ކެޔޮޅާ ދިވެހީންގެ ރާއްޖެއޭ ކިޔާފައި ތިޔަ ލެފީ މިނިކާރާއްޖެއަށް

އޮޑި ބީއްސާލާ ފުރުމުގެ ކުރިން ބުނީ ފެހި ސިގްނަލުގެ ވާހަކައެވެ. ދަތުރަށް ބޭނުންވާ ހަރަދުބަރަދު ހަމަޖެހިފައިވާ ވާހަަކައެވެ. ފަރުތަކާއި ގިރިތަކުން ނެއްޓި މަންޒިލަށް ވާސިލްވާން ދަންނަކަމުގައެވެ. ނުވިތާކަށް ‘އިންތިޤާލީ’ ބޮއްކުރައެއް ފޮނުވައިގެން، ކުރީބައިގައި ދަތުރަށް ދިމާވެދާނެ ދައްޗެއް އޮތްތޯ ބެލިއެވެ. ދިން ޔަގީންކަމާއި އެކު އޮޑިއަށް އެރި އެންމެންހެން އަދު ދަނީ މާޔޫސްވަމުންނެވެ

އޮޑީގައި އަތުޖެހުނު ވަގުތު ފުރަތަމަވެސް އޮޑިބަން ވަޑި އެކަހެރިކުރީއެވެ. ގުޅައިގެން ދޭން އުޅުނު މެސެޖެއް، ދައްކަން އުޅުނު ވާހަަކައެއް އަޑެއް ނޭހިއެވެ. ނުކަތާވަރަށް ފަޅުވެރިން ނާރުވާނެކަމަށް ބުނި އޮޑިއަށް އެރުވި ފަޅުވެރިން ގިނަކަމުން އެއްބަޔަކު އަދިވެސް ތިބީ އެއްފަޅީގައި އެލިގަނެގެނެވެ. އިށީދެލާނެ ތަންކޮޅެއް ނެތިފައެވެ. ބަރުހެލިކަމުން، އޮޑި ކުރިއަށް ކަނޑަނީ ހަމަ ކިރިޔާއެވެ

އޮޑި ތަޅުވާވަރުން ޝަކުވާކުރުމުން ޖަވާބަކީ ކުރިން ދިޔަ އޮޑީގެ ރާޅާހެދި ތަޅުވަނީކަމުގައެވެ. އެބުނާ އޮޑިއެއްގެ ރާޅުން ސަލާމަތްނުވާތާ ދަތުރަށް ފުރައިގެން ވީހާ ދުވަހެއްވީއެވެ. ހަރަދު ހަމަޖެހިފައި ކަމަށް ބުނެ ފެށި ދަތުރަށް ދުވަހެއް ނުވެ ދަތުރުވެރިން އަތުން އެކި ނަންނަމުގައި ފައިސާ ނަގަން ފެށީއެވެ. އޮޑިއަށް އަރާތިބި ވިޔަފާރިވެރިން ފާހަގަކޮށް އެމީހުންގެ އަތުން އަދި އިތުރަށް ނަގަން ފެށީއެވެ. މަސްލަހަތު ގެއްލުވާލާނެހެން ހީވާ ކޮންމެ މީހަކަށްހެން ފަޅުވެރިއެއްގެ ވަޒީފާދީ ހައްލާލަނީއެވެ. ދުވަހަގެ ކޮއްތު ވެސް އަގުބޮޑު ކޮށްފިއެވެ. ނުވިތާކަށް، ބޯހަމަޖައްސާލަން ދިރުބާކޮޅުގައި ދުން އަރުވާލަން ނުކުމެ ހުރި ސޮރު އަތުން އެވެސް އަތުލާ ޖޫރިމަނާ ކޮށްފިއެވެ

މި ކަޅު ދަތުރު ގޮސް ނިންމާ އެ ބީއްސާލަނީ އަހުރެން ދަންނަ ރާއްޖެއަކަށް ނޫނެވެ. ހަމަ ޔަގީނުންވެސް އެއީ ދިވެހީންގެ ރާއްޖެއެއް ނޫނެވެ. އަހުރެން ދަންނަ ރާއްޖެއަކީ އަތޮޅުތަކަކަށް ބެހިފައިވާ ރާއްޖެއެކެވެ. މިތަނަކު އަތޮޅެއް ބަލައިގަންނަ މީހަކު ނެތެވެ. އަހުރެން ދަންނަ ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކާއި، ވިލުނޫ ފަޅުތަކާއި، ސާފު ޖައްވެކެވެ. މިތާގައި ޖެހުނު ފަޅަކާއި ވިލެއް އޮތިއްޔާ ފަސްއަޅާ ހިއްކަނީއެވެ. އަހުރެން ދަންނަ ރާއްޖެއާއި ހިލާފާށް މިތާގައި ގިނައީ ކަދުރު ރުކެވެ. އަދި އަމުދުން ރަށަކަށް ލެފުމުން މި ފެންނަނީ އެމީހަކަށް ފެނުނު ތާކުން ޖެހުނު ގޮތަކަށް ކަމުންދާ މަންޒަރެވެ. މި ލެފުނީ މިނިކާރާއްޖެއަށެވެ

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް