Uncategorized

ދެވޭނީ ކިހާވަރެއް؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މެދު ޝަކުވާ ނުކުރާ އާންމު ރައްޔިތަކު މަދެވެ. ކޮރަޕްޝަނާއި ރިޝްވަތާއި ދެކޮޅަށް ޝަކުވާ ނުކުރާ ރައްޔިތަކު ނެތެވެ. ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ތަފާސްހިސާބުން ދައްކާގޮތުގައި 19 ވަނަ މަޖިލިސް އިންތިހާބުގައި ވޯޓުލީ އާބާދީގެ 60% މީހުން ރިޝްވަތު ނެގިއެވެ.

މި ދައުރުގެ މައި އިދިކޮޅު ޕާޓީއަކަށް ވާނީ؟

ވަރުގަދަ އިދިކޮޅު ޕާޓީއެކޭ ބުނެވޭ ވަރުގެ ޕާޓީއެއް އަދި ނުފެނެއެވެ. ސިޔާސީ މައި ދެ ފިކުރު ވަނީ ފަޅިވެފައެވެ. މަޖިލިސް އިންތިހާބަށްފަހު ޕާޓީތަކުގެ އެތެރޭގެ އިންތިހާބު އަދި އޮތީއެވެ. މިއާއިއެކު އިތުރަށް ރޫޅޭނެއެވެ. ތިޔަބޭފުޅުންގެ ނަޒަރުގައި މި ދައުރުގައި މައި އިދިކޮޅު ޕާޓީއަކަށް ވާނީ ކޮން ޕާޓީއެއްތޯ؟

ޖީބަށް ނަޒަރު ހިންގާލުން

ދާދިފަހުން ސަރުކާރުން ހާމަކުރި ތަފާސްހިސާބަކުން ދައްކާގޮތުގައި ކޮންމެ ގައިދީއަކަށް މަހެއްގެ މައްޗަށް 30ހާހާއި ގާތްކުރާ އަދަދަކަށް ހަރަދުކުރަންޖެހެއެވެ. މިއީ ސުވާލު އުފެދޭ އަދަދުތަކެކެވެ. މިއާއެކު ނަޒަރު ހިންގާލަން ޖެހެނީ ގޭބިސީތަކުގެ ހަރަދަށެވެ. ޤާނޫނުތަކާއި ޤަވައިދުތަކަށް ބޯލަބައިގެން ދިރިއުޅޭ ރައްޔިތު މީހާގެ މާލީ ހާލަތަށެވެ

ކެންސަރާއި ކުއްލި މަރުތައް އިތުރުވާއިރު ދިރާސާއެއްހާ ހިސާބުވެސް ނެތް

ދުނިޔެއަކީ ވަގުތީ ތަނެކެވެ. މަރުގެންދަވާ ވަގުތު ޖެހުމުން ގެންދަވާނެއެވެ. ނަމަވެސް ޒުވާން އުމުރުގައި ހާޓް އެޓޭކް ޖެހުމާއި، ސޮޓްރޯކް އަދި ކެންސަރު ބަލި ޖެހުން އިތުރުވުމީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ދިރާސާކޮށް ހައްލު ހޯދަންޖެހޭ ކަމެކެވެ. ތަރުކާރީއާއި މޭވާވެސް މިވަނީ ކެމިކަލް ޖެހިޖެހީނުން ނުކުވޭ ވަރު ކޮށްފައެވެ. ދުންފަތުގެ އިސްތިއުމާލުކުރުން އެހާ ގިނައެވެ. ހެލިފެލިވެ އުޅޭވަރު މަދެވެ

ދިނީ ހޮސްޕިޓަލާއި ޗެލެންޖު ނުކުރެވޭނެ ކަމުގެ އިންޒާރު

ލިޔެކިޔުންތައް ހޯދުމަށް އައި.ޖީ.އެމް.އެޗްގައި ތަކުރާރުކޮށް އާއިލާއިން އެދުނެވެ. ނަމަވެސް ނުދިނެވެ. އާއިލާއިން ބުނާގޮތުގައި، ޑރ.ނަޒީމް އާއި ބައްދަލުކުރުމުން ބުނީ “ލިޔެކިޔުންތަކެއް ނުލިބޭނެ، އާއިލާއިން ތި އުޅެނީ ހޮސްޕިޓަލާއި ޗެލެންޖް ކުރަންތަ؟” މިހެންނެވެ

އޮޕަރޭޝަން ކުރާ ގަޑިޖެހުނު އިރު ތިއޭޓަރު ތަޅުލާފައި

އޮޕަރޭޝަން ތިއޭޓަރާއި ހަމައަށް ދިޔައިރު އެތަން ހުރީ ތަޅުލާފައެވެ. އެއްވެސް މުވައްޒަފެއް ނެތެވެ. ޑޮކްޓަރުގެ މަސައްކަތުން، މުވައްޒަފުންނަށް ގުޅައިގެން ގެނެސް، އޮޕަރޭޝަން ތިއޭޓަރ ހުޅުވާ އޮޕަރޭޝަން ފެށޭވަރުވީ މެންދަމު 2 ޖަހަން އުޅެނިކޮށެވެ

ދަރިން ފަތަން ޖެހެނީ ނަޖިސް ފެނުގައި

މާލޭގެ ފަތާ ޓްރެކަކީ އަބަދުވެސް ނަޖިސް ވަންނަ ތަނެކެވެ. ގިނަ ފަހަރު އުކާލާ ކުނި ކޮތަޅު ތަކުންނެވެ. އަދި މިފަހުން އިންސާނުންގެ ބޮޑުކަމުދާތަކެތީގެ އަސަރުވެސް އެތާ ހުރެއެވެ. މިހާރު މި ފެތުރޭ ބޭރަން ހިންގާ ބަލީގެ އަސްލަކަށްވެސް މިކަން ވެދާނެ ކަމަށް ގިނަ ޑޮކްޓަރުން ބުނެއެވެ

ބެރިކޭޑާއި ކޯނަށް މުސާރަ ހައްޤު

ދިވެހިރާއްޖޭގެ މައި ދޮރާއްޓެވެ. އެންމެ ސަލާމަތީ އިންތިޒާމްތައް ވަރުގަދަ ވާންޖެހޭ އެއް ތަނެވެ. ރާއްޖޭގެ އެންމެ ބޮޑު އަދި މައި އެއާރޕޯޓެވެ. ބްރިޖް ހުރަސްކޮށް ހުޅުލެއަށް ވަދެވޭ މަގުގައި ފުލުހުންގެ ޗެކްޕޯސްޓެއް ހުރެއެވެ. އެދިމާލުން މަގުގެ ދެ ފެރާތުގައި ބެރިކޭޑް ހުރެއެވެ. ދުވެލި މަޑުކުރުވާށެވެ. މި ޗެކްޕޯސްޓާއި ބެރިކޭޑްތައް ދުވާލަކު 24 ގަޑިއިރު ޑިއުޓީ އަދާކުރެއެވެ. ވެހޭ ވާރޭއެއް ދޭ އައްވަޔަކަށް ނުބަލައެވެ. ޤައުމީ ޙިދުމަތުގައެވެ. ޔުނިފޯމް އެޅި ފުލުހެއް އެ ދިމާލުން ފެންނަނީ މަދު ފަހަރަކުއެވެ. …

ބެރިކޭޑާއި ކޯނަށް މުސާރަ ހައްޤު Read More »

ކުޅުދުއްފުއްޓާއި 23

މިހާރު އެއީ މުޅިން ތަފާތު ރަށެކެވެ. ސިޓީއެއްގެ ކުލަ ޖެހެން ފަށައިފިއެވެ. މީގެ ފަސް ވަރަކަށް އަހަރު ކުރިން ރަށަށް ޒިޔާރަތްކުރި މީހަކު މިއަދު ރަށުތެރޭގައި ހިގާލުމުން ހީވާނީ ހަމަ މުޅިން އެހެން ރަށަކަށް އާދެވުނުހެނެވެ. މަގުތަކުގައި ތާރުއެޅި، އާންމުންގެ ގެތައް ތިން ހަތަރު ބުރިއަށް އުފުލިގެން ހިނގައްޖެއެވެ. ބޭންކް، ޔުނިވާރސިޓީ އަދި ބޮޑެތި ވިޔަފާރިތަކުގެ ގޮފިތައް ވަނީ ގާއިމް ކުރެވިފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އަޅަން ފެށުނު އެއާރޕޯޓްގެ ނަފާ ރަށަށް ކުރަން ފަށައިފިއެވެ. ކައިރި …

ކުޅުދުއްފުއްޓާއި 23 Read More »