ވަޒީފާއަކީ މުޅި ދިރިއުޅުން ކަމުގައި ނުހަދާ

މަސައްކަތަށް ފަރުވާ ކުޑަ ކުރާ މީހުންގެ ވާހަކަ އަބަދުވެސް ދެކެވެއެވެ. ނަމަވެސް މަސައްކަތަށް ދެވިހިފާ މީހުންގެ ވާހަކަ ދެކެވެނީ މަދުފަހަރަކުއެވެ. މުޅި ދިރިއުޅުމަކީ ވަޒީފާ ކަމުގައި ހަދައިގެން އުޅޭ މީހުންގެ ވާހަކައެވެ. ނަމާދުތައް އަޅާފައެވެ. އާއިލާއަށް ވަގުތު ނުދީއެވެ.  ސިއްހަތަށް ބެލުމެއް ނެތިއެވެ. ރަސްމީ އަދި އިތުރު ގަނޑީގައެވެ. އޮފީހުގައެވެ. ނުވަތަ މަސައްކަތް ކުރާ މީހުނާއި އެކު ބޭރުގައެވެ.

ގިނަ މީހުން ދުވަސް ފަށަނީ ފަތިސް ނަމާދު އަޅާފައެވެ. މަސައްކަތުގައި އަވަދިނެތި ބާކީ ނަމާދުތައްވެސް އަޅަނީއެވެ. އުޙުރަވީ ހަޔާތް ބަނަވީއެވެ. ފަރުވާލެއް ނެތެވެ. ލަހުން ހޭލެވުމުން، ގަނޑި ޖެހިދާނެކަމަށް ގިނަ މީހުން ދަނީ ހުސްބަޑާއެވެ. އޮފީހަށް ގޮސް ނާސްތާއަކީ ކަޅު ކޮފީއެއް ނުވަތަ ދަޅަކާއި ދުމެކެވެ. މަދު މީހަކު ޕާނެއް ކާލަފާނެއެވެ. މުޅި ދުވަހު އިށީނދެ އިނދެފައި، މެންދުރާއި ރޭނގަޑު ހަބަޑަށް ބަތް ކައެވެ. ގުނދާރުގެ މައްސަލަތަކުގެ އިތުރުން، ސަރުބީ ގިނަވެ ސިއްހީ އެތައް މައްސަލައެކެވެ. ފަރުވާލެއް ނެތެވެ. އޮފީހުން ބޭރުގައިވެސް، ދަތުރެއް ދާންވިޔަސް، ކުޅިވަރެއް ކުޅެލަންވިޔަސް، ކޮފީއެއް ބޯލަންވިޔަސް، ފިލްމެއް ބަލާލުމަށްވެސް ދިމާވަނީ ހަމަ އޮފީސް މީހުންނާއެވެ. ނޭގިނަމަވެސް ސިނކުޑީގައި ތަޅެއްއެޅިފައެވެ. ނަފްސާނީ ގޮތުންވެސް އެތައް މައްސަލައެކެވެ. ފަރުވާލެއް ނެތެވެ.

ދުވަހުގެ ފެށުމާއި ނިމުމަކީ އޮފީހެވެ. ރަސްމީ ގަނޑީގެ ބޭރުންވެސް އެތައް އިރެކެެވެ. އިތުރު ގަނޑީގެ ފައިސާ ނުދިނަސްމެއެވެ. ވާހަކައަކަށްވެސް އޮތީ އޮފީހެވެ. އޮފީހުގައި ވީ ކަންކަމެވެ. އޮފީސް މީހުންގެ ވާހަކައެވެ. އޮފީސް މަސައްކަތުގެ ވާހަކައެވެ. ތަފާތު ތަޖުރިބާއެއް ނެތެވެ. އައު ރަހްމަތްތެރިންނަށް ދޮރު ބަންދެވެ. އަމިއްލަ މަސައްކަތެއް ނެތެވެ. ހުނަރެއް ހޮބީ އެއް ނެތެވެ. އާއިލާއަށް ދެވެނީ ހަފުސްވެފައި ހުރެ ވަގުތު ކޮޅެކެވެ. ނޭގި ނަމަވެސް ވަނީ ޖަލެއްގެ ތެރޭގައެވެ. ބޭރުތެރޭ އުޅެވުނަސް، އަމިއްލަ ދުނިޔެއެއްގައި ކަސްތަޅުއެޅިފައެވެ.

ނުކުތާއަކީ އޮފީހާއި އެކީ ދުރުވެމެއް ނޫނެވެ. އެކުގައި މަސައްކަތް ކުރާ މީހުނާއި ގުޅުން ނުބޭއްވުމެއް ނޫނެވެ. ކޮންމެ ކަމެއްގައިވެސް ވަކި މިންގަނޑެއް ހިފެހެއްޓުމެވެ. ވަޒީފާ އަށް ވަގުތު ދިނަސް ވަގުތު މެނޭޖުކުރަން ދަސްކުރުމެވެ. އައު ހިޔާލުތަކާއި ގުޅުންތަކަށް ހުޅުވުމެވެ. އަޅުކަމާއި އަމިއްލަ ކަންކަމަށް ވަގުތު ހޯދުމެވެ. އާއިލާ އާއި ރަހްމަތްތެރިންނާއި އެކު އެކި ހަރަކާތްތައް ރާވާ ވަގުތު ދިނުމެވެ. ދުޅަހެޔޮކޮށް ކެއުމާއި ކަސްރަތަށް ވަގުތު ދިނުމެވެ.

ވަޒީފާގައި އަވަދިވިޔަސް، އަލްވަދާއު ކިޔަން ޖެހޭނެ ދުވަސް އަންނާނެއެވެ. އެގުޅުންތައްވެސް ފަނޑުވެދާނެއެވެ. ފީވި ކަށިތަކާއި ސިއްހަތު އިޔާދަކުރަން ދަތިވާނެއެވެ. ބަލިވީމަކާއި އޮފީހަކުން އަޅައެއް ނުލާނެއެވެ. އެހީވާން ތިބޭނީ ހަމަ އާއިލާއެވެ. އެޅި ނަމާދަކާއި މެދު ސުވާލު ވެވޭނެ ދުވަސްވެސް އަންނާނެއެވެ. ސަލާމަތްކޮށްދޭން މެނޭޖަރެއް ނާއްނާނެއެވެ.

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް