ހިޔާލު ފާޅު ކުރުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްޤެކެވެ

ޕެޓިޝަންގެ މަޤްސަދު
ދެން އޮތީ ޕެޓިޝަނަށްފަހު ކުރެވޭނީ ކޮންކަމެއްތޯއެވެ. މަޖިލިސް ހުޅުވުމުން ޕެޓިޝަން މަޖިލީހަށް ފޮނުވާނަމެވެ. އުއްމީދެއްގައެއް ނޫނެވެ. ނަމަވެސް ކޮމެޓީއާއި ހަމައަށް ގޮސް ބަހުސްކޮށްލިއަސް އެއީ ވަރަށް ބޮޑުވަރެކެވެ

ޔަހޫދީ ޕާސްޕޯޓު މަނާކުރުން: ވޯޓު ވިއްކި މީހުންވެސް، ވިއްކައިގެން ހޮވުނު މެމްބަރުންވެސް ބަހަބަރު
ބޮޑެތި ނަސާރާ ދައުލަތްތަކުގެ މަޖިލީހުގައިވެސް ފަލަސްތީނުގެ ހައްޤުގައި އެބަ އަޑުއުފުލައެވެ. އިޓަލީގެ މަޖިލީހުގައި އެތައް ފަހަރަކު ފަލަސްތީނުގެ ދިދަ ވިހުރުވާލައިފިއެވެ. އަޔަލޭންޑްގެ މަޖިލީހުން އެވަރަށް މަސައްކަތްކުރެއެވެ. ދިވެހިން ވޯޓު ވިއްކައިގެން ހޮވި މަޖިލިސް ބަހަބަރެވެ.

ފައިސާއަށް ކިޔުމާއި އަނބުރާ ނުދިނުމުގެ އާދަ
އާދަކާދައިގެ ގޮތުން ކާބަފައިންގެ ނަން ލިޔެވިފައިވަނީ ހިތްހެޔޮ، އޯގާތެރި އަދި މެހެންދާރީ އަދާކުރުމުގައި ދެވަނައެއް ނެތް ބައެއްގެ ގޮތުގައެވެ. ދިރިއުޅުން ބައްޓަންކޮށްފައިވަނީ ވަރަށް ސާފު ސީދާކޮށް ފުދިގެން އުޅެވޭނެ ގޮތަކަށެވެ. އޭރުވެސް ދިރިއުޅުމުގެ ދަތިތައް ހުންނާނެއެވެ. ނޭދެވޭ އުޅުމެއްގެ މަދު މީހަކު ނޫޅޭނެ ވާހަކައެއް ނޫނެވެ. ކޮންމެ މުޖުތަމައު އެއްގައިވެސް، ކޮންމެ ޒަމާނެއްގައި ވެސް، އެފަދަ މީހުން އުޅޭނެއެވެ. ނަމަވެސް މުޖުތަމައުގެ ސިފަ ބަޔާން ކުރާނީ އަގްލަބިއްޔަތުގެ އުޅުމަށް ބަލާފައެވެ

ވައިކަރަދޫ – އުފެއްދުންތެރި ފުދުންތެރި ރަށެއް
ސުފުރާ މަތީ މެންދުރު ކައުން ތައްޔާރުކޮށްފައި ހުއްޓެވެ. ދިވެހި ކެއުމެކެވެ. ގަރުދިޔަ އާއި ބަތެވެ. މުރަނގަ ފަތާއި ކިއުކަމްބަލެވެ. ދެ ބާވަތެއްގެ އަލައެވެ. ފިހުނު މަހާއި ލޮނުމިރުހެވެ. ފިޔާ، މިރުސް އަދި ލުނބޯވެސް ފަޅިކޮށްފައި ހުއްޓެވެ. އަލަނާސި ޖޫސް ތަށިން ރަހަބަލާލައި ކެއުން ފެށީމެވެ. ފިޔާކޮޅު ފިޔަވައި ހުސް ރަށުގެ އުފެއްދުންތަކެވެ. ދަނޑުވެރި ކަމަށް ލޯބިކުރާ އުފެއްދުންތެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. ހައްދާ ތަކެތިން ފުދިގެން ދިރިއުޅުމެއް އުޅެވެން އޮތް
ހިޔާލު
ހިޔާލަކީ މީހާގެ ވިސްނުމާއި ފިކުރާއި ގުޅިގެން ސިކުނޑިއަށް ގެނެވޭ އަދި އެހެން މީހުންނާއި ހިއްސާ ކުރެވޭ ވާހަކަތަކެކެވެ. ދިމަކުރާތީ ނިޒާމުގެ ތެރޭގައި، ދުޅަހެޔޮ މުޖުތަމައުއެއް ބިނާވުމުގެ އެއ އަސްލަކީ ވަކި ތަރަހެއްގެ ތެރޭގައި ނަމަވެސް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމެވެ. މިގޮތުން އެހެން ނޫސް މަޖައްލާއެއްގެ ކޮލަމަކަށް ވުރެ ވަކި މިނިވަން ލިޔުންތަކެއްގެ ގޮތުގައި ރައްޔިތުންނާއި ހަމައަށް ހިޔާލުތަކެއް ގެނެސްދިނުމުގެ މަޤްސަދުގައި 2020 ވަނަ އަހަރު ހިޔާލު ވެބްސައިޓް ވުޖޫދުވެ، ލިޔުންތައް ޝާއިރުކުރެވެން ފެއްޓުނެވެ
ހިޔާލަކީ އެންމެ ފުރިހަމަ މާނައިގައި މިނިވަން މަޖައްލާއެކެވެ. ސަރުކާރުން ނުވަތަ ވިޔަފާރިއެއްގެ އެހީގައި ހިންގޭ މަޖައްލާއެއް ނޫނެވެ. ހިޔާލުގެ ލިޔުންތައް މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައި ވާނީ އިޤްތިސާދު، ސިޔާސީ، އިޖްތިމާއީ އަދި ތާރީހާއި ގުޅޭ އެކި މައުލޫތަކަށެވެ