މެމްބަރުންގެ މުސާރަ ކުޑަކުރަން ވަކާލާތުކުރަނީ ކިތައް ކެންޑިޑޭޓުންތޯ
ކޮމެޓީގެ މަސައްކަތަކީ މަޖިލިސް މެމްބަރެއްގެ މަސައްކަތުން އެއްބައެވެ. ނަމަވެސް ކޮމެޓީ މަސައްކަތަށްވެސް މުސާރައިގެ އިތުރުން އެލަވެންސެއް ނަގައެވެ.
ކޮމެޓީގެ މަސައްކަތަކީ މަޖިލިސް މެމްބަރެއްގެ މަސައްކަތުން އެއްބައެވެ. ނަމަވެސް ކޮމެޓީ މަސައްކަތަށްވެސް މުސާރައިގެ އިތުރުން އެލަވެންސެއް ނަގައެވެ.
އެމް.ޑީ.ޕީއަށް އަލީ ވަހީދު ދޫކޮށްނުލެވިގެން އުޅެނީ، ޕީ.އެން.ސީއަށް އެ ޕާޓީ ނަމުގައި ވާދަކުރާ ބޮޑެތި ޑްރަގް ޑީލަރުން ދޫކޮށްނުލެވިގެން އުޅެނީ، ޕާޓީ ތަކުގެ ވެރިން ވޯޓު ގެއްލިދާނެ ގަންނަ ބިރަކާއި ހެދިއެވެ. ނުގަވައިދުން ޕާކު ކުރާ މީހުން، ލޭނުން ބޭރުން ދުއްވާމީހުން، ބާރު ދުވެލީގައި ދުއްވާ މީހުން، މަގުތަކަށް ކުނިއަޅާ މީހުން، އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން، އެކަން ތަކުރާރު ކުރަނީ ވޯޓަށް ބިރުން ޤައުމުގެ ވެރިން ހުރިހާ ކަމެއް މާފުކޮށްދޭތީއެވެ. ވައްކަންކުރާ މީހުން، …
ގާޒާގެ ރައްޔިތުން ތިބީ ކުޑަ ގޮޅިއަކަށް ލައި ކަސްތަޅުއަޅުވާފައެވެ. އަންހެނުންނާއި، ކުޑަކުދިންނާއި ބަލިމީހުންނާއިވެސް އެކުއެވެ. އެ ތަނަށް އެހީއާއި ކާބޯތަކެތި ހިފައިގެން ދާ ބަޔަކަށް ނުވަދެވެއެވެ. އެހީ ބަލާ އެތެރޭގައި ތިބި ބަޔަކަށް ބޭރަކަށް ނުނިކުމެވެއެވެ. މި ހާލަތުގައި ބަންދުކޮށްފައިވާ އެ ގޮޅިއަށް ޔަހޫދީން ދަނީ ބޮން އަޅަމުންނެވެ. މިއީ ނިރުބަވެރި އަމަލެކެވެ. ހަނގުރާމައެއް ނޫނެވެ. ފަލަސްތީނުގެ ރައްޔިތުންނަކަށް “ޑުއަލް ސިޓިޒަންޝިޕޭ” ކިޔާފައި، ޗުއްޓީ ހަދާލައި ރާޅާ އަރާކަށް ރާއްޖެއަކަށް ނާދެވެއެވެ. ދެން ޔަހޫދީ ނިރުބަވެރިންނަށް ދުނިޔެ މަތީގައިވާ ސުވަރުގެކަމަށް ސިފަކުރާ މަންޒިލަށް އާދެވެންވީ ވަކި ކީއްވެތޯއެވެ.
