ހިޔާލު ފާޅު ކުރުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްޤެކެވެ

ރައްޔިތުން ގަނަތެޅޭއިރު، ބިދޭސީންނަށް ރަށްވެހިކަންދީ ވަޒަންވެރިކުރުވުމީ ހަމަ ޖެހޭ އުސޫލެއްތޯ؟

ގަތަރުފަދަ ޤައުމުތަކުގެ މިސާލު ނަގައިގެން ދިވެހިން ކަންކަން ކުރުން ހުއްޓާލަން ވެއްޖެއެވެ. ދިވެހިންގެ މެދުގައި ކޮރަޕްޝަން ހުރީ އެފްރިކާގެ ޤައުމުތަކާއި އެއް ފެންވަރެއްގައެވެ

< - އިތުރަށް ކިޔާލުމަށް
ވެރިކަން ލިބުމުން ކޮންމެ ބަޔަކުވެސް ބަލަނީ މިނިވަން ހިޔާލުގައި ތަޅުއަޅުވަން

ރައްޔިތުންވެސް ބުނެއެވެ. ޕާޓީތައް ދެކެ ފޫހިވެއްޖެއެވެ. އެކަމަކު އިންތިހާބެއް އޮންނަ އިރަށް ހޮވަނީ ޕާޓީ ޓިކެޓް އޮންނަ މީހުންނެވެ. ޕާޓީތަކުންވެސް ބުނެއެވެ. މި މަސައްކަތް ކުރަނީ ހައްޤުތައް ހޯދައިދޭށެވެ. އެކަމަކު ބާރު ލިބޭ ދުވަހު ހައްޤުތައް ގިނަކަމުން ފަށަނީ ހަނިކުރާށެވެ

< - އިތުރަށް ކިޔާލުމަށް
ކެޔޮޅާ ދިވެހީންގެ ރާއްޖެއޭ ކިޔާފައި ތިޔަ ލެފީ މިނިކާރާއްޖެއަށް

އަހުރެން ދަންނަ ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކާއި، ވިލުނޫ ފަޅުތަކާއި، ސާފު ޖައްވެކެވެ. މިތާގައި ޖެހުނު ފަޅަކާއި ވިލެއް އޮތިއްޔާ ފަސްއަޅާ ހިއްކަނީއެވެ. އަހުރެން ދަންނަ ރާއްޖެއާއި ހިލާފާށް މިތާގައި ގިނައީ ކަދުރު ރުކެވެ. އަދި އަމުދުން ރަށަކަށް ލެފުމުން މި ފެންނަނީ އެމީހަކަށް ފެނުނު ތާކުން ޖެހުނު ގޮތަކަށް ކަމުންދާ މަންޒަރެވެ

< - އިތުރަށް ކިޔާލުމަށް
ސަރުކާރު ވަޒީފާ އުފެއްދުމާއި ސަރުކާރުން ވަޒީފާ އުފެއްދުމުގެ ތަފާތު

ދިވެހިރާއްޖެ އަދު މިއޮތީ ވަރަށްވެސް ބޮޑަށް ސަރުކާރު ވަޒީފާއަށް ބަރޯސާވެފައެވެ. ވެރިން ދެކެނީ އެއީ ސިޔާސީ ގޮތުން ބާރުލިބިދޭ ހަތިޔާރެއްގެ ގޮތުގައެވެ. އަމިއްލަ ވިޔަފާރިތަކަށް އަދު ޤާނޫނީ ގޮތުންނާއި މާލީ ގޮތުންވެސް ހަމަ ނޭވާލާން އޮތީ ބޮޑެތި ހުރަސްތަކެވެ

< - އިތުރަށް ކިޔާލުމަށް

ހިޔާލު

ހިޔާލަކީ މީހާގެ ވިސްނުމާއި ފިކުރާއި ގުޅިގެން ސިކުނޑިއަށް ގެނެވޭ އަދި އެހެން މީހުންނާއި ހިއްސާ ކުރެވޭ ވާހަކަތަކެކެވެ. ދިމަކުރާތީ ނިޒާމުގެ ތެރޭގައި، ދުޅަހެޔޮ މުޖުތަމައުއެއް ބިނާވުމުގެ އެއ އަސްލަކީ ވަކި ތަރަހެއްގެ ތެރޭގައި ނަމަވެސް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމެވެ. މިގޮތުން އެހެން ނޫސް މަޖައްލާއެއްގެ ކޮލަމަކަށް ވުރެ ވަކި މިނިވަން ލިޔުންތަކެއްގެ ގޮތުގައި ރައްޔިތުންނާއި ހަމައަށް ހިޔާލުތަކެއް ގެނެސްދިނުމުގެ މަޤްސަދުގައި 2020 ވަނަ އަހަރު ހިޔާލު ވެބްސައިޓް ވުޖޫދުވެ، ލިޔުންތައް ޝާއިރުކުރެވެން ފެއްޓުނެވެ

ހިޔާލަކީ އެންމެ ފުރިހަމަ މާނައިގައި މިނިވަން މަޖައްލާއެކެވެ. ސަރުކާރުން ނުވަތަ ވިޔަފާރިއެއްގެ އެހީގައި ހިންގޭ މަޖައްލާއެއް ނޫނެވެ. ހިޔާލުގެ ލިޔުންތައް މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައި ވާނީ އިޤްތިސާދު، ސިޔާސީ، އިޖްތިމާއީ އަދި ތާރީހާއި ގުޅޭ އެކި މައުލޫތަކަށެވެ