސަލާންޖަހަން ޖެހޭ މީހުން ނުތިބޭ ވަރު ކުރެވޭނެއެވެ. ވަޒީފާ ދިނުމުގެ ބުރަ ސަރުކާރުން އުފުއްލަން ނުޖެހިއެވެ. ދައުލަތުގެ އާމްދަނީ އިތުރު ކުރެވި މަތި ލުއި ސަރުކާރަކާއި އެކުއެވެ. ނަމަވެސް ފުރަތަމަ އިޙްތިޔާރު ކުރަންވީ ސަރުކާރު ވަޒީފާ އުފެއްދުމާއި ސަރުކާރުން ވަޒީފާ އުފެއްދުމުގެ ތަފާތު އިނގޭ ވެރިންނެވެ. އެހެން ނޫންނަމަ، އެ ދެވެނީ އެއިރަކު އޮންނަ ސަރުކާރަކަށް އަޅުދާސްތުވުމުގެ މަގަށެވެ. މިނިވަންކަން އިޙްތިޔާރު ކުރާށެވެ

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް