Uncategorized

ބައިތުލްމާލު ލޫޓުވާލީމައި އިއްޒަތާއި ގަދަރު، ރިހާކުރު ފުޅި ނެގީމައި ގޮޅިއަށް

ކިތައްމެ ކުޑަ މިންވަރެއް ނެގި ނަމަވެސް ވައްކަން ވާނީ ވައްކަމަށެވެ. ނަމަވެސް މި ޤައުމުގައި ބައިތުލްމާލު ލޫޓުވާލީމައި ލިބެނީ އިއްޒަތާއި ގަދަރެވެ. ރިހާކުރު ފުޅި ވަގަށް ނެގީމައި ގޮޅިއަށެވެ.

މުޅި ސާކް ސަރަހައްދުގައި މަޖިލިސް މެމްބަރުންނަށް އެންމެ ބޮޑު މުސާރައެއް ރާއްޖޭގައި

މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކޮށް، ކޮމެޓީ އެލަވެންސް ކަނޑާލާ، އަގުބޮޑު ހެލްތް އިންޝިއުރެންސްގެ ބަދަލުގައި އާސަންދަ ހަމަޖައްސާ އަދި ކުރީގެ މެމްބަރުންގެ އިނާޔަތްތައް ކަނޑާލަން ގޮވާލާ ފެށި ޕެޓީޝަން މަޖިލީހަށް ހުށަހަޅައިފީމެވެ

ރައްޔިތުންގެ މަޖިލީހެއް އޮތްނަމަ މިއަދު އިހްސާނާއި އަމީން އިތުބާރު ނެތްކަމަށް ވޯޓު ނަގާ މަޤާމުން ދުރުކުރީހެވެ.

ރައްޔިތުންގެ ހާދިމުންގެ ގޮތުގައި، ރައްޔިތުން ތަމްސީލް ކުރަން، ބޮޑު މުސާރަ ދީފައި ތިބެނީ ކަމަކުއެވެ. އެމީހުންގެ އެންމެ ބޮޑު ޒިންމާ އަކީ ސަރުކާރާއި މުއައްސަސާތައް ޒިންމާދާރު ކުރުވުމެވެ. އެކަމުގައި ފެއިލްވާ ހިސާބުން ހުރިހާ ކަމެއް ގޯހުން ގޯހަށް ދެއެވެ. ވެރިންނަށް އެމީހުން ކޮންމެ ކަމެއް ކޮށްފައިވެސް މަޤާމުގައި ހުރެވޭނެކަމުގެ ޔަގީންކަން އޮވެއެވެ. ކުރިން ހިނގި ސަފާރީ ރޭޕްކޭސް، މިއަދު ހިނގައިގެން މި އުޅޭ ކަމާއި، ކުރިން ހިނގިހާ ބޮޑެތި ވައްކަންތައްވެސް ނުބެލި ވަނީ އެކަން ނުބެލިއަސް ކުރެވޭނެ …

ރައްޔިތުންގެ މަޖިލީހެއް އޮތްނަމަ މިއަދު އިހްސާނާއި އަމީން އިތުބާރު ނެތްކަމަށް ވޯޓު ނަގާ މަޤާމުން ދުރުކުރީހެވެ. Read More »

ޕެޓިޝަންގެ މަޤްސަދު

ދެން އޮތީ ޕެޓިޝަނަށްފަހު ކުރެވޭނީ ކޮންކަމެއްތޯއެވެ. މަޖިލިސް ހުޅުވުމުން ޕެޓިޝަން މަޖިލީހަށް ފޮނުވާނަމެވެ. އުއްމީދެއްގައެއް ނޫނެވެ. ނަމަވެސް ކޮމެޓީއާއި ހަމައަށް ގޮސް ބަހުސްކޮށްލިއަސް އެއީ ވަރަށް ބޮޑުވަރެކެވެ

ޔަހޫދީ ޕާސްޕޯޓު މަނާކުރުން: ވޯޓު ވިއްކި މީހުންވެސް، ވިއްކައިގެން ހޮވުނު މެމްބަރުންވެސް ބަހަބަރު

ބޮޑެތި ނަސާރާ ދައުލަތްތަކުގެ މަޖިލީހުގައިވެސް ފަލަސްތީނުގެ ހައްޤުގައި އެބަ އަޑުއުފުލައެވެ. އިޓަލީގެ މަޖިލީހުގައި އެތައް ފަހަރަކު ފަލަސްތީނުގެ ދިދަ ވިހުރުވާލައިފިއެވެ. އަޔަލޭންޑްގެ މަޖިލީހުން އެވަރަށް މަސައްކަތްކުރެއެވެ. ދިވެހިން ވޯޓު ވިއްކައިގެން ހޮވި މަޖިލިސް ބަހަބަރެވެ.

ވައިކަރަދޫ – އުފެއްދުންތެރި ފުދުންތެރި ރަށެއް

ސުފުރާ މަތީ މެންދުރު ކައުން ތައްޔާރުކޮށްފައި ހުއްޓެވެ. ދިވެހި ކެއުމެކެވެ. ގަރުދިޔަ އާއި ބަތެވެ. މުރަނގަ ފަތާއި ކިއުކަމްބަލެވެ. ދެ ބާވަތެއްގެ އަލައެވެ. ފިހުނު މަހާއި ލޮނުމިރުހެވެ. ފިޔާ، މިރުސް އަދި ލުނބޯވެސް ފަޅިކޮށްފައި ހުއްޓެވެ. އަލަނާސި ޖޫސް ތަށިން ރަހަބަލާލައި ކެއުން ފެށީމެވެ. ފިޔާކޮޅު ފިޔަވައި ހުސް ރަށުގެ އުފެއްދުންތަކެވެ. ދަނޑުވެރި ކަމަށް ލޯބިކުރާ އުފެއްދުންތެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. ހައްދާ ތަކެތިން ފުދިގެން ދިރިއުޅުމެއް އުޅެވެން އޮތް ރަށެކެވެ. އެންމެ ގިނައިން ހައްދަނީ ދޮންކެޔޮލެވެ. …

ވައިކަރަދޫ – އުފެއްދުންތެރި ފުދުންތެރި ރަށެއް Read More »

ވެރިން ކުރާ ވައްކަމާއި ދެކޮޅޭ ކިޔާފައި، ހަމަ އެ ފައިސާއަށް ވޯޓު ވިއްކާނުލާށެވެ

ވައްކަމުގެ ފާހަގައެވެ. ރައްޔިތުންގެ ފައިސާއެވެ. ކުންފުނިތަކާއި ވުޒާރާތަކެވެ. ވަކިތަނެއް ވަކި ގިންތިއެއް ނެތެވެ. ވެރިން ކެވުނު ގޮތަކަށް ކަނީއެވެ. ދައުރު ހަަމަވުމުން ކުރިމަތިލަނީ މަޖިލީހަށެވެ. އަނެއް ފަސް އަހަރު ކާށެވެ. އެހެން މަޤާމެއްގައި ހުރެއެވެ. ކުރިން ކެއި ރައްޔިތުންގެ ފައިސާއިން، ރައްޔިތުންގެ އަތުން ވޯޓު ގަނެގެނެވެ. ނަމަވެސް  އެކަންވަނީ ރައްޔިތުން ވޯޓު ވިއްކާތީއެވެ ހިތާމައިގެ ކޮޅެއްނެތެވެ. ދާއިރާގައި އުޅޭ ޑްރަގް ލޯޑަށްވެސް ވޯޓު ވިއްކާލަނީއެވެ. އެ ދިނީ ތިމާގެ ދަރިންނަށް މަސްތުވާތަކެތި ވިއްކައިގެން ހޯދި ފައިސާއެވެ. އެވަރަށް …

ވެރިން ކުރާ ވައްކަމާއި ދެކޮޅޭ ކިޔާފައި، ހަމަ އެ ފައިސާއަށް ވޯޓު ވިއްކާނުލާށެވެ Read More »