ހިޔާލު ފާޅު ކުރުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްޤެކެވެ

ވެރިން ކުރާ ވައްކަމާއި ދެކޮޅޭ ކިޔާފައި، ހަމަ އެ ފައިސާއަށް ވޯޓު ވިއްކާނުލާށެވެ
ވައްކަމުގެ ފާހަގައެވެ. ރައްޔިތުންގެ ފައިސާއެވެ. ކުންފުނިތަކާއި ވުޒާރާތަކެވެ. ވަކިތަނެއް ވަކި ގިންތިއެއް ނެތެވެ. ވެރިން ކެވުނު ގޮތަކަށް ކަނީއެވެ. ދައުރު ހަަމަވުމުން ކުރިމަތިލަނީ މަޖިލީހަށެވެ. އަނެއް ފަސް އަހަރު ކާށެވެ. އެހެން މަޤާމެއްގައި ހުރެއެވެ. ކުރިން ކެއި ރައްޔިތުންގެ ފައިސާއިން، ރައްޔިތުންގެ އަތުން ވޯޓު ގަނެގެނެވެ. ނަމަވެސް އެކަންވަނީ ރައްޔިތުން ވޯޓު ވިއްކާތީއެވެ ހިތާމައިގެ ކޮޅެއްނެތެވެ. ދާއިރާގައި އުޅޭ ޑްރަގް ލޯޑަށްވެސް ވޯޓު ވިއްކާލަނީއެވެ. އެ ދިނީ ތިމާގެ ދަރިންނަށް

މިނިވަންކަމުގެ އަސާސެއްގައި ރެނދުލައިފި
ސަރުކާރަށް އެ ލިބެނީ ލައިސެންސެކެވެ. މިނިވަންކަމުގެ އަސާސަކާއި ކުޅެލުމުގެ ލައިސެންސެކެވެ. ދެން އަންނާނީ ކަންމަތީ ފިހާރައާއި ދިމާލަށް ނޫންކަމެއް ނޭގެއެވެ. އެއަށްފަހު އާންމު މީހާ އޭނާގެ ޖީބުން ހަރުދު ކުރާނެ ގޮތްވެސް ކަނޑައަޅާނީ ސަރުކާރުންނެވެ. މި ދެވެނީ އެވަރުގެ ލައިސެންސެކެވެ

ރޯދަމަހު ވޯޓު ވިއްކަން ދުވި ބަޔަކަށް ރީތީގެ މުބާރާތް ފެނި ހަރާމް ހަލާލް ހަދާންވެއްޖެ
އެއްވެސް އަހްލާގެއް ނެތް، ތައުލީމެއް ނެތް، އުޅުމެއް ނެތް، އެތައް ބަޔަކަށް ވޯޓު ވިއްކީއެވެ. ރައްޔިތުން ބުނަނީ ތިމަންނަމެން ބޭނުމީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފިޔަވަޅު އަޅާށެވެ. ކޮރަޕްޝަން ހުއްޓުވާށެވެ. މަޖިލީހަށް ތައުލީމީ ޤާބިލް މީހުން ހޮވާށެވެ. ވިޔަފާރިވެެރިންގެ ކޮންޓްރޯލް ކުޑަކުރާށެވެ. ނަމަވެސް ވޯޓަކާއި ޖެހުމުން ވޯޓު ވިއްކާލަނީ އޭގެ އެންމެ އިދިކޮޅު މީހާއަށެވެ. ހަލާލް ހަރާމް ކީއްކުރަންތޯ، ތިމާމެންގެ އަމިއްލަ ބުނުމަށް ވެސް ހަރާންކޯރުވި ބައެކެވެ

ދާއިރާގެ ޕެޓިޝަނަކާއިއެކު މެމްބަރު ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބެންޖެހޭ
ދާއިރާތައް ހަގީގީ މާނައިގައި ތަމްސީލުކުރާނެ މެމްބަރުންނެއް މަޖިލީހަކު ނުތިބެއެވެ. ކިތަންމެ ބޮޑު ވައްކަމެއް ނުވަތަ ކުށެއް ކޮށްފައިވެސް ސިޔާސީ ހިޔަލުގެ ނިވަލުގައި ތިބެނީއެވެ. ރައްޔިތުންނަށް ބަސް ބުނަން ލިބެނީ ފަސް އަހަރު ފަހުންނެވެ

ޓެކްސްތައް ބޮޑު ނުކޮށް މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަންވީ
މަޖިލިސް މެމްބަރުންނަށް ބެލިކަމުގައިވިޔަސް، މުސާރައާއި ކޮމެޓީ އެލަވަންސްއާއި، ހެލްތް އިންސިއުރެންސް ސްކީމްތަކާއި، ހެދުނާއި މެންދުރުގެ ކެއުމާއިއެކު ދައުލަތަން ބޮލަކަށް މަހަކު ލައްކައަކަށްވުރެ ގިނައިން ހަރަދުކުރާނެއެވެ. މެމްބަރުންގެ މުސާރަކުޑަކުރުމުގެ ވިސްނުމެއް ނެތެވެ. ވަޒީރުންގެ މުސާރަ ކުޑަކުރުމުގެ ވިސްނުމެއް ނެތެވެ. ކުރީގެ ރައީސުންނާއި ޤާޒީންނަށް ދޭ އިނާޔަތްތައް ކުޑަކުރުމުގެ ވިސްނުމެއް ނެތެވެ. މީގައި މަޖިލިސް މެމްބަރުންނާއި ސިޔާސީ މީހުން އެކަނި ގޯސްކުރެވޭކަށްވެސް ނެތެވެ
ހިޔާލު
ހިޔާލަކީ މީހާގެ ވިސްނުމާއި ފިކުރާއި ގުޅިގެން ސިކުނޑިއަށް ގެނެވޭ އަދި އެހެން މީހުންނާއި ހިއްސާ ކުރެވޭ ވާހަކަތަކެކެވެ. ދިމަކުރާތީ ނިޒާމުގެ ތެރޭގައި، ދުޅަހެޔޮ މުޖުތަމައުއެއް ބިނާވުމުގެ އެއ އަސްލަކީ ވަކި ތަރަހެއްގެ ތެރޭގައި ނަމަވެސް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމެވެ. މިގޮތުން އެހެން ނޫސް މަޖައްލާއެއްގެ ކޮލަމަކަށް ވުރެ ވަކި މިނިވަން ލިޔުންތަކެއްގެ ގޮތުގައި ރައްޔިތުންނާއި ހަމައަށް ހިޔާލުތަކެއް ގެނެސްދިނުމުގެ މަޤްސަދުގައި 2020 ވަނަ އަހަރު ހިޔާލު ވެބްސައިޓް ވުޖޫދުވެ، ލިޔުންތައް ޝާއިރުކުރެވެން ފެއްޓުނެވެ
ހިޔާލަކީ އެންމެ ފުރިހަމަ މާނައިގައި މިނިވަން މަޖައްލާއެކެވެ. ސަރުކާރުން ނުވަތަ ވިޔަފާރިއެއްގެ އެހީގައި ހިންގޭ މަޖައްލާއެއް ނޫނެވެ. ހިޔާލުގެ ލިޔުންތައް މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައި ވާނީ އިޤްތިސާދު، ސިޔާސީ، އިޖްތިމާއީ އަދި ތާރީހާއި ގުޅޭ އެކި މައުލޫތަކަށެވެ