ކައުންސިލް ތަކުގެ ޒިންމާއަކީ ކޮބައިތޯ
މަރުކަޒީ ނިޒާމަކާއި އަޅުގަނޑުވެސް ދެކޮޅެވެ. އެކަމަކު ލާމަރުކަޒީވާން ލިބުނު ފުރުސަތުގައި، ލާމަރުކަޒީކޮށް ހިންގަންވީ ސަބަބެއް ދައްކައިދެވިއްޖެތޯއެވެ
މަރުކަޒީ ނިޒާމަކާއި އަޅުގަނޑުވެސް ދެކޮޅެވެ. އެކަމަކު ލާމަރުކަޒީވާން ލިބުނު ފުރުސަތުގައި، ލާމަރުކަޒީކޮށް ހިންގަންވީ ސަބަބެއް ދައްކައިދެވިއްޖެތޯއެވެ
ހަމައެކަނި ސިޔާސީ މީހުން ގޯސްކުރެވޭކަށް ނެތެވެ. މުޖުތަމައު ފަސާދަވީ ވިއްކި ވޯޓުންނެވެ. ކޮރަޕްޓް މީހުންގެ އެންމެ ބޮޑެ ބާރަކީ ވޯޓު ވިއްކާ ރައްޔިތުންނެވެ
ރައްޔިތުންގެ ހާދިމުންގެ ގޮތުގައި، ރައްޔިތުން ތަމްސީލް ކުރަން، ބޮޑު މުސާރަ ދީފައި ތިބެނީ ކަމަކުއެވެ. އެމީހުންގެ އެންމެ ބޮޑު ޒިންމާ އަކީ ސަރުކާރާއި މުއައްސަސާތައް ޒިންމާދާރު ކުރުވުމެވެ. އެކަމުގައި ފެއިލްވާ ހިސާބުން ހުރިހާ ކަމެއް ގޯހުން ގޯހަށް ދެއެވެ. ވެރިންނަށް އެމީހުން ކޮންމެ ކަމެއް ކޮށްފައިވެސް މަޤާމުގައި ހުރެވޭނެކަމުގެ ޔަގީންކަން އޮވެއެވެ. ކުރިން ހިނގި ސަފާރީ ރޭޕްކޭސް، މިއަދު ހިނގައިގެން މި އުޅޭ ކަމާއި، ކުރިން ހިނގިހާ ބޮޑެތި ވައްކަންތައްވެސް ނުބެލި ވަނީ އެކަން ނުބެލިއަސް ކުރެވޭނެ …
ދެން އޮތީ ޕެޓިޝަނަށްފަހު ކުރެވޭނީ ކޮންކަމެއްތޯއެވެ. މަޖިލިސް ހުޅުވުމުން ޕެޓިޝަން މަޖިލީހަށް ފޮނުވާނަމެވެ. އުއްމީދެއްގައެއް ނޫނެވެ. ނަމަވެސް ކޮމެޓީއާއި ހަމައަށް ގޮސް ބަހުސްކޮށްލިއަސް އެއީ ވަރަށް ބޮޑުވަރެކެވެ
ބޮޑެތި ނަސާރާ ދައުލަތްތަކުގެ މަޖިލީހުގައިވެސް ފަލަސްތީނުގެ ހައްޤުގައި އެބަ އަޑުއުފުލައެވެ. އިޓަލީގެ މަޖިލީހުގައި އެތައް ފަހަރަކު ފަލަސްތީނުގެ ދިދަ ވިހުރުވާލައިފިއެވެ. އަޔަލޭންޑްގެ މަޖިލީހުން އެވަރަށް މަސައްކަތްކުރެއެވެ. ދިވެހިން ވޯޓު ވިއްކައިގެން ހޮވި މަޖިލިސް ބަހަބަރެވެ.
އާދަކާދައިގެ ގޮތުން ކާބަފައިންގެ ނަން ލިޔެވިފައިވަނީ ހިތްހެޔޮ، އޯގާތެރި އަދި މެހެންދާރީ އަދާކުރުމުގައި ދެވަނައެއް ނެތް ބައެއްގެ ގޮތުގައެވެ. ދިރިއުޅުން ބައްޓަންކޮށްފައިވަނީ ވަރަށް ސާފު ސީދާކޮށް ފުދިގެން އުޅެވޭނެ ގޮތަކަށެވެ. އޭރުވެސް ދިރިއުޅުމުގެ ދަތިތައް ހުންނާނެއެވެ. ނޭދެވޭ އުޅުމެއްގެ މަދު މީހަކު ނޫޅޭނެ ވާހަކައެއް ނޫނެވެ. ކޮންމެ މުޖުތަމައު އެއްގައިވެސް، ކޮންމެ ޒަމާނެއްގައި ވެސް، އެފަދަ މީހުން އުޅޭނެއެވެ. ނަމަވެސް މުޖުތަމައުގެ ސިފަ ބަޔާން ކުރާނީ އަގްލަބިއްޔަތުގެ އުޅުމަށް ބަލާފައެވެ ޒަމާނާއިއެކު ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެއްޖެއެވެ. ކެއުން …
ސުފުރާ މަތީ މެންދުރު ކައުން ތައްޔާރުކޮށްފައި ހުއްޓެވެ. ދިވެހި ކެއުމެކެވެ. ގަރުދިޔަ އާއި ބަތެވެ. މުރަނގަ ފަތާއި ކިއުކަމްބަލެވެ. ދެ ބާވަތެއްގެ އަލައެވެ. ފިހުނު މަހާއި ލޮނުމިރުހެވެ. ފިޔާ، މިރުސް އަދި ލުނބޯވެސް ފަޅިކޮށްފައި ހުއްޓެވެ. އަލަނާސި ޖޫސް ތަށިން ރަހަބަލާލައި ކެއުން ފެށީމެވެ. ފިޔާކޮޅު ފިޔަވައި ހުސް ރަށުގެ އުފެއްދުންތަކެވެ. ދަނޑުވެރި ކަމަށް ލޯބިކުރާ އުފެއްދުންތެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. ހައްދާ ތަކެތިން ފުދިގެން ދިރިއުޅުމެއް އުޅެވެން އޮތް ރަށެކެވެ. އެންމެ ގިނައިން ހައްދަނީ ދޮންކެޔޮލެވެ. …
ވައްކަމުގެ ފާހަގައެވެ. ރައްޔިތުންގެ ފައިސާއެވެ. ކުންފުނިތަކާއި ވުޒާރާތަކެވެ. ވަކިތަނެއް ވަކި ގިންތިއެއް ނެތެވެ. ވެރިން ކެވުނު ގޮތަކަށް ކަނީއެވެ. ދައުރު ހަަމަވުމުން ކުރިމަތިލަނީ މަޖިލީހަށެވެ. އަނެއް ފަސް އަހަރު ކާށެވެ. އެހެން މަޤާމެއްގައި ހުރެއެވެ. ކުރިން ކެއި ރައްޔިތުންގެ ފައިސާއިން، ރައްޔިތުންގެ އަތުން ވޯޓު ގަނެގެނެވެ. ނަމަވެސް އެކަންވަނީ ރައްޔިތުން ވޯޓު ވިއްކާތީއެވެ ހިތާމައިގެ ކޮޅެއްނެތެވެ. ދާއިރާގައި އުޅޭ ޑްރަގް ލޯޑަށްވެސް ވޯޓު ވިއްކާލަނީއެވެ. އެ ދިނީ ތިމާގެ ދަރިންނަށް މަސްތުވާތަކެތި ވިއްކައިގެން ހޯދި ފައިސާއެވެ. އެވަރަށް …
ވެރިން ކުރާ ވައްކަމާއި ދެކޮޅޭ ކިޔާފައި، ހަމަ އެ ފައިސާއަށް ވޯޓު ވިއްކާނުލާށެވެ Read More »
ސަރުކާރަށް އެ ލިބެނީ ލައިސެންސެކެވެ. މިނިވަންކަމުގެ އަސާސަކާއި ކުޅެލުމުގެ ލައިސެންސެކެވެ. ދެން އަންނާނީ ކަންމަތީ ފިހާރައާއި ދިމާލަށް ނޫންކަމެއް ނޭގެއެވެ. އެއަށްފަހު އާންމު މީހާ އޭނާގެ ޖީބުން ހަރުދު ކުރާނެ ގޮތްވެސް ކަނޑައަޅާނީ ސަރުކާރުންނެވެ. މި ދެވެނީ އެވަރުގެ ލައިސެންސެކެވެ