ފަޅުވި ޖޯލި

މެންދުރުގެ ދިލަ ހޫނަށްފަހު ހަވީރުގެ ފިނިކަމެވެ. ދުވާލުގެ އަވަދިކަމަށްފަހު ވަރުބަލި ފިލުވާލުމެވެ. ދުރުގައި އުޅެލުމަށްފަހު ބައްދަލުވެލައި ހާލުބަލާލުމެވެ. ކައިރީގައި އަވަށްޓެރި ގޭގެއިން ކުދިން ނުކުމެ ކުޅެން އުޅޭ އަޑެވެ. ފިނިވައިރޯޅި އާއި އެކު ދޫނި ގޮވާ އަޑެވެ. ބޭރު ޖޯލީގައި އާއިލާ އާއި ރަހްމަތްތެރިން ހީ ސަމަސާކުރާ އަޑެވެ. ހޭދަ ކޮށްލެވޭ އުފާވެރި ވަގުތުކޮޅެވެ. އެތައް ގުޅުމެއް ބަދަހިވެ އާލާވެގެންދާ ވަގުތުކޮޅެކެވެ.

ހިތްގަޔާ ނުވާ ކަމެއް ނުހިގައެކޭ ނޫނެވެ. އެ ހަދާންތަކުން ހެވަށްވުރެ ގިނަ މީހުން ހިތުލަނީ ނުބައެވެ. ޒަމާނާއިއެކު އެ ޖޯލިތައް ކަނޑާލައިފިއެވެ. ފަޅުވެއްޖެއެވެ. އޭރު އެފެނުނު ގުޅުންތަކާއި، ހީ ސަމާސާކުރާ އަޑު އަދު މަދުން ނޫނީ ނީވެއެވެ. ދައްކަން މިއުޅެނީ ސީދާ ޖޯލިފަތީގެ ވާހަކައެއް ނޫނެވެ. ގެއްލިދިޔަ ގުޅުންތަކުގެ ވާހަަކައެވެ. އާއިލާ އާއި އަވަށްޓެރިންނާއި އެކު އޮތް ގުޅުމެވެ. އަދު ދުރުތާ ތިމާގެ މީހަކާއި ވާހަކަ ދައްކާލާ ގުޅުން ބަދަހިކުރަނީ މަދު ބައެކެވެ. އަވަށްޓެރިންނަކީ ކޮބައިކަންވެސް ގިނަ މީހުންނަކަށް ނޭގެއެވެ. ކާފަގެ ރަހްމަތްތެރިންނާއި ބައްޕަމެން ގުޅުން ބޭއްވިއެވެ. ބައްޕަގެ ރަހްމަތްތެރިންނަކީ ކޮބައިކަންވެސް އަދު ދަރިންނަކަށް ނޭގެއެވެ. އެ އެއްވުމެއް ނެތެވެ. ގުޅުން ބިނާވުމެއް ނެތެވެ. އެންމެންވެސް ގޮޅިތަކެއްގައި ބެދި ފޯނަށް ގެއްލިފައެވެ.

ދީނުގައިވެސް ވަނީ އާއިލީ ގުޅުން ދެމެހެއްޓުމަށެވެ. އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަށެވެ. އާދަކާދައިގައި މިކަން އޮތީ ވަރަށް ހެޔޮކޮށެވެ. އަދު މިދަނީ މި ހެޔޮ އާދަ އެކީހެން ނެތެމުންނެވެ. ގިނަ މީހުންނަށް އާއިލާއާއި އަވަށްޓެރިންނަށްވުރެ އޮފީހާއި ކޮލެޖް ރަހްމަތްތެރިން މާގާތެވެ. ބައެއް ހާލަތްތަކުގައި އަމިއްލި މައިންބަފައިންނަށްވުރެ ވެސް ރަހްމަތްތެރިން އިސްކުރެއެވެ. ދިރިއުޅުމުގެ ހާލަތު ހުރި ގޮތާއި ފެތުރިފައިވާ އިޖްތިމާއި މައްސަލަތަކުގެ ސަބަބުން ކަމުގައި ވެދާނެއެވެ. އިހުގައިވެސް މައްސަލަތައް ނެތީކީ ނޫނެވެ. ނަމަވެސް އޭރު ގުޅުންތައް ވަރުގަދައެވެ. އަދު ގުޅުން ކަނޑާލުމީ ޖޯލި ކަނޑާލުންހާ ކުޑަކަމެކެވެ. އާއިލާއާއި ވަކިވުމީ ޖޯލި ފަޅުކޮށްލުންހާ ލުއިކަމެކެވެ. މިއީ ބަދަލުވާންޖެހޭ ހަޤީގަތެކެވެ.

ޤައުމަށް ވަންނަހާ ޑޮލަރަކަށް މިވަނީ ކިހިނެތް؟

ރަނގަޅެވެ. ބޭރުގެ ލޯނުތައް ދައްކަން ޑޮލަރު ބޭނުންވާނެ ކަން ދަންނަމުއެވެ. ނަމަވެސް އެކަން އިނގިތިބެ، ޑޮލަރުން ގަތް ޑްރޯނުތައް ކޮބައިތޯއެވެ. ރަސްމާލެ ހިއްކަން އެންދިހާ ތެލެއް ކޮބައިތޯއެވެ. މިއީ ހުސް އިސްރާފެވެ. އޭގެ ބަދަލުގައި ފަހަށް ރައްކާކުރިނަމަ، ލޯނުތައް ދައްކައިފައިވެސް ރައްޔިތުންގެ ލިމިޓާއި ނުކުޅެ ފަރުޖެހުނީހެވެ

<- އިތުރަށް ކިޔާލުމަށް

ހިޔާލު ފާޅުކުރުން. ހައްދެއްނެތި ލިބެންޖެހޭ މިނިވަންކަމެއްތަ

އަދު ރާއްޖޭއަށް ދިމާވެފައިވާ މައްސަލަ އަކީ ހައްޤުތައް ނެތުމުގެ މައްސަލައެއް ނޫނެވެ. ހައްޤުތައް ލިބިދިނުމާއި ހައްޤުތައް ހިފެހެއްޓުމުގެ އިން ކަނޑައެޅުމުގެ މައްސަލައެވެ. މިަކަމަށް ހައްލު ހޯދޭނީ މެދުމިނުމުގެ ވިސްނުމެއް އިޙްތިޔާރުކޮށް މަޝްވަރާގެ މޭޒު ދޮށުންނެވެ

<- އިތުރަށް ކިޔާލުމަށް

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް