އަނގައާއި އަތާ ދިމާނުވިޔަސް، ސަރަހައްދުގައި ފަލަ މީހުން އެންމެ ގިނަ ޤައުމަކަށް ރާއްޖެ

ދައްކަން މި އުޅެނީ ކާންޖެހޭ ބޭހެއްގެ ސަބަބުން ނުވަތަ ހުރި ބަލިމަޑުކަމެއްގެ ސަބަބުން ބަރުދަން ނުހިފެހެއްޓޭ މީހުންގެ ވާހަކައެއް ނޫނެވެ. މަދުން ނަމަވެސް އެފަދަ މީހުން އުޅޭކަން ދަނެ, އެމީހުންނަށް އަވަސް ޝިފާއަކަށް އެދެމެވެ. ދައްކަން މިއުޅެނީ ކަސްރަތު ކުރުމެއް ނެތި، ހަތަރު ދަމު އިޝީނދެ އިނދެ ހަބަނޑަށް ބަތް ކައިގެން ފަލަވާ މީހުންގެ ވާހަަކައެވެ. ދުންފަތުގެ ބާވަތްތައް މަނާ ކުރުމުގައި ސަރުކާރުން ފިޔަވަޅުތަކެއް އަޅައިފިއެވެ. ގައިންގަޔަށް ނާރާ ބަލިތައް އެހާ ގިނަ ޤައުމެއްގައި ހަޤީގަތުގައިވެސް މުހިންމު ފިޔަވަޅެކެވެ. އާސަންދައަށްވެސް އެންމެ ބާރު ބޮޑުވަނީ ނުރަނގަޅު އާދަތަކުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާކޮށްދިނުމުގައެވެ. ނަމަވެސް ދުންފަތް ހުއްޓާލައިގެން އެކަނި ވާކަށް ނެތެވެ. ކެއުމަށްވެސް އެބަ ބަލަންޖެހެއެވެ

2013 އިން 2023 ވަނަ އަހާރާއި ހިސާބަށް ބައިނަލަޤްވާމީ ޖަމާއަތްތަކުން ހަދާފައިވާ އެކި ދިރާސާތަކުގައި ރާއްޖެ، ބޫޓާން، އަފްގާނިސްތާން، ޕާކިސްތާން، ލަންކާ، ބަންގްލަދޭސް، ނޭޕާލް އަދި މިޔަންމަރ އަޅާކިޔާއިރު، ނިސްބަތުން ފަލަ މީހުން އެންމެ ގިނައީ ރާއްޖޭގައެވެ. އެވެރެޖް ގޮތެއްގައި ރާއްޖޭގެ %53 އުޅެނީ ފަލަ ގިންތީގައެވެ. ރާއްޖެއާއި ޖެހިގެން އެންމެ ގާތް ކުރާ ޤައުމަކަށްވެސް ދެން އޮތީ %44 ގައި ބޫޓާން އެވެ. 2023 ވަނަ އަހަރު ރާއްޖޭގެ ސިއްހަތާއި ބެހޭ ވުޒާރާއިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ފަލަމީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މި ގޮތުން 18 އަހަރުން މަތީގެ %84 ފަލަ މީހުންގެ ގިންތީގައި ހިމެނެއެވެ. އަދި ކުޑަކުދިންގެ %20 ފަލަ ގިންތީގައި ހިމެނެއެވެ. އެއީވެސް ސައުތު އޭޝިއާގެ އެންމެ މަތީ އިންސައްތައެވެ. ރިޕޯޓުތައް ބުނާގޮތުން ދުޅަހެޔޮކޮށް (ހަފްތާއަކު މަދުވެގެން 3 ދުވަހު) ކަސްރަތު ކުރާ ގިންތީގައި ހިމެނެނީ އާބާދީގެ އެންމެ %36 އެވެ

ރިޕޯޓުތައް ދައްކާ ގޮތުން ފަލަ މީހުން ގިނައީވެސް ރަށްރަށަށްވުރެ ގިނައިން މާލޭގައެވެ. ހިޖުރަކުރަން ޖެހި ކުލީގެ އަޅުވެތިކަމުގައި އަނގައާއި އަތާއި ދިމާނުވެ ގަނަޖެތެޅެން ޖެހޭ މީހުން އެންމެ ގިނަ ތަނުގައެވެ. މިއީ ގުދުރަތީ ކަމެއް ނޫނެވެ. އަމިއްލަ އާދަތަކުގެ ސަބަބުން ދިމާވެފައިވާ ހާލަތަކެވެ. ހެނދުނުގެ ނާސްތާއަށް ރެޑްބުލް، އެކްސްއެލް، ނުވަތަ ދަޅު ކޮފީއެކެވެ. ހަކުރެވެ. މެންދުރަށް ބޮޑު ބަތް އެއްޗެކެވެ. ހަވީރަށް ތެލުލި ހެދިކާއެވެ. އަނެއްކާ ރޭގަނޑަށް ބަތްއެއްޗެކެވެ. ދުވާލަކު ފަސް ހަ ކޮފީއެވެ. ބަހަނާއަކީ ސިއްހަތަށް ފައިދާހުރި ތަކެތި ގަނެގެން ކާން ހަރަދުބޮޑުކަމެވެ. ހަމަޤައިމުވެސް ކޮންމެ ދުވަހަކު ހެދުނު ގަންނަ ދަޅަށްވުރެ ބިހަކާއި ދޮންކެޔޮވަކެއް އަގުހެޔޮވާނެއެވެ. އެކި ބާވަތުގެ މޭވާ ނުގަނެވުނަސް، ކަދުރު ގަނެގެން ކެވޭނެއެވެ. އެއީ ރޯދަމަހަށް ހާއްސަ އެއްޗެއް ނޫނެވެ. ބަތްކާ މިންވަރު މަދު ކުރެވޭނެއެވެ. އެއީ ސަރުބީ ޖެހުން މަދުކޮށްދޭނެ ކަމެކެވެ. ހޯމަ ބުރާސްފަތީގައި ރޯދަ ހިފޭނެއެވެ. އެތައް ފައިދާއެއް ހުރި ކަމެކެވެ

ދަރިން ހޯދާ ނިސްބަތް މަދުވުމުގެ ސަބަބުން، ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގައި ގިނަވާނީ ޒުވާނުންނަށްވުރެ މުސްކުޅިންނެވެ. އާދަތަކުގެ ސަބަބުން ގައިންގަޔަށް ނާރާ ބަލިތައް އެހާ ގިނަ ޤައުމެއްގައި، ޒުވާނުންނަށް ވުރެ، ފަލަ ބަލި މުސްކުޅިންތަކެއް ގިނަވާ ދުވަހު އާސަންދައަކަށް ނުކަތާނެއެވެ. އިޤްތިސާދުގައި އެ ހަކަތައެއް ނުހުންނާނެއެވެ. އެދުވަހުން އާސަންދަ ލިމިޓްކުރަން ނުވަތަ އެކީ ކަނޑާލަންވެސް މަޖުބޫރުވެދާނެއެވެ. އާސަންދައަށްވެސް ކެތްވާނީ ވަކި ވަރަކަށްތާއެވެ. ދަރަނިވެރިގެން އަދު ސަރުކާރުތަކުން ވޯޓަށްޓަކައި އެ ހިފަހައްޓާލިއެއްކަމަކު އަބަދަކު އެހެނެއް ނުހިފެހެއްޓޭނެއެވެ. މިއީ ތެޔޮ ވިއްކާ އަރަބި މުއްސަދި ޤައުމެއް ނޫނެވެ. ކިތަންމެ ބަލައިގެން އުޅުނަސް ބަލިމަޑުކަމެއް ޖެހިދާނެއެވެ. އިންސާނުންވީމައެވެ. ނަމަވެސް ދީނުގައި ވަނީ ސަބަބުތަކުގައި ހިފުމަށެވެ. ހަށިގަނޑަށްވެސް ބަލައިގެން އުޅުމަށެވެ. ކެއުމާއި ބުއިމުގައި މެދުމިންގަނޑެއް ހިފެހެއްޓުމަށެވެ

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް