ރަށަށް އިންވެސްޓް ނުކުރަނީ ކީއްވެ؟

ފާޑު ކިޔުމުގެ ނިޔަތަކު ނޫނެވެ. ހަމަ ހިތުގައިވާ ސުވާލެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން އައިސް މާލޭގެ ދަތި މާހައުލުގައި ވަޒަންވެރިވެގެން އުޅޭ އެތައް އާއިލާއެކެވެ. ކިރިޔާވެސް ގޮތެއް އޮތްނަމަ، ރަށުގައި ދިރިއުޅެން ބޭނުންވެއެވެ. ސާފުޖައްވެއްގައި، ހެލިފެލިވެ އުޅެލޭވޭނެ މާހައުލެއްގައެވެ. އަދު ގިނަ މީހުން ދިރިއުޅެނީކީ ނޫނެވެ. ގަނަތެޅެނީއެވެ. ރަށުގައި ދިރިއުޅެވެން ނެތް ސަބަބުތައް ގިނައެވެ. ބޭސްފަރުވާގެ ދަތިކަމެވެ. ވަޒީފާގެ ފުރުސަތު ނެތުމެވެ.

ގިނަ މީހުންނަށް ވިސްނިފައި އޮންނަނީ ކޮންމެ ކަމެއްވެސް ވާން އޮތީ ސަރުކާރުން ކޮށްދިނިއްޔާއެވެ. މިސާލަކަށް ބަލަމާތޯއެވެ. ރަށްރަށުން އައިސް ކިޔަވައިގެން މޮޅެތި ޑޮކްޓަރުންނަށް ވެފައިތިބި އެތައް ބައެކެވެ. މާލީ ތަނަވަސްކަން ލިބި ކްލިނިކްތައް ހުޅުވައިގެން ހިންގައެވެ. ކުލި ކިތަންމެ ބޮޑަސް މާލެއިން ބޮޑެތި ޖާގަތައް ނަގައިގެންނެވެ. ނަމަވެސް އަމިއްލަ ރަށުގައި ކުޑަ ކްލިނިކް ގަނޑެއް ހަދާލައިގެން ހިންގާލަން ހިތައްވެސް ނާރަނީއެވެ. ސަރުކާރުން ހޮސްޕިޓަލެއް އެޅިއަސް އެތަނަކަށް ޑޮކްޓަރުންނެއް ނުލިބެއެވެ. ޖެހެނީ ބޭރު މީހުން ގެންނާށެވެ. ބޮޑެތި ވިޔަފާރިތައް ހިންގާ އެތައް ބައެކެވެ. ފަހަރުގައި ރަށުގައި ފިހާރަ ނުހިންގިދާނެއެވެ. އެކަމަކު މިޒަމާނުގައި ރަށުގައި ކުންފުނީގެ އޮފީސް ހުޅުވޭނެއެވެ. ހަމަގައިމުވެސް ސަރުކާރަށް ފާޑުކިޔަންވީމައި ގޮވައެވެ. ހުރިހާ ސަރުކާރު އޮފީހެއް ހުންނަން ޖެހެނީ މާލޭގައިތޯއެވެ.

މިހެން ގޮސް އެތައް ކަމެކެވެ. ގިނަ ދަތިތަކެއް ހުރިކަން ޤަބޫލުކުރަމެވެ. އާބާދީ މަދު ރަށްރަށުގައި އަދި އަމުދުން ދަތިވާނެކަން ދަންނަމެވެ. ނަމަވެސް ފުދޭ ވަރަކަށް މީހުން ދިރިއުޅޭ ރަށްރަށްވެސް އެބަހުއްޓެވެ. އިންޓަނެޓް ލިބެއެވެ. ފެނާއި ނަރުދަމާ ހުރެއެވެ. ބޭންކް ޙިދުމަތްތަކާއި ކޮންމެވެސް ފެންވަރެއްގައި ސިއްހީ ފަރުވާވެސް ލިބެއެވެ. ރަށްރަށުގެ ސްކޫލްތައް މާލޭގެ ސްކޫލްތަކާއި ވާދަކޮށް ވަނަތައް ހޯދައެވެ. މަތީ ތައުލީމް އޮންލައިންކޮށް ހާސިލްކުރެވެއެވެ. ނަމަވެސް ރަށުގެ އިޤތިސާދު އޮންނަނީ މަރުވެފައެވެ. ސުވާލު އުފެދެނީ މިހިސާބުންނެވެ. ރަށަށް އިންވެސްޓް ނުކުރަނީ ކީއްވެތޯއެވެ؟

ހުރިހާކަމެއް އެންމެ ދުވަހަކުން ހައްލެއްވެސް ނުވާނެއެވެ. މާލޭގައި ގަނަތެޅުމީ އަމުދުން ހައްލެއް ނޫނެވެ. މިއީކީ މުސްތަޤުބަލެއް އޮތް ތަނެއް ނޫނެވެ. ސަރުކާރުތަކުން ވާގިވެރި ނުވިނަމަވެސް، ރައްޔިތުންގެ ހިތްވަރާއި އެކު މާލޭގެ އިޤްތިސާދާއި ވާދަކޮށްލާނެ އިޤްތިސާދުތަކެއް ބިނާކުރާތަން ދެކިލާ ހިތްވެއެވެ. އީދެއް އައިސްފިނަމަ ރަށަށް ދެވެއެވެ. އެންމެ ލޯބިވާ ރަށޭ ކިޔާ ފޮޓޯތައް މީސްމީޑިއާ އަށް އަޅައެވެ. ނަމަވެސް އެ ރަށުގެ ހައްޤުގައި ކަމެއް ކޮށްލަންވަނީ ބޮޑުކަމަކަށެވެ. ބަނަވިޔަސް މިސްރާބަށް ދެވޭނީ ދަތުރު ފަށައިގެންތާއެވެ.

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް