ރައްޔިތުން ގަނަތެޅޭއިރު، ބިދޭސީންނަށް ރަށްވެހިކަންދީ ވަޒަންވެރިކުރުވުމީ ހަމަ ޖެހޭ އުސޫލެއްތޯ؟

އައްޑޫގައި ވަކި ކަައުންސިލްތަކެއް ހެދުމަށް ނެގުނު ވޯޓާއި ދިމާކޯށް، ރާއްޖޭގައި ކުރިން ވެރިކަންކޮށްފައި ހުރި ބޭފުޅަކު ހިޔާލެއް ދޫކޮށްލިއެވެ. އައްޑޫ ބައިބައިކުރުމުގެ ބަދަލުގައި އައްޑޫގައި ބިދޭސީން އާބާދުކޮށް، ދިވެހި ރައްޔިތުކަން ދޭންވީކަމަށެވެ. ސުވާލަކީ އައްޑޫގައި ނޫޅެވި މާލެއަށް ހިޖުރަކުރަން މަޖުބޫރު ކުރުވި ސަބަބުތައް އެ ބިދޭސީންނާއިވެސް ބައްދަލު ނުކުރާނެތޯއެވެ. ރައްވެހިކަން ހޯދަން ފަސް އަހަރު އައްޑޫގައި ދިރިއުޅެދާނެއެވެ. ނަމަވެސް ފަސް އަހަރު ހަމަވެ ރައްވެހިކަން ލިބޭއިރަށް، އެމީހުންވެސް މާލެ ހިޖުރަކުރާނެ ނޫންތޯއެވެ. އެޖެހުނީ އަނެއްކާ އެމީހުންނަށްވެސް މާލެއިން ފްލެޓް ދޭށެވެ.

އައްޑޫ އެއް އެހެން ރަށެއް ވަކި ނެތެވެ. މާލޭއަށް ބެލިކަމުގައިވިއަސް، ދިވެހިން އަދު ދިވެހިރާއްޖޭގައި ދިރިއުޅެނީކީ ނޫނެވެ. ގަނަތެޅެނީއެވެ. ޑޮކްޓަރަށް ދައްކާލަން، ވަޒީފާއެއް ހޯދަން މާލެއަށް ހިޖުރަ ކުރުމެވެ. ޑޮކްޓަރަށް ދައްކަން އެތައް މަހެއްގެ އިންތިޒާރެކެވެ. އެކި އިޖްތިމާއި މައްސަލަތަކާއި އެކު، ސްކޫލުތަކުގައި ކުދިންގެ ތައުލީމީ ފެންވަރު ދަށްވުމާއި އެކު އަހްލާގީ ފެންވަރުވެސް ދަށް ވަނީއެވެ. ތައުލީމީ ފެންވަރު ކިތަންމެ މައްޗަސް ސިޔާސީއެއްގެ ފައިގައި ދޫލައިގެން ނޫނީ ވަޒީފާ ހަމަނުޖެހެއެވެ.

ކުއްޔާއި، ބޭސްފަރުވާ އާއި އެކި ދަރަނިތައް އަދާކޮށްފައި ގިނަ ބައެއްގެ އަތުގައި ފައިސާއެއް ނެތެވެ. މުދަލުގެ އަގު ދުވަހެއް ދުވަހަކަށް ދަނީ މައްޗަށެވެ. ވަޒީފާ އާއި ދަރިން ގޮވައިގެން ސްކޫލަށް ދެކޮޅަށް ދުވުމުގެ ބޭރުން އަމިއްލަ ކަމަކަށް ވަގުތު ހޯދައިފިއްޔާ ދެން ކުރަން ހުރި ކަމެއް ކުރާނެ ވަގުތެއް ނޯވެއެވެ. ކުދި ތަންތަން ކޮޅުގައި ދިރިއުޅެފައި ބޯހަމަޖައްސާލަން ދާން ޖެހެނީ ކޮފީ އަކަށެވެ.

މިއީކީ މިތަނުގައި ބިދޭސީން އާބާދު ނުކުރެވިގެން ވާކަމެއް ނޫނެވެ. ރަށްވެހިކަން ނުދިނަސް މާލޭގައި ވެސް ދިވެހިންނެކޭ އެއްވަރަށް ބިދޭސީން އިޤްތިސާދުގައި އެބަ ހަރަކާތްތެރިވެއެވެ. ރަށުގައި ދިރިއުޅެން ބޭނުންވާ އެތައް ބަޔަކު ތިއްބަސް އެމީހުންނަށް ދިރިނޫޅެވެނީ، ރަށުގައި ދިރިއުޅެވޭނެ ގޮތެއް ހަމަ ނެތީމައެވެ. ވަޒީފާ ލިބިގެން ޑޮކްޓަރަށް ދައްކަން މާލެ ހިޖުރަކުރަން ނުޖެހޭނަމަ، މާލޭގައި ގަނަތެޅޭކަށް މީހުން ޖަމައެއް ނުވާނެއެވެ.

ގަތަރުފަދަ ޤައުމުތަކުގެ މިސާލު ނަގައިގެން ދިވެހިން ކަންކަން ކުރުން ހުއްޓާލަން ވެއްޖެއެވެ. ދިވެހިންގެ މެދުގައި ކޮރަޕްޝަން ހުރީ އެފްރިކާގެ ޤައުމުތަކާއި އެއް ފެންވަރެއްގައެވެ. ދިރިއުޅުމުގެ ހާލަތު އަހަރަކަށް ވުރެ އަަހަރެއް ދަށަށް ދާއިރު، ޤައުމުގެ ވެރިން އުޅެނީ ނާޅި ގަނޑު ހިފައިގެން އެހެން ޤައުމުތަކުގައި ސަލާން ޖެހުމުގައެވެ. ތަރައްޤީގެ މަގުޗާޓެއް ނެތި، ވޯޓަށް ޓަކައި ކޮންމެ ރަށެއް ދެއަވަށް ދޭތެރޭ އަޅާނީ އެއަރޕޯޓެކެވެ. ފުރަތަމަ އިސްކަން ދޭންވީ ޤައުމުގެ ހާލަތު ރަނގަޅުކޮށް މިތާ ދިވެހިންނަށް އުޅެވޭވަރު ކުރާށެވެ. ބިދޭސީންނަށް ރަށްވެހިކަން ދިނުމުގެ ވާހަކަ އެއީ މާފަހުގެ ކަމެކެެވެ.

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް