ޕާޓީތައް ދެކެ ފޫހިވެއްޖެއޭ ގޮވަމުން ގޮނޑިތައް ޕާޓީތަކަށް

ރައްޔިތުން ބުނަނީ ޕާޓީތައް ދެކެ ފޫހިވެއްޖެކަމުގައެވެ. ޕާޓީތަކުން ބުނަނީ ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރަން ބޭނުންކަމުގައެވެ. ފެންނަނީ ބަހާއި އަމަލާއި ދިމާވާ މީހުން މަދު ޤައުމެއްގައި ކަންވާނެ ގޮތެވެ. ޕާޓީތައް ދެކެ ފޫހިވެއްޖެކަމުގައި ގޮވަމުން ރައްޔިތުން އަޤްލަބިއްޔަތު ދެނީ ހަމަ ޕާޓީތަކަށެވެ. ލާމަރުކަޒީ ކުރުވަން ވެރިކަމަށް އައިސް ކޮންމެ ޕާޓީއަކުންވެސް ބަލަނީ ބާރުތައް މަރުކަޒީ ކުރެވޭތޯއެވެ.

ދިމަކުރާތީ ނިޒާމަށް ފަހު ރާއްޖޭގެ ހިންގުމުގެ ނިޒާމަށް އެންމެ ބޮޑު ބަދަލެއް ގެނައީ ލާމަރުކަޒީ ނިޒާމެވެ. ކަތީބު ޒަމާނުން ވީއްލި ލާމަރުކަޒީ ޤާނޫނު ފާސްކުރިފަހުން ރާއްޖޭގައި 4 ކައުންސިލް އިންތިހާބު ބާއްވައިފިއެވެ. އެކި ބަދަލުތައް އައިސް ކައުންސިލަރުންގެ އަދަދު އިތުރުވެ އަދި މަދުވެސް ވެއްޖެއެވެ. ވޯޓު ލާން ތިބި އެތައް ބައެއްގެ ހައްޤު އަދި ކުރިމަތިލާން ތިބި އެތައް ބައެއްގެ ހައްޤު ގެއްލޭނެހެން އަންހެނުންނަށް ގޮނޑިތަކެއް ހާއްސަވެސް ކޮށްފިއެވެ.  ހުރިހާ ކަމަކާއި އެކުވެސް އެއް ކަމެއް މުޅި ޤައުމުގައި ދިޔައީ އިތުރުވަމުންނެވެ. އެއީ ސިޔާސީ ޕާޓީތައް ދެކެ ފޫހިވެއްޖެއޭ ބުނާ މީހުންގެ އަދަދެވެ.

ކޮންމެ ޕާޓީއެއް ހޮވި  ނަމަވެސް ވާކަމެއް ނެތޭ ކިޔާ މީހުންނެވެ. އެންމެންވެސް ކުރަނީ ވައްކަމޭ ގޮވާ މީހުންނެވެ. އެހެން ގޮވަގޮވާފައި، ވޯޓު ވިއްކައިގެން ރަށުގެ އެންމެ ވިޔާނުދާ މީހުން މަޤާމުތަކަށް ހޮވާ މީހުންނެވެ. ޕާޓީތައް ދެކެ ކިތަންމެ ފޫހިވެއްޖެކަމުގައި ބުނި ނަމަވެސް ކޮންމެ އިންތިހާބެއްގައި ގޮނޑިތައް ދެނީ ޕާޓީ ތަކަށެވެ. ޕާޓީ ޓިކެޓުގައި ވާދަކުރާ މީހުން ބަހާ މިންވަރު ގިނައީ ކަމަށް ވެދާނެއެވެ. ބުނާ ބަހުގައި އެއްވެސް ބަރުދަނެއް ނުހުންނަނީ ބާވައެވެ.

2011 ވަނަ އަަހަރު ބޭއްވުނު ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކުގެ ގޮނޑިތަކުން މިނިވަން ކެންޑިޑޭޓުންނަށް ލިބުނީ އެންމެ %17 އެވެ. ސިޓީ ކައުންސިލްތަކުގެ އެންމެ ގޮނޑިއެއްވެސް މިނިވަން ކެންޑިޑޭޓަކަށް ލިބިފައެއް ނުވެއެވެ. އަތޮޅު ކައުންސިލް ގޮނޑިތަކުން ލިބުނީ އެންމެ %6 އެވެ.

2014 ވަނަ އަހަރު ބޭއްވުނު ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލް ގޮނޑިތަކުން މިނިވަން ކެންޑިޑޭޓުންނަށް ލިބުނީ އެންމެ %16 އެވެ. ސިޓީ ކައުންސިލްތަކުގެ އެންމެ ގޮނޑިއެއްވެސް މިނިވަން ކެންޑިޑޭޓަކަށް ލިބިފައެއް ނުވެއެވެ. އަތޮޅު ކައުންސިލް ގޮނޑިތަކުން ލިބުނީ އެންމެ %2 އެވެ. މި އަހަރަކީ ރަށު ކައުންސިލް ގޮނޑިތަކަށް އެންމެ ގިނަ އަދަދެއްގެ މިނިވަން ކެންޑިޑޭޓުން ވާދަކުރި އަހަރެވެ. މިގޮތުން 500 އަށްވުރެ ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަކުރިއެވެ.

2017 ވަނަ އަހަރު ބޭއްވުނު ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލް ގޮނޑިތަކުން މިނިވަން ކެންޑިޑޭޓުންނަށް ލިބުނީ އެންމެ %18 އެވެ. ސިޓީ ކައުންސިލްތަކުގެ އެންމެ ގޮނޑިއެއްވެސް މިނިވަން ކެންޑިޑޭޓުންނަށް ލިބިފައެއް ނުވެއެވެ. އަތޮޅު ކައުންސިލް ގޮނޑިތަކުން ލިބުނީ އެންމެ %11 އެވެ.

2021 ވަނަ އަހަރު ބޭއްވުނު ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލް ގޮނޑިތަކުން މިނިވަން ކެންޑިޑޭޓުންނަށް ލިބުނީ އެންމެ %20 އެވެ. ސިޓީ ކައުންސިލްތަކުގެ %7 އެވެ. އަތޮޅު ކައުންސިލް ގޮނޑިތަކުން އެންމެ ގޮނޑިއެއްވެސް ނުލިބެއެވެ. ދެން އޮތީ 2026 ވަނަ އަހަރުގެ އިންތިހާބެވެ. ތަފާތެއް ފެންނާނެބާއެވެ.

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް