ކުޅުދުއްފުއްޓާއި 23

މިހާރު އެއީ މުޅިން ތަފާތު ރަށެކެވެ. ސިޓީއެއްގެ ކުލަ ޖެހެން ފަށައިފިއެވެ. މީގެ ފަސް ވަރަކަށް އަހަރު ކުރިން ރަށަށް ޒިޔާރަތްކުރި މީހަކު މިއަދު ރަށުތެރޭގައި ހިގާލުމުން ހީވާނީ ހަމަ މުޅިން އެހެން ރަށަކަށް އާދެވުނުހެނެވެ. މަގުތަކުގައި ތާރުއެޅި، އާންމުންގެ ގެތައް ތިން ހަތަރު ބުރިއަށް އުފުލިގެން ހިނގައްޖެއެވެ. ބޭންކް، ޔުނިވާރސިޓީ އަދި ބޮޑެތި ވިޔަފާރިތަކުގެ ގޮފިތައް ވަނީ ގާއިމް ކުރެވިފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އަޅަން ފެށުނު އެއާރޕޯޓްގެ ނަފާ ރަށަށް ކުރަން ފަށައިފިއެވެ. ކައިރި …

ކުޅުދުއްފުއްޓާއި 23 Read More »

ވޯޓް ވިއްކުމުގެ ނަތީޖާ

ހާޒިރީ އާއި ޤާނޫނުތަކުގެ މައްސަލަ ފެންމަތިވާ ކޮންމެ ފަހަރަކު މީސްމީޑިއާގައި ފާޑުކިޔާ ފަރާތްތަކުގެ އިގިލިކުރީގައި އޮންނަ ފާޑުކިޔުމަކީ މަޖިލީހުގައި ތިބީ ވިޔަފާރިވެރިންކަމުގައެވެ. ހުސް ނުކިޔަވާ މީހުން ކަމުގައެވެ. އަހްލާގީ މިންގަނޑުދަށް ބައެއް ކަމުގައެވެ. ރައްޔިތުންނަށް ހެޔޮ އެދޭ ބަޔަކު ނެތް ކަމުގައެވެ. ސުވާލަކީ މަޖިލީހަކީ މިފަދަ މީހުންނަށް އަމިއްލައަށް ވަދެ އިށީދެވޭ ތަނެއް ތޯއެވެ. މަޖިލީހުގެ ގޮޑީގައި އިދެވެނީ ދާއިރާއެއްގެ ރައްޔިތުންގެ މެޖޯރިޓީ ވޯޓް ލިބިގެންނެވެ. ޓްރާންސްޕޭރަންސީ އިން 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއި ގުޅޭ ގޮތުން ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުން އެ އިންތިހާބުގައި ވޯޓް ލެވޭ އާބާދީގެ %60 މީހުން ވޯޓް ވިއްކިއެވެ. އެހެންކަމުން ވިޔަފާރިވެރިންވެސް، އަޚްލާގެއް ނެތް މީހުންވެސް، ރައްޔިތުންނަށް އަޅާލުމެއް ނެތް މީހުންވެސް މަޖިލީހަށް ވެއްދީ ހަމަ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވޯޓް ވިއްކައިގެންނެވެ. އަނެއް ސުވާލަކީ، ވޯޓް ގަންނަން މަޖިލީހަށް ހޮވޭ މީހުން ފައިސާ ހޯދަނީ ކޮންގޮތަކުންތޯއެވެ. އެމީހުންނަށް ފައިސާ ދޭ ފަރާތްތަކުން ފައިސާ ދެނީ ހަމަ އެއްވެސް ސަރުތަކާ ނުލާތޯއެވެ.

މަސްވެރިކަން ހަލާކުކޮށްލަނީ ރޭވިގެން

ވެރިކަމަށް އަންނަން އެންމެ ގަދައަށް ދެއްކި ހަމަ އަގުގެ ވާހަކައިން ފަށަމާތޯއެވެ. މިކަމުގައި މިވަގުތު އިދިކޮޅުގައި އޮތް ޕީ.ޕީ.އެމްގެ ވިސްނުން ފެންނަނީ އެމް.ޑީ.ޕީ އާއި ތަފާތުކޮށެވެ. އެމް.ޑީ.ޕީގެ ވިސްނުމުގައި ހުރީ ނުވަތަ ވޯޓަށް ޓަކައި ރައްޔިތުންނަށް ވިސްނައިދިނީ، ވަކި އަގެއް ހަމަ އަގުގެ ގޮތުގައި ދެއްކާނެކަމެވެ. އެ އަގު ހޯދައިނުދެވުނު ތާނގައި އެއީ ކޮބައިކަންވެސް ބުނެދެވިފައެއް ނުވެއެވެ. ޕީ.ޕީ.އެމްގެ ވިސްނުން ހުރީ ވަކި އަގެއް ހަމައަގޭ ކިޔާފައި ކަނޑައެޅުމުގެ ބަދަލުގައި މަސްވެރިންނަށް ފައިދާވާނެ އަގެއް މަގުފަހިކޮށްދެވޭނެހެން ވެލިއު …

މަސްވެރިކަން ހަލާކުކޮށްލަނީ ރޭވިގެން Read More »

ޓެކްސް ބޮޑުކުރަން ރުހޭނަންތޯ؟

ރާއްޖޭގައި މިވަގުތު ހުރި ސިނާއަތްތައް އިތުރަށް ކުރިއެރުވުމަށް މާގިނަ މަސައްކަތްތަކެއް ސަރުކާރަށް ނުކުރެވޭއިރު، އިޤްތިސާދު ޑައިވައިސިފައި ކޮށް އައު ސިނާއަތްތަކެއް ބިނާކުރުމުގެ އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. ސަރުކާރަށް އިޤްދިސާދޭ ބުނާއިރަށް ފެންނަނީ ރައްޔިތުމީހާގެ ޖީބެވެ. އާއިލާ ބޭފުޅުން ބޭރުގެ އެމްބަސީތަކުގައި ބައިތިިއްބައިގެން ދޭ މުސާރަ ކުޑަކުރުމުގެ ވިސްނުމެއް، ސިޔާސީ މަގާމުތައް މަދުކުރުމުގެ ވިސްނުމެއް ނެތެވެ. ރިސޯޓްތަކުން ނުދައްކާ ހުރި ބިމުކުއްޔާއި ޖޫރިމަނާ ހޯދުމުގެ ވިސްނުމެއް ނެތެވެ. ހުރީ އެކަނިވެރި މަޔާއި، ދެ ވަޒީފާ އަދާކޮށްގެން އަނބިދަރިން ބަަލުންދާ ބަފާގެ ޖީބަށް އަތް ބާނައިގެން ފޭރުމުގެ ވިސްނުމެވެ. މިހާލަތުގައި ޓެކްސް ބޮޑުކުރަން ތިބޭފުޅުން ރުހޭނަންތޯއެވެ؟

މެނިފެސްޓޯ މޫސުން

ރައްޔިތުން ވޭތުކުރަމުން މި ދިޔައީ ތަދު 4 އަހަރެވެ. ވެރިކަން ފެށިގެން ދިޔައީ ގާތް މީހުންނަށް ކޭކު ފޮތިން ބައި އެޅުމުންނެވެ. އާލަމީ ވަބާގެ ތެރޭގައި ނޭވާހޮޅިންނާއި ހަކުރުން ކުރީ ވައްކަމެވެ. ރައްޔިތުން ގޭ ބަންދުކޮށްފައި މާގިރިތެރޭ ކުރީ ޕާޓީއެވެ. އިޤްތިޞާދު ނޭނގި ކުރީ ފައިސާ ޗާޕެވެ. ނަތީޖާއަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލުމެވެ. މުދަލުގެ އަގު އުފުލުމެވެ. ބޭރު ޤައުމަކަށް އަޅުދާސްތުވުމެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި ހައިބަރނޭޓްކުރައްވަމުން ގެންދެވި އެތައް ސިޔާސީ ސާރިދޯޅުންނެއް ގަދަ ނިދިން …

މެނިފެސްޓޯ މޫސުން Read More »