އާބާދީގެ ބޮޑު ބައެއް އެއްފަހަރައި މުސްކުޅިވެ، އާބާދީ އިތުރުވާ މިންވަރާއި ޒުވާނުން ޤައުމުގައި މަދުވުމަކީ އޭގެ ނޭދެވޭ އަސަރު އިޤްތިސާދަށް ކުރާނެ ކަމެކެވެ. ޖަޕާނުން އެ ދަނީ އޭގެ ހެކި ފެންނަމުންނެވެ. ދިވެހިރާއްޖެވެސް ހުރީ އެ މިސްރާބަށެވެ
ޕާޓިއެއް ވެރިކަމަށް އަންނަނީ ފަސް އަހަރު އިދިކޮޅުގައި އޮވެ ކުރާ ބުރަމަސައްކަތުންނެވެ. އާންމު މެމްބަރުންގެ މަސައްކަތުންނެވެ. އެ ފަސް އަހަރު ވެރިކަމުގައި އޮތް ޕާޓީތަކުގެ މެމްބަރުން އުކާ އޮށްގަލަށް ނުހަނު ކެތްކޮށްގެންނެވެ. ނަމަވެސް ވެރިކަމަށް އައިސް އެމީހުން ބާކީ ކޮށްލާފައި އެއްކަލަ އޮށްގާ އުކި މީހުން ކައިރި ކުރާ ފިކުރެއް މި ނޫނީ ނެތެވެ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މެދު ޝަކުވާ ނުކުރާ އާންމު ރައްޔިތަކު މަދެވެ. ކޮރަޕްޝަނާއި ރިޝްވަތާއި ދެކޮޅަށް ޝަކުވާ ނުކުރާ ރައްޔިތަކު ނެތެވެ. ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ތަފާސްހިސާބުން ދައްކާގޮތުގައި 19 ވަނަ މަޖިލިސް އިންތިހާބުގައި ވޯޓުލީ އާބާދީގެ 60% މީހުން ރިޝްވަތު ނެގިއެވެ.
ވަރުގަދަ އިދިކޮޅު ޕާޓީއެކޭ ބުނެވޭ ވަރުގެ ޕާޓީއެއް އަދި ނުފެނެއެވެ. ސިޔާސީ މައި ދެ ފިކުރު ވަނީ ފަޅިވެފައެވެ. މަޖިލިސް އިންތިހާބަށްފަހު ޕާޓީތަކުގެ އެތެރޭގެ އިންތިހާބު އަދި އޮތީއެވެ. މިއާއިއެކު އިތުރަށް ރޫޅޭނެއެވެ. ތިޔަބޭފުޅުންގެ ނަޒަރުގައި މި ދައުރުގައި މައި އިދިކޮޅު ޕާޓީއަކަށް ވާނީ ކޮން ޕާޓީއެއްތޯ؟
ދާދިފަހުން ސަރުކާރުން ހާމަކުރި ތަފާސްހިސާބަކުން ދައްކާގޮތުގައި ކޮންމެ ގައިދީއަކަށް މަހެއްގެ މައްޗަށް 30ހާހާއި ގާތްކުރާ އަދަދަކަށް ހަރަދުކުރަންޖެހެއެވެ. މިއީ ސުވާލު އުފެދޭ އަދަދުތަކެކެވެ. މިއާއެކު ނަޒަރު ހިންގާލަން ޖެހެނީ ގޭބިސީތަކުގެ ހަރަދަށެވެ. ޤާނޫނުތަކާއި ޤަވައިދުތަކަށް ބޯލަބައިގެން ދިރިއުޅޭ ރައްޔިތު މީހާގެ މާލީ ހާލަތަށެވެ
ދުނިޔެއަކީ ވަގުތީ ތަނެކެވެ. މަރުގެންދަވާ ވަގުތު ޖެހުމުން ގެންދަވާނެއެވެ. ނަމަވެސް ޒުވާން އުމުރުގައި ހާޓް އެޓޭކް ޖެހުމާއި، ސޮޓްރޯކް އަދި ކެންސަރު ބަލި ޖެހުން އިތުރުވުމީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ދިރާސާކޮށް ހައްލު ހޯދަންޖެހޭ ކަމެކެވެ. ތަރުކާރީއާއި މޭވާވެސް މިވަނީ ކެމިކަލް ޖެހިޖެހީނުން ނުކުވޭ ވަރު ކޮށްފައެވެ. ދުންފަތުގެ އިސްތިއުމާލުކުރުން އެހާ ގިނައެވެ. ހެލިފެލިވެ އުޅޭވަރު މަދެވެ
ލިޔެކިޔުންތައް ހޯދުމަށް އައި.ޖީ.އެމް.އެޗްގައި ތަކުރާރުކޮށް އާއިލާއިން އެދުނެވެ. ނަމަވެސް ނުދިނެވެ. އާއިލާއިން ބުނާގޮތުގައި، ޑރ.ނަޒީމް އާއި ބައްދަލުކުރުމުން ބުނީ “ލިޔެކިޔުންތަކެއް ނުލިބޭނެ، އާއިލާއިން ތި އުޅެނީ ހޮސްޕިޓަލާއި ޗެލެންޖް ކުރަންތަ؟” މިހެންނެވެ