ހިޔާލު ފާޅު ކުރުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްޤެކެވެ

ބައިތުލްމާލު ލޫޓުވާލީމައި އިއްޒަތާއި ގަދަރު، ރިހާކުރު ފުޅި ނެގީމައި ގޮޅިއަށް
ކިތައްމެ ކުޑަ މިންވަރެއް ނެގި ނަމަވެސް ވައްކަން ވާނީ ވައްކަމަށެވެ. ނަމަވެސް މި ޤައުމުގައި ބައިތުލްމާލު ލޫޓުވާލީމައި ލިބެނީ އިއްޒަތާއި ގަދަރެވެ. ރިހާކުރު ފުޅި ވަގަށް ނެގީމައި ގޮޅިއަށެވެ.

މުޅި ސާކް ސަރަހައްދުގައި މަޖިލިސް މެމްބަރުންނަށް އެންމެ ބޮޑު މުސާރައެއް ރާއްޖޭގައި
މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކޮށް، ކޮމެޓީ އެލަވެންސް ކަނޑާލާ، އަގުބޮޑު ހެލްތް އިންޝިއުރެންސްގެ ބަދަލުގައި އާސަންދަ ހަމަޖައްސާ އަދި ކުރީގެ މެމްބަރުންގެ އިނާޔަތްތައް ކަނޑާލަން ގޮވާލާ ފެށި ޕެޓީޝަން މަޖިލީހަށް ހުށަހަޅައިފީމެވެ

ކައުންސިލް ތަކުގެ ޒިންމާއަކީ ކޮބައިތޯ
މަރުކަޒީ ނިޒާމަކާއި އަޅުގަނޑުވެސް ދެކޮޅެވެ. އެކަމަކު ލާމަރުކަޒީވާން ލިބުނު ފުރުސަތުގައި، ލާމަރުކަޒީކޮށް ހިންގަންވީ ސަބަބެއް ދައްކައިދެވިއްޖެތޯއެވެ

ކޮރަޕްޓް ސިޔާސީންގެ ހަޤީގީ ބާރަކީ ވޯޓު ވިއްކާ ރައްޔިތުން
ހަމައެކަނި ސިޔާސީ މީހުން ގޯސްކުރެވޭކަށް ނެތެވެ. މުޖުތަމައު ފަސާދަވީ ވިއްކި ވޯޓުންނެވެ. ކޮރަޕްޓް މީހުންގެ އެންމެ ބޮޑެ ބާރަކީ ވޯޓު ވިއްކާ ރައްޔިތުންނެވެ
ރައްޔިތުންގެ މަޖިލީހެއް އޮތްނަމަ މިއަދު އިހްސާނާއި އަމީން އިތުބާރު ނެތްކަމަށް ވޯޓު ނަގާ މަޤާމުން ދުރުކުރީހެވެ.
ރައްޔިތުންގެ ހާދިމުންގެ ގޮތުގައި، ރައްޔިތުން ތަމްސީލް ކުރަން، ބޮޑު މުސާރަ ދީފައި ތިބެނީ ކަމަކުއެވެ. އެމީހުންގެ އެންމެ ބޮޑު ޒިންމާ އަކީ ސަރުކާރާއި މުއައްސަސާތައް ޒިންމާދާރު ކުރުވުމެވެ. އެކަމުގައި ފެއިލްވާ ހިސާބުން ހުރިހާ ކަމެއް ގޯހުން ގޯހަށް ދެއެވެ. ވެރިންނަށް އެމީހުން ކޮންމެ ކަމެއް ކޮށްފައިވެސް މަޤާމުގައި ހުރެވޭނެކަމުގެ ޔަގީންކަން އޮވެއެވެ. ކުރިން ހިނގި ސަފާރީ ރޭޕްކޭސް، މިއަދު ހިނގައިގެން މި އުޅޭ ކަމާއި، ކުރިން ހިނގިހާ ބޮޑެތި ވައްކަންތައްވެސް
ހިޔާލު
ހިޔާލަކީ މީހާގެ ވިސްނުމާއި ފިކުރާއި ގުޅިގެން ސިކުނޑިއަށް ގެނެވޭ އަދި އެހެން މީހުންނާއި ހިއްސާ ކުރެވޭ ވާހަކަތަކެކެވެ. ދިމަކުރާތީ ނިޒާމުގެ ތެރޭގައި، ދުޅަހެޔޮ މުޖުތަމައުއެއް ބިނާވުމުގެ އެއ އަސްލަކީ ވަކި ތަރަހެއްގެ ތެރޭގައި ނަމަވެސް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމެވެ. މިގޮތުން އެހެން ނޫސް މަޖައްލާއެއްގެ ކޮލަމަކަށް ވުރެ ވަކި މިނިވަން ލިޔުންތަކެއްގެ ގޮތުގައި ރައްޔިތުންނާއި ހަމައަށް ހިޔާލުތަކެއް ގެނެސްދިނުމުގެ މަޤްސަދުގައި 2020 ވަނަ އަހަރު ހިޔާލު ވެބްސައިޓް ވުޖޫދުވެ، ލިޔުންތައް ޝާއިރުކުރެވެން ފެއްޓުނެވެ
ހިޔާލަކީ އެންމެ ފުރިހަމަ މާނައިގައި މިނިވަން މަޖައްލާއެކެވެ. ސަރުކާރުން ނުވަތަ ވިޔަފާރިއެއްގެ އެހީގައި ހިންގޭ މަޖައްލާއެއް ނޫނެވެ. ހިޔާލުގެ ލިޔުންތައް މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައި ވާނީ އިޤްތިސާދު، ސިޔާސީ، އިޖްތިމާއީ އަދި ތާރީހާއި ގުޅޭ އެކި މައުލޫތަކަށެވެ