ރައީސް ސޯލިހްގެ އިގްތިސާދީ ތިއަރީ

އެމެރިކާގެ އިކޮނޮމިސްޓެއް ކަމުގައިވާ ސައިމަން ކުޒްނެޓްގެ ބަސްކޮޅެއްގައި ވެއެވެ. ދުނިޔޭގައި ވަނީ 4 ބާވަތެއްގެ އިގްތިސާދެކެވެ. އެއީ ކުރިއަރާފައިވާ ޤައުމުތަކާއި، ކުރިއަރަމުން އަންނަ ޤައުމުތަކާއި، ޖަޕާނާއި އާޖެންޓީނާއެވެ. ޖަޕާނާއި އާޖެންޓީނާގެ އިޤްތިސާދީ ތާރީހާއި އިގްތިސާދް ބައްޓަންވެފައިވާ ގޮތް އެހެން ޤައުމުތަކާއި ހުރި ތަފާތުކަމުންނެވެ. ސައިމަން އަށް އަދު ރާއްޖޭގައި ހިގަމުން މިދާ ކަންކަން ފެންނަނަމަ ދުނިޔޭގައި 5 ވަނަ ބާވަތެއްގެ އިޤްތިސާދެއް ވާކަމުގައި ދަންނަވާ އެއީ ދިވެހިރާއްޖެ ކަމުގައި ހާމަކުރެއްވީސް ކަންނޭގެއެވެ. ދުވަސްކޮޅެއް ކުރިން ޓީމް ސޯލިހް …

ރައީސް ސޯލިހްގެ އިގްތިސާދީ ތިއަރީ Read More »

އަޅުގަނޑުމެންގެ ޤައުމަކަށް އެހެނެއް ނުވާނެދޯ؟

ފަލަސްތީނުގެ ބިން ފޭރިގަތުމުގެ ވިސްނުން އުފެދިގެން އައީ 19ވަނަ ގަރުނުގައި ޔޫރަޕްގައި އުޅުނު ޔަހޫދީންގެ ތެރެއިންނެވެ. އެމީހުން އެންމެ ފުރަތަމަ ފެށީ ފަލަސްތީނުގެ އައްސޭރިފަށުން ބިން ގަންނާށެވެ. މިގޮތަށް އެމީހުންގެ ތެރެއިން ފައިސާވެރިން އެއް ޝަރަޙައްދަކުން ބިން ގަނެ ކޮމިއުނިޓީއެއް ނުވަތަ އެމީހުންގެ ބަހުން ނަމަ ކިބުޓްޒް ތަކެއް ޤާއިމްކުރިއެވެ. މިގޮތަށް ޤާއިމްކުރެވުނު އެންމެ ފުރަތަމަ ކިބުޓްޒް ޤާއިމްކުރެވުނީ 1909 ވަނަ އަހަރުގައެވެ

ދައްޕަރާއި ދިވެހި އާބާދީ

ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރާއްޖޭގެ އިގްތިސާދު ބޭނުންވާ ހިސާބަށް ގެންދިއުމަށް ރާއްޖޭގެ އާބާދީ މާ ކުޑަކަމުގައާއި، ދޭތެރެ ކައިރި ކުރާ ޕްރޮގްރާމެއް ފަށަން ޖެހިދާނެކަމުގައު މިދިޔަ ސެޕްޓެމްބަރ މަހު، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ. މިނިސްޓަރު ފައްޔާޒު ވިދާޅުވެގެން ކިތަންމެ ވަރަކަށް ދޭތެރެ ކައިރި ކުރިޔަސް، ދިވެހިންނަށް ބޯހިޔާވަހިކަން ނުލިބި އިތުރުކުރެވޭނީ ކޮން އާބާދީއެއްތޯއެވެ. ތައުލީމީ މަސައްކަތްތެރި އެތައް ޒުވާނުނެއް ތިއްބައި ބޮޑު މުސާރަ ލިބޭ ބޮޑެތި މަގާމުތައް ވަނީ ބިދޭސީންނަށް ހިބަކޮށް ދީފައެވެ. އަގައާއި އަތާ ދިމާނުވެގެން އުޅޭއިރު ބިނާކުރެވޭނީ ކޮން އާއިލާއެއްތޯއެވެ