ކެންސަރާއި ކުއްލި މަރުތައް އިތުރުވާއިރު ދިރާސާއެއްހާ ހިސާބުވެސް ނެތް

ދުނިޔެއަކީ ވަގުތީ ތަނެކެވެ. މަރުގެންދަވާ ވަގުތު ޖެހުމުން ގެންދަވާނެއެވެ. ނަމަވެސް ޒުވާން އުމުރުގައި ހާޓް އެޓޭކް ޖެހުމާއި، ސޮޓްރޯކް އަދި ކެންސަރު ބަލި ޖެހުން އިތުރުވުމީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ދިރާސާކޮށް ހައްލު ހޯދަންޖެހޭ ކަމެކެވެ. ތަރުކާރީއާއި މޭވާވެސް މިވަނީ ކެމިކަލް ޖެހިޖެހީނުން ނުކުވޭ ވަރު ކޮށްފައެވެ. ދުންފަތުގެ އިސްތިއުމާލުކުރުން އެހާ ގިނައެވެ. ހެލިފެލިވެ އުޅޭވަރު މަދެވެ

ދިނީ ހޮސްޕިޓަލާއި ޗެލެންޖު ނުކުރެވޭނެ ކަމުގެ އިންޒާރު

ލިޔެކިޔުންތައް ހޯދުމަށް އައި.ޖީ.އެމް.އެޗްގައި ތަކުރާރުކޮށް އާއިލާއިން އެދުނެވެ. ނަމަވެސް ނުދިނެވެ. އާއިލާއިން ބުނާގޮތުގައި، ޑރ.ނަޒީމް އާއި ބައްދަލުކުރުމުން ބުނީ “ލިޔެކިޔުންތަކެއް ނުލިބޭނެ، އާއިލާއިން ތި އުޅެނީ ހޮސްޕިޓަލާއި ޗެލެންޖް ކުރަންތަ؟” މިހެންނެވެ

އޮޕަރޭޝަން ކުރާ ގަޑިޖެހުނު އިރު ތިއޭޓަރު ތަޅުލާފައި

އޮޕަރޭޝަން ތިއޭޓަރާއި ހަމައަށް ދިޔައިރު އެތަން ހުރީ ތަޅުލާފައެވެ. އެއްވެސް މުވައްޒަފެއް ނެތެވެ. ޑޮކްޓަރުގެ މަސައްކަތުން، މުވައްޒަފުންނަށް ގުޅައިގެން ގެނެސް، އޮޕަރޭޝަން ތިއޭޓަރ ހުޅުވާ އޮޕަރޭޝަން ފެށޭވަރުވީ މެންދަމު 2 ޖަހަން އުޅެނިކޮށެވެ

ދަރިން ފަތަން ޖެހެނީ ނަޖިސް ފެނުގައި

މާލޭގެ ފަތާ ޓްރެކަކީ އަބަދުވެސް ނަޖިސް ވަންނަ ތަނެކެވެ. ގިނަ ފަހަރު އުކާލާ ކުނި ކޮތަޅު ތަކުންނެވެ. އަދި މިފަހުން އިންސާނުންގެ ބޮޑުކަމުދާތަކެތީގެ އަސަރުވެސް އެތާ ހުރެއެވެ. މިހާރު މި ފެތުރޭ ބޭރަން ހިންގާ ބަލީގެ އަސްލަކަށްވެސް މިކަން ވެދާނެ ކަމަށް ގިނަ ޑޮކްޓަރުން ބުނެއެވެ

މެޑިކަލް ނެގްލިޖެންސް އަށް ފަރުވާއެއް

އަހަރަކަށްވުރެ އަހަރެއް މެޑިކަލް ނެޖްލިޖެންސް ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. އެދެވޭ އެއްވެސް ފިޔަވަޅެއް ނޭޅެއެވެ. އަޅުގަނޑުމެންގެ މަސައްކަތްތަކަށް ވާނީ މިފަދަ ހާދިސާތަކުގެ ވީހާވެސް ގިނަ ރިޕޯޓްތަކެއް އެއްކޮށް ޕެޓިޝަނަކާއި އެކު މަޖިލީހަށް ހުށަހެޅުމުވެ
އެފަދަ ކޭސްއަކާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަން ބޭނުންފުޅުނަމަ އަދި ޕެޓިޝަންގެ މަސައްކަތުގައި ބައިވެރިވާން ބޭނުންފުޅުނަމަ އަޅުގަނޑުމެނަށް ވަކިން މެސެޖްކޮށްދެއްވާށެވެ

ބެރިކޭޑާއި ކޯނަށް މުސާރަ ހައްޤު

ދިވެހިރާއްޖޭގެ މައި ދޮރާއްޓެވެ. އެންމެ ސަލާމަތީ އިންތިޒާމްތައް ވަރުގަދަ ވާންޖެހޭ އެއް ތަނެވެ. ރާއްޖޭގެ އެންމެ ބޮޑު އަދި މައި އެއާރޕޯޓެވެ. ބްރިޖް ހުރަސްކޮށް ހުޅުލެއަށް ވަދެވޭ މަގުގައި ފުލުހުންގެ ޗެކްޕޯސްޓެއް ހުރެއެވެ. އެދިމާލުން މަގުގެ ދެ ފެރާތުގައި ބެރިކޭޑް ހުރެއެވެ. ދުވެލި މަޑުކުރުވާށެވެ. މި ޗެކްޕޯސްޓާއި ބެރިކޭޑްތައް ދުވާލަކު 24 ގަޑިއިރު ޑިއުޓީ އަދާކުރެއެވެ. ވެހޭ ވާރޭއެއް ދޭ އައްވަޔަކަށް ނުބަލައެވެ. ޤައުމީ ޙިދުމަތުގައެވެ. ޔުނިފޯމް އެޅި ފުލުހެއް އެ ދިމާލުން ފެންނަނީ މަދު ފަހަރަކުއެވެ. …

ބެރިކޭޑާއި ކޯނަށް މުސާރަ ހައްޤު Read More »

ކުޅުދުއްފުއްޓާއި 23

މިހާރު އެއީ މުޅިން ތަފާތު ރަށެކެވެ. ސިޓީއެއްގެ ކުލަ ޖެހެން ފަށައިފިއެވެ. މީގެ ފަސް ވަރަކަށް އަހަރު ކުރިން ރަށަށް ޒިޔާރަތްކުރި މީހަކު މިއަދު ރަށުތެރޭގައި ހިގާލުމުން ހީވާނީ ހަމަ މުޅިން އެހެން ރަށަކަށް އާދެވުނުހެނެވެ. މަގުތަކުގައި ތާރުއެޅި، އާންމުންގެ ގެތައް ތިން ހަތަރު ބުރިއަށް އުފުލިގެން ހިނގައްޖެއެވެ. ބޭންކް، ޔުނިވާރސިޓީ އަދި ބޮޑެތި ވިޔަފާރިތަކުގެ ގޮފިތައް ވަނީ ގާއިމް ކުރެވިފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އަޅަން ފެށުނު އެއާރޕޯޓްގެ ނަފާ ރަށަށް ކުރަން ފަށައިފިއެވެ. ކައިރި …

ކުޅުދުއްފުއްޓާއި 23 Read More »

ވޯޓް ވިއްކުމުގެ ނަތީޖާ

ހާޒިރީ އާއި ޤާނޫނުތަކުގެ މައްސަލަ ފެންމަތިވާ ކޮންމެ ފަހަރަކު މީސްމީޑިއާގައި ފާޑުކިޔާ ފަރާތްތަކުގެ އިގިލިކުރީގައި އޮންނަ ފާޑުކިޔުމަކީ މަޖިލީހުގައި ތިބީ ވިޔަފާރިވެރިންކަމުގައެވެ. ހުސް ނުކިޔަވާ މީހުން ކަމުގައެވެ. އަހްލާގީ މިންގަނޑުދަށް ބައެއް ކަމުގައެވެ. ރައްޔިތުންނަށް ހެޔޮ އެދޭ ބަޔަކު ނެތް ކަމުގައެވެ. ސުވާލަކީ މަޖިލީހަކީ މިފަދަ މީހުންނަށް އަމިއްލައަށް ވަދެ އިށީދެވޭ ތަނެއް ތޯއެވެ. މަޖިލީހުގެ ގޮޑީގައި އިދެވެނީ ދާއިރާއެއްގެ ރައްޔިތުންގެ މެޖޯރިޓީ ވޯޓް ލިބިގެންނެވެ. ޓްރާންސްޕޭރަންސީ އިން 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއި ގުޅޭ ގޮތުން ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުން އެ އިންތިހާބުގައި ވޯޓް ލެވޭ އާބާދީގެ %60 މީހުން ވޯޓް ވިއްކިއެވެ. އެހެންކަމުން ވިޔަފާރިވެރިންވެސް، އަޚްލާގެއް ނެތް މީހުންވެސް، ރައްޔިތުންނަށް އަޅާލުމެއް ނެތް މީހުންވެސް މަޖިލީހަށް ވެއްދީ ހަމަ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވޯޓް ވިއްކައިގެންނެވެ. އަނެއް ސުވާލަކީ، ވޯޓް ގަންނަން މަޖިލީހަށް ހޮވޭ މީހުން ފައިސާ ހޯދަނީ ކޮންގޮތަކުންތޯއެވެ. އެމީހުންނަށް ފައިސާ ދޭ ފަރާތްތަކުން ފައިސާ ދެނީ ހަމަ އެއްވެސް ސަރުތަކާ ނުލާތޯއެވެ